Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަމީން ފައިސަލް ޝަރީއަތް

ހުލާސާ ބަޔާން އިއްވުމަށް ތާވަލުކުރި އަމީން ފައިސަލްގެ ޝަރީޢަތް ކެންސަލް

13 ނޮވެމްބަރު 2017 | ހޯމަ 10:56

އަމީންގެ ފަރާތުން ހުށަހެޅި ތިން ހެކިންގެ ތެރެއިން ހެކިބަސް ނަގާފައި ވަނީ އެންމެ މީހެއްގެ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 13 ނޮވެމްބަރު 2017 | ހޯމަ 10:56
އަމީން ފައިސަލް

އަމީން ފައިސަލް

ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރުކަމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހުންނަވަނިކޮށް، އާރަށުގައި ބަންދުކުރި މައްސަލައިގައި، އޭރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް ހިންގާ ޝަރީއަތުގައި ހުލާސާ ބަޔާން އިއްވުމަށް ތާވަލުކުރި ޝަރީޢަތުގެ މަޖިލިސް ކެންސަލް ކޮށްފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އަމީން ފައިސަލްގެ ގާނޫނީ ވަކީލް ވިދާޅުވީ އަމީން ފައިސަލްގެ ޝަރީޢަތް ތާވަލު ކޮށްފައި އޮތީ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް ކަމަށެވެ.

Advertisement - newsAdvertisement

އަމީންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރުގެ މުލަކު ދާއިރާގެ މެންބަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ހިމާޔަތް ދިނުމަށް ކަމަށް ބުނެ ސިފައިންގެ ބެލުމުގެ ދަށުގައި އާރަށުގައި ބެހެއްޓި މައްސަލައިގަ އެވެ. ނަމަވެސް އެ ދައުވާއަށް އަމީން ފައިސަލް ވަނީ އިންކާރު ކުރައްވާފަ އެވެ.

އަމީން ފައިސަލްގެ ދިފާއީ ހެކީންގެ ގޮތުގައި ހުށަހަޅާފައި ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި، އޭރު އެމްއެންޑީއެފްގެ ލީގަލް ހެޑަކަށް ހުންނެވި ލެފްޓިނަންޓް ކާނަލް ޒުބައިރު އަހުމަދު މަނިކުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެވެ.

މޫސާ އަލީ ޖަލީލު ހެއްކެއްގެ ގޮތުގައި ހުށަހެޅީ، އެ ހާދިސާގެ ގިނަ މައުލޫމާތުތަކެއް އޭނާއަށް އެނގިވަޑައިގަންނަވާނެތީ އެވެ. ޒުބައިރު ހާޒިރުކުރަނީ އެ މައްސަލައިގައި ރައީސް ޔާމީނަށް ހިމާޔަތް ދިނުމަށް ކުރި ކަންތައްތަކީ ގާނޫނީ ގޮތުން ކުރެވިދާނެ ކަންތައްތަކެއްތޯ ބެލުމަށެވެ.

ދައުލަތުން އަމީންއާ ދެކޮޅަށް ވަނީ ތިން ހެއްކެއް ހުށަހަޅާފައެވެ. އެއީ ސިއްރު ދެ ހެކިންގެ އިތުރުން ކުރީގެ ޕްރޮސިކިޔުޓާ ޖެނަރަލް މުހައްމަދު މުއިއްޒު އެވެ.

އަމީން ހުށަހެޅުއްވި ހެކީންގެ ތެރެއިން ކޯޓުން ހާޒިރު ކޮށްދީފައި ވަނީ ލެފްޓިނަންޓް ކާނަލް ޒުބައިރު އެކަންޏެވެ. އަދި ރައީސް އަބްދުﷲ ޔާމީން އާއި މޫސާ އަލީ ޖަލީލް ހާޒިރުވެވަޑައިގަތުމަށް އިއުތިރާޒް ކޮށްފައިވާ ކަމަށް ކޯޓުން ވަނީ ބުނެފައެވެ.

ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދެއްވަމުން ޒުބައިރު ވިދާޅުވެފައި ވަނީ އަބްދުﷲ ޔާމީން ސިފައިންގެ ހިމާޔަތުގެ ދަށަށް ގެންދިޔައީ އިންޓަލިޖެންސް ރިޕޯޓުގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި އެކަން ކުރީ އެ ރިޕޯޓަށް ބަލައި އެކަން ކުރަން ޖެހޭތީ ކަމަށް ޒުބައިރު ވަނީ ޝަރީޢަތުގެ މަޖިލީހުގައި ވިދާޅުވެފައެވެ. އަދި އެކަމާ ގުޅޭ އިންޓަލިޖެންސް ރިޕޯޓު ސިފައިންގޭގައި އޮންނާނެ ކަމަށް ޒުބައިރު ވަނީ ވިދާޅުވެފައެވެ.

ދައުލަތުގެ ފަރާތުން ހެކެއްގެ ގޮތުގައި ހުށަހެޅުއްވި ކުރީގެ ޕީޖީ މުއިއްޒު ވިދާޅުވެފައި ވަނީ އަބްދުﷲ ޔާމީން ސިފައިންގެ ހިމާޔަތުގެ ދަށަށް ގެންދިއުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމަށް ނޫންކަން އެޓާނީޖެނަރަލް އަށް ލަފާ ދީފައިވާނެ ކަމަށެވެ. އަދި އެގޮތަށް ލަފާ ދީފައި ވަނީ ސިޓީއަކުން ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމިން ޖުލައި 14، 2010 ވަނަ ދުވަހުގެ ރޭ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔައީ އޭރު މާލެ ތެރޭގައި ކުރަމުންދިޔަ މުޒާހަރާތަކާ ގުޅިގެން އެމަނިކުފާނުގެ ހަށިރައްކަލަކަށް ކަމަށް ބުނެ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
02 ފެބުރުއަރީ 2017

ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި

02 ފެބުރުއަރީ 2017
ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި
24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް