Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޓެއިލާ ސްވިފްޓް

ޓެއިލާގެ އާ އަލްބަމަށް ޓުއައެއް ދެނީ

14 ނޮވެމްބަރު 2017 | އަންގާރަ 05:41

ޓުއާގެ ޓިކެޓް ވިއްކާނީ ޓެއިލާގެ އުފަންދުވަހު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 14 ނޮވެމްބަރު 2017 | އަންގާރަ 05:41
ޓެއިލާ ސްވިފްޓް

ޓެއިލާ ސްވިފްޓް

މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ޓެއިލާ ސްވިފްޓްގެ އާ އަލްބަމް ނެރެފައި ވަނީ މިމަހުގެ 10 ވަނަ ދުވަހުގައެވެ.

ޖުމްލަ 15 ލަވަ ހިމެނޭ ޓެއިލާގެ އާ އަލްބަމް "ރެޕިއުޓޭޝަން" އަށް ޓުއާއެއް ދޭން އުޅޭކަމަށް ހޯމަ ދުވަހު އޭނާ ވަނީ އިއުލާންކޮށްފައެވެ. ޓެއިލާގެ ވެބްސައިޓުގައި ވާގޮތުން އެ ޓުއާގެ ނަމަކީ "ޓެއިލާ ސްވިފްޓްސް ރެޕިއުޓޭޝަން ސްޓޭޑިއަމް ޓުއާ" އެވެ.

މި ޓުއާގެ ޓިކެޓްތައް ވިއްކަން ފަށާނީ އޭނާގެ 28 ވަނަ އުފަންދުވަހު އެވެ. ޓެއިލާގެ އުފަންދުވަހަކީ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހެވެ.

ނޯތު އެމެރިކާގައި މިމަހުގެ 28 އިން ފެށިގެން އެޑްވާންސްކޮށް ޓިކެޓް ވިއްކާނެ ކަމަށް ވެސް ޓެއިލާގެ ވެބްސައިޓުގައި ވަނީ ބުނެފައެވެ. ޓިކެޓާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ޓިކެޓް މާސްޓާ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ވެސް އެ ވެބްސައިޓުގައި ވެއެވެ. ބެލެވޭ ގޮތުގައި ޓެއިލާގެ މި ޓުއާ ފަށާނީ އަންނަ އަހަރުގެ ތެރޭގައެވެ.

"ރެޕިއުޓޭޝަން" ނެރުނުތާ 24 ގަޑިއިރު ތެރޭގައި އެ އަލްބަމުގެ ހަތް ލައްކައަށް ވުރެ ގިނަ ކޮޕީ ވަނީ ވިކި ހުސްވެފައެވެ. އެހެން ކަމުން މި އަލްބަމަށް ހަފްތާއެއްހާ ދުވަސް ވާއިރު މިލިއަނަށް ވުރެ ގިނަ ކޮޕީ ވިކޭނެ ކަމަށް ވަނީ ބެލެވިފައެވެ. މި އަލްބަމް ޕްރޮޑިއުސްކޮށްފައި ވަނީ ޓެއިލާގެ އިތުރުން ޖެކް އެންޓޮނޮފް، މެކްސް މާޓިން އަދި ޝެލްބެކްއެވެ. މުޅިއެކު 15 ލަވަ ހިމެނޭ މި އަލްބަމުގެ ދިގުމިނަކީ 58.33 މިނެޓެވެ.

"ރެޕިއުޓޭޝަން" ގެ ކުރިން ނެރުނު އަލްބަމް "1989" ގެ އަލްބަމަށް ވެސް ޓެއިލާ ވަނީ ޓުއާއެއް ދީފައެވެ. އެ ޓުއާގައި އޭނާއަށް ވަނީ 250 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައެވެ. ޓެއިލާގެ "1989" ނެރެފައިވަނީ 2014 ވަނަ އަހަރުގައެވެ. ހަފްތާއެއްގެ ތެރޭގައި މި އަލްބަމްގެ ވެސް 1.29 މިލިއަން ކޮޕީ ވިކި އެއަހަރު އެންމެ ގިނައިން ވިކުނު އަލްބަމުގެ ރެކޯޑް ހޯދާފައިވެ އެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

28 މެއި 2019

ޑިޒްނީ ވަރލްޑްގެ މުވައްޒިފުންގެ ކޮލެޖް ޓިއުޝަން ފީ އެކުންފުނިން ދައްކައިދެނީ!

28 މެއި 2019
ޑިޒްނީ ވަރލްޑްގެ މުވައްޒިފުންގެ ކޮލެޖް ޓިއުޝަން ފީ އެކުންފުނިން ދައްކައިދެނީ!
30 މާރިޗު 2019

ސަލްމާން ޚާންގެ ފިލްމްތަކުގައި މަސައްކަތް ކުރުމަށް ސަރޯޖް އަށް ފުރުސަތު ދެނީ

30 މާރިޗު 2019
ސަލްމާން ޚާންގެ ފިލްމްތަކުގައި މަސައްކަތް ކުރުމަށް ސަރޯޖް އަށް ފުރުސަތު ދެނީ
01 ޖުލައި 2018

ރެދަން އަލްބަމަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުން: މުއައްޒިން

01 ޖުލައި 2018
ރެދަން އަލްބަމަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުން: މުއައްޒިން
19 މެއި 2018

ރޭސް 3 ގެނެސްދެނީ 3ޑީ ކޮށް

19 މެއި 2018
ރޭސް 3 ގެނެސްދެނީ 3ޑީ ކޮށް
09 އެޕްރީލު 2018

އަނުޝްކާ އަށް ދާދާސާހެބް ޕަލްކޭ އެވޯޑް ދެނީ

09 އެޕްރީލު 2018
އަނުޝްކާ އަށް ދާދާސާހެބް ޕަލްކޭ އެވޯޑް ދެނީ
11 މާރިޗު 2018

އޮބާމާ އާއި މިޝޭލް ޓީވީ ޝޯއެއް ގެނެސްދެނީ

11 މާރިޗު 2018
އޮބާމާ އާއި މިޝޭލް ޓީވީ ޝޯއެއް ގެނެސްދެނީ
10 ޖުލައި 2017

ދީޕިކާ ފިލްމު ކުޅެދެނީ މިހާރު 12 ކުރޯޑް ރުޕީސްއަށް

10 ޖުލައި 2017
ދީޕިކާ ފިލްމު ކުޅެދެނީ މިހާރު 12 ކުރޯޑް ރުޕީސްއަށް
09 ޖުލައި 2017

"ޓިއުބްލައިޓް" ގެ ޑިސްޓްރިބިއުޓަރުންނަށް ސަލްމާން ފައިސާ ދެނީ

09 ޖުލައި 2017
"ޓިއުބްލައިޓް" ގެ ޑިސްޓްރިބިއުޓަރުންނަށް ސަލްމާން ފައިސާ ދެނީ
21 މާރިޗު 2017

އިންޖީނުލީ އެއްޗެހި ނުދުއްވަން އެއްބަސްވާ ޖަޕާނުގެ މުސްކުޅިންނަށް އެމީހުންގެ ޖަނާޒާއިން 15 ޕަސެންޓް ޑިސްކައުންޓް ދެނީ

21 މާރިޗު 2017
އިންޖީނުލީ އެއްޗެހި ނުދުއްވަން އެއްބަސްވާ ޖަޕާނުގެ މުސްކުޅިންނަށް އެމީހުންގެ ޖަނާޒާއިން 15 ޕަސެންޓް ޑިސްކައުންޓް ދެނީ
10 މާރިޗު 2017

އައިޝްވަރިޔާގެ ބައްޕަގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެނީ

10 މާރިޗު 2017
އައިޝްވަރިޔާގެ ބައްޕަގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް