Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެންޑީ މަރޭ

އެއްކޮށް ފިޓު ނުވަނީސް، އެއްވެސް މުބާރާތެއްގައި ބައިވެރި ނުވާނަން: މަރޭ

އަނިޔާގެ ސަބަބުން މަރޭއަށް ދުނިޔޭގެ ރޭންކިންގެ އެއްވަނަ ގެއްލި 16 ވަނައަށް ވެއްޓުނު

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 8 ނޮވެމްބަރު 2017 | ބުދަ 14:02
އެންޑީ މަރޭ: އަނިޔާގެ ސަބަބުން އޭނާއަށް ވަނީ ދުނިޔޭގެ ރޭންކިންގެ އެއްވަނަ މަގާމް ގެއްލިފައި

އެންޑީ މަރޭ: އަނިޔާގެ ސަބަބުން އޭނާއަށް ވަނީ ދުނިޔޭގެ ރޭންކިންގެ އެއްވަނަ މަގާމް ގެއްލިފައި

އަނިޔާއިން ރަނގަޅުވެ އެއްކޮށް ފިޓު ނުވަނީސް އެއްވެސް މުބާރާތެއްގައި ބައިވެރި ނުވާނެ ކަމަށް އިނިގރޭސިވިލާތުގެ އެންޑީ މަރޭ ބުނެފިއެވެ.

އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު ޓެނިސް ކުޅުންތެރިޔާ މިހެން ބުނެފައިވަނީ ޗެރިޓީ މެޗެއްގައި ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި މިވަގުތު ރޭންކު ކުރެވިފައި އޮތް ސުވިޓްޒަލޭންޑުގެ ރޯޖާ ފެޑެރާ އަތުން ދެ ސެޓު އެއް ސެޓުން ބަލިވި މެޗަށް ފަހުއެވެ. ފުރަތަމަ ސެޓު 6-3 އިން ފެޑެރާ ގެންދިޔަ ނަމަވެސް މަރޭ ވަނީ ދެވަނަ ސެޓު 6-3 އިން ގެންގޮސްފައެވެ. މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ޓައި ބްރޭކާ ފެޑެރާ ގެންދިޔައީ 10-8 އިންނެވެ.

މި މެޗު ވެގެން ގޮސްފައިވަނީ މި އަހަރުގެ ޖުލައި މަހު ބޭއްވި ވިމްބެލްޑަން މުބާރާތުގައި އެމެރިކާގެ ސޭމް ކުއެރީ އަތުން ބަލިވި ފަހުން މަރޭ ކުޅުނު އެންމެ ފުރަތަމަ މެޗަށެވެ. މި މެޗަށްފަހު ވާހަކަ ދައްކަމުން މަރޭ ބުނެފައިވަނީ ވިމްބެލްޑަން މުބާރާތުގައި ލިބުނު އަނިޔާއަށް ފަހު ރަނގަޅަށް ނުހިނގުނު ކަމަށާއި އެހެނަސް މިހާރު ފުރިހަމަ މެޗެއް ކުޅުމަށް ފިޓު ވެފައިވާ ކަމަށެވެ.

އަނިޔާގެ ސަބަބުން ޓެނިސް ކޯޓުން ބޭރުގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމުގެ ސަބަބުން މަރޭއަށް ދުނިޔޭގެ ރޭންކިންގެ އެއްވަނަ ގެއްލި އޭނާ ދުނިޔޭގެ ރޭންކިންގެ 16 ވަނައަށް ވެއްޓުނެވެ. އެނާ ބުނެފައިވަނީ ކޯޓަށް އެނބުރި އަންނައިރު އެންމެ ރަނގަޅު ފޯމުގައި ނުހުންނާނެ ކަން އެނގޭ ކަމަށާއި އެހެނަސް ދުނިޔޭގެ ރޭންކިންގެ އެއްވަނަ އޭނާ ހޯދި ފޯމަށް އަލުން އަނބުރާ ދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ކުޅުމުގެ ތެރެއަށް އަލުން އެނބުރި އަންނާނީ އެއްކޮށް ފިޓުވެ މުބާރާތްތަކުގައި ވާދަކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ލިބުމުން ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މަރޭ ބުނެފައިވަނީ ކޮންމެ އަހަރެކޭ ވެސް އެއްގޮތަށް މިއަހަރުގެ ވެސް ޑިސެމްބަރު މަހު އޭނާ އެމެރިކާގެ މިއާމީ އަށް ތަމްރީނުތައް ހެދުމަށް ދަތުރުކުރާނެ ކަމަށާއި އަދި އޭނާގެ އުއްމީދަކީ ޖެނުއަރީ މަހު އޮސްޓްރޭލިއާގެ ބްރިސްބޭންގައި ބާއްވާ ބްރިސްބޭން އޯޕަންގައި ވާދަކުރުން ކަމަށެވެ. ބްރިސްބޭން އޯޕަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ބާއްވާ އޮސްޓްރޭލިއަން އޯޕަން ބޭއްވުމުގެ ދެ ހަފުތާ ކުރިންނެވެ.

މިދިޔަ އަހަރުގެ އޭޓީޕީ ފައިނަލްސް މުބާރާތް ކާމިޔާބުކޮށް ދުނިޔޭގެ ރޭންކިންގެ އެއްވަނަ ހޯދި މަރޭ ވަނީ ސްކޮޓްލޭންޑުގެ ގްލާސްގޯގައި ބޭއްވި ޗެރިޓީ ޓެނިސް އިވެންޓުގައި އޭނާގެ ބޭބެ ޖެއިމީ މަރޭއާއެކު ޑަބަލްސް މެޗެއް ވެސް ކުޅެފައެވެ.

މަރޭ ވަނީ އޭނާގެ ކެރިއަރުގައި ދެ ފަހަރެއްގެ މަތިން އޮލިމިޕް ރަން މެޑަލް ހާސިލުކޮށް ތިން ފަހަރެއްގެ މަތިން ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔުނައިޓެޑަށް ބަދަލުވުމުގެ އެއްވެސް ހިޔާލެއް ނެތް: ބޭލް

ޔުނައިޓެޑަށް ބަދަލުވުމުގެ އެއްވެސް ހިޔާލެއް ނެތް: ބޭލް

12 ސެޕްޓެމްބަރު 2017
ކުޓީނިއޯއާ އެއްވެސް މައްސަލައެއް ނެތް، އެނބުރި އައުމުން އުފާވޭ: ކްލޮޕް

ކުޓީނިއޯއާ އެއްވެސް މައްސަލައެއް ނެތް، އެނބުރި އައުމުން އުފާވޭ: ކްލޮޕް

09 ސެޕްޓެމްބަރު 2017
ޔޫއެސް އޯޕަންއަށް ފެޑެރާ ފިޓުވެއްޖެ

ޔޫއެސް އޯޕަންއަށް ފެޑެރާ ފިޓުވެއްޖެ

28 އޯގަސްޓު 2017
ހޭންޑްބޯލް ޗެމްޕިއަންޝިޕް: އެއްވެސް މެޗަކުން ބަލިނުވެ ޔޫތް ސްޕޯޓްސް ކްލަބް ޗެމްޕިއަންކަން ހޯދައިފި

ހޭންޑްބޯލް ޗެމްޕިއަންޝިޕް: އެއްވެސް މެޗަކުން ބަލިނުވެ ޔޫތް ސްޕޯޓްސް ކްލަބް ޗެމްޕިއަންކަން ހޯދައިފި

22 އޯގަސްޓު 2017
ޕެރިސިޗް ހޯދުމަށް އެއްވެސް ކްލަބަކުން ޝައުގުވެރިކަން ފާޅެއް ނުކުރޭ: އިންޓަގެ ކޯޗު

ޕެރިސިޗް ހޯދުމަށް އެއްވެސް ކްލަބަކުން ޝައުގުވެރިކަން ފާޅެއް ނުކުރޭ: އިންޓަގެ ކޯޗު

29 ޖުލައި 2017

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު