Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފާރިސް މައުމޫން

ފާރިސް ހައްޔަރުކުރި މައްސަލަ އާއި ބަންދުކުރި މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުންތައް ނިންމާލައިފި

ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 14 ނޮވެމްބަރު 2017 | އަންގާރަ 08:42
ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން

ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރުކުރަން ނެރުނު އަމުރާއި ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުން ނިންމާލައިފިއެވެ.

ފާރިސްގެ ގާނޫނީ ވަކީލް ވިދާޅުވި ގޮތުގައި ހައިކޯޓުގައި އަންގާރަ ދުވަހު ބޭއްވި ޝަރީޢަތުގެ މަޖިލީހަކީ ފާރިސްގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން މައްސަލައާ ގުޅޭ ގޮތުން ހުލާސާ ގޮތެއްގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމަށް ބޭއްވި ޝަރީޢަތުގެ މަޖިލީހެކެވެ. އެގޮތުން ދެފަރާތުން ވެސް އަދި ފާރިސްގެ ފަރާތުން ވެސް ހުށަހެޅުމެއް ހުށަހަޅަން ބޭނުންވާ ނަމަ އެ ފުރުސަތު ދިން ކަމަށް ފާރިސްގެ ވަކީލް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ފާރިސްގެ ވަކީލް ވިދާޅުވީ މައްސަލައާ ގުޅޭ ގޮތުން ފާރިސްގެ ފަރާތުން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ކުރިން މައްސަލަ ބެއްލެވި ބެންޗަށް ހުށަހަޅާފައިވާނެ ކަމަށް ޝަރީޢަތުގެ މަޖިލީހުގައި ވިދާޅުވި ކަމަށެވެ. އަދި މިހާރު މައްސަލަ ބައްލަވާ ބެންޗަކީ ސައްހަ ބެންޗެއް ކަމަށް ގަބޫލު ނުކުރައްވާތީ އިިތުރު ހުށަހެޅުމެއް މައްސަލައާ ގުޅޭ ގޮތުން ހުށަހަޅަން ބޭނުން ނުވާ ކަމަށް ފާރިސް ވިދާޅުވި ކަމަށް ގާނޫނީ ވަކީލް ވިދާޅުވިއެވެ.

ފާރިސްގެ އެ ވާހަކަތަކާ ގުޅިގެން ދައުލަތުން އެއްވެސް އެއްޗެއް ވިދާޅުނުވާ ކަމަށް ފާރިސްގެ ގާނޫނީ ވަކީލް ވިދާޅުވިއެވެ. އަދި ދައުލަތުގެ ފަރާތުން ވެސް އިތުރު ހުށަހެޅުމެއް ހުށަހަޅާފައި ނުވާ ކަމަށް ވެސް ފާރިސްގެ ވަކީލް ވިދާޅުވިއެވެ.

ވަކީލް ވިދާޅުވީ މި މައްސަލައިގައި އިތުރު ކަމެއް ސާފް ކުރަން ނެތް ނަމަ ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުމަށް ބާއްވާ ޝަރީޢަތުގެ އަޑުއެހުން ކަމަށް މައްސަލަ ބައްލަވާ ބެންޗުން ވިދާޅުވި ކަމަށެވެ. ނަަމަވެސް ބެންޗުން ވަކި ތާރީީީހެއް ވިދާޅުވެފައި ނުވާ ކަމަށް ފާރިސްގެ ވަކީލް ވިދާޅުވިއެވެ.

ފާރިސްގެ އިސްތިއުނާފު މައްސަލަ ކުރިން ބައްލަވަމުން ގެންދެވީ، ހައިކޯޓުގެ އިސްފަނޑިޔާރު އަބްދުﷲ ދީދީ އާއި، ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު ޢަބުދުއް ރައޫފް އިބްރާހީމް އެވެ. އެހެން ނަމަވެސް، ހުކުމް އިއްވުމާ ހަމައަށް ގޮސްފައިވަނިކޮށް ފަނޑިޔާރު ސަމީރު ރިޔާސަތު ބެލެހެއްޓެވި ބެންޗަށް ވަނީ ބަދަލު ގެނެސްފަ އެވެ. ފަނޑިޔާރު ސަމީރު ބޭރުކޮށް، ފަނޑިޔާރު ޝުޖާއު އުސްމާން ވަނީ ބެންޗުގެ ރިޔާސަތަށް ހަމަޖައްސަވާފަ އެވެ.

ފާރިސް ހައްޔަރު ކުރުމަށް ނެރުނު އަމުރުގެ ދަށުން، ޖުލައި 18 ވަނަ ދުވަހު އޭނާ ހައްޔަރު ކުރުމަށް ފަހު، ބަންދާ މެދު ގޮތެއް ނިންމުމަށް ޖުލައި 19 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި، ދައުވާކޮށް، ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ފާރިސް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލިސް މެންބަރަކަށް ރިޝްވަތު ދެއްވި ކަމަށް ބުނެ އެވެ. ޝަރީއަތް ނިމެންދެން ބަންދުކުރި އިރު، ތަހުގީގު ވެސް ނިމިފައެއް ނުވެ އެވެ. ނަމަވެސް، އޯގަސްޓް 22 ވަނަ ދުވަހު އެ މައްސަލައިގައި ދައުވާކޮށް، އިބުތިދާއީ އަޑުއެހުންތައް މިހާރު ވަނީ ފަށާފަ އެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު