Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަޖެޓް 2018

މިއަދު އަމިއްލަ ގެއެއްގައި ރައްޔިތުންގެ މަޖިލިސް ހިންގަމުންދާ ކަމަށް މަޖިލީހުގެ ނައިބު ރައީސް މޫސަ ވިދާޅުވެއްޖެ

މަގުމަތީ ކޯޓު ހައްދަވާ ވާހަކަ ދެއްކެވީ މޫސަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 16 ނޮވެމްބަރު 2017 | ބުރާސްފަތި 05:53
އެމްޑީޕީގެ ކުރީގެ ޗެއާރޕާސަން މޫސާމަނިކު ސަރުކާރު ހިންގާ ޕީޕީއެމް އާ ގުޅިވަޑައިގެންނެވި ރަސްމިއްޔާތުގެ ތެރެއިން

އެމްޑީޕީގެ ކުރީގެ ޗެއާރޕާސަން މޫސާމަނިކު ސަރުކާރު ހިންގާ ޕީޕީއެމް އާ ގުޅިވަޑައިގެންނެވި ރަސްމިއްޔާތުގެ ތެރެއިން

މީގެ ކުރިން މަގުމަތީ ކޯޓު ހަދައިގެން އިދިކޮޅު އެމްޑީޕީން އުޅުނު ކަމަށާއި މިއަދު އިދިކޮޅު ފަރާތްތަކުން އަމިއްލަ ގެއެއްގައި ރައްޔިތުންގެ މަޖިލިސް ހިންގަމުންދާ ކަމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވަމުން މޫސަ އެގޮތަށް ވިދާޅުވީ ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން މ. ކުނޫޒުގައި ބަޖެޓަށް ބަހުސް ކުރުމަށް ނިންމުމާ ގުޅިގެންނާއި މަޖިލީހުގެ ކޯރަމް ހަމަނުވެގެން މަޖިލިސް ފެށުން ލަސްވުމާ ގުޅިގެންނެވެ.

ބުރާސްފަތި ދުވަހުގެ ޖަލްސާ ފެށުމަށް އެޖެންޑާ ކޮށްފައި ވަނީ 09:00 އަށެވެ. ނަމަވެސް މަޖިލިސް ފެށިފައިވަނީ 09:30 ގައެވެ.

އިދިކޮޅު މެމްބަރުން މަޖިލީހަށް ވަޑައިނުގެންނެވި ނަމަވެސް ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ އަދަދު 30 އަށްވުރެ ގިނަ އެވެ. މަޖިލީހުގެ ކޯރަމަކީ 23 އެވެ.

ގުޅިފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރުމަށް ބުރާސްފަތި ދުވަހު މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ވާތީ، ބުރާސްފަތި ދުވަހު މަޖިލިސް ކުރިއަށްދާ ވަގުތު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުން ބަޖެޓަށް ބަހުސް ކުރުމަށް ނިންމާފައިވަނީ މ. ކުނޫޒުގައި ކަމަށެވެ.

އެނގިފައިވާ ގޮތުގައި އިދިކޮޅު މެމްބަރުން ބަޖެޓަށް ބަހުސް ކުރައްވާއިރު، މެމްބަރުންގެ ހުރި ކަންބޮޑުވުންތަކާއި ޕްރެޒެންޓޭޝަންތައް ވެސް ކުނޫޒުގައި ބާއްވާ ޖަލްސާގައި ފެންނާނެއެވެ.

އިދިކޮޅު އެމްޑީޕީން މަގުމަތީ ކޯޓެއް ހެއްދެވިކަމަށް މޫސަ ވިދާޅުވިއިރު، މަގުމަތީ ކޯޓެއް ހައްދަވާ ވާހަކަ ދެއްކެވީވެސް އޭރު މޫސަ އެވެ. އޭރު މޫސައަކީ އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅެކެވެ. މޫސައަކީ އެމްޑީޕީގެ ޗެއާރޕާސަން ކަމާއި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ކުރެއްވި ބޭފުޅެކެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ ސަރުކާރަށް، އެންމެ ބޮޑަށް ރައްޔިތުންނާއި އޭރުގެ އިދިކޮޅު ފަރާތްތަކުން، (މިހާރު ސަރުކާރު ހިންގާ ފަރާތްތަކުގެ) ފާޑު ކިޔުން އަމާޒުވި އެއްމައްސަލައަކީ ތިލަފުށި ކޯޕަރޭޝަނުން ތިލަފުށި ބިން ހިއްކުމުގެ މަޝްރޫއު މޫސަގެ މަސްލަހަތު އޮންނަ ހެވީ ލޯޑަށް ބޮޑު އަގުގައި ހަވާލުކުރި މައްސަލަ އެވެ.

މޫސަ މިހާރު ގެންދަވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއެކު މަސައްކަތް ކުރައްވަމުންނެވެ. އަދި ތަފާތު އެކި ހަރަކާތްތަކުގައިވެސް މުސާ ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު