Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކިލި

އެމްބާޕޭ ބާސާއަށް ބަދަލުވުމަށް މަދުވީ އޭނާގެ ސޮއި އެކަނި

އެމްބާޕޭ ސްޕެއިންއަށް ގެންދިޔުމަށް ބާސާއިން ޗާޓަރު ޖެޓެއް ވެސް ފޮނުވި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 8 ނޮވެމްބަރު 2017 | ބުދަ 12:12
ކިލިއަން އެމްބަޕޭ: އޭނާ އަންނަނީ ޕީއެސްޖީގައި މޮޅު ކުޅުމެއް ދައްކަމުން

ކިލިއަން އެމްބަޕޭ: އޭނާ އަންނަނީ ޕީއެސްޖީގައި މޮޅު ކުޅުމެއް ދައްކަމުން

ފްރާންސްގެ ޒުވާން ފޯވާޑް ކިލިއަން އެމްބަޕޭ ސްޕެއިންގެ ބާސާއަށް ބަދުލުވުމަށް މަދުވީ އޭނާގެ ސޮއެ އެކަނި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ފްރާންސްގެ އެންމެ ބޮޑު ފުޓްބޯޅަ ނޫސް ކަމަށްވާ 'އެލްއިކުއިޕޭ' އިން އެމްބަޕޭގެ ކެރިއަރާ ބެހޭ ގޮތުން އުފައްދާފައިވާ ޑޮކިއުމެންޓަރީއެއްގައި ވާގޮތުން ބާސާ އާއި މޮނާކޯއާ ދެމެދު އެމްބަޕޭގެ ޓްރާންސްފާއާ ގުޅިގެން އެއްބަސްވުމަކަށް އާދެވިފައި އޮތް ކަމަށާއި އޭނާ ބާސާގެ ކުޅުންތެރިއެއްގެ ގޮތުގައި މި ސީޒަނުގައި ފެނިގެން ނުދިޔައީ އެއްބަސްވުމުގައި ހަމައެކަނި އޭނާގެ ސޮއި މަދުވުމުން ކަމަށް ބުނެފައި ވެއެވެ.

އެ ޑޮކިއުމެންޓަރީގައި ވާގޮތުގައި ބާސާއިން ހުށަހެޅި ޓްރާންސްފާ ފީގެ އަދަދު ކަނޑައެޅިގެން އެނގެން ނެތް ކަމަށާއި އެހެންނަމަސް އެ ފީގެ އިތުރުން އެމްބަޕޭގެ ބަދަލުގައި ބާސާގެ ތުރުކީގެ މިޑްފީލްޑާ އާޑާ ޓުރާން މޮނާކޯއަށް ހުށަހެޅި ކަމަށެވެ. އެގޮތުން މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ބާސާ އާއި މޮނާކޯއިން ޓްރާންސްފާގެ އެއްބަސްވުމުގެ ހުރިހާ ކަމެއް ނިންމައި އެމްބަޕޭ ސްޕެއިންއަށް ގެންދިޔުމަށް ޗާޓަރު ޖެޓެއް ވެސް ފްރާންސަށް ފޮނުވި ކަމަށް މި ޑޮކިއުމެންޓަރީގައި ބުނެފައި ވެއެވެ.

އެމްބަޕޭއާ އެކު ބާސާއަށް އެއްބަސްވުމަކަށް ނާދެވުމުން ޕީއެސްޖީން ވަނީ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު މޮނާކޯއަށް 180 މިލިއަން ޔޫރޯގެ ލޯނު އެއްބަސްވުމެއް ހުށަހަޅައި އެ ޓީމަށް އެމްބަޕޭ ގެންގޮސްފައެވެ.

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ޕީއެސްޖީން ވަނީ ބާސާގެ ބްރެޒިލްގެ ފޯވާޑް ނޭމާ އެ ޓީމަށް ގެންގޮސްފައެވެ. އޭނާ ގެންދިޔައީ ދުނިޔޭގެ ރެކޯޑު ފީއެއް ކަމަށްވާ 222 މިލިއަން ޔޫރޯއަށެވެ. ނޭމާ ނެތްތަން ފޫ ބެއްދުމުގެ ގޮތުން ބާސާއިން ވަނީ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އައި ފްރާންސްގެ ޒުވާން ފޯވާޑް އުސްމާން ޑެމްބެލޭ އެ ޓީމަށް ގެންގޮސްފައެވެ. ނަމަވެސް މި ސީޒަނުގެ ބޮޑުބައި ޑެމްބެލޭ ހޭދަކޮށްފައި ވަނީ އަނިޔާގައެވެ.

އެމްބަޕޭ ބާސާއަށް ނުގެނެވުމުގެ ސަބަބުން އެ ޓީމުގެ ސަޕޯޓަރުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވާއިރު މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ބާސާއިން ގެންނަން ބޭނުންވި ވަރަށް ގިނަ ކުޅުންތެރިން އެ ޓީމަށް ގެނެވިފައެއް ނުވެއެވެ. އެގޮތުން ލިވަޕޫލްގެ މިޑްފީލްޑާ ފިލިޕޭ ކުޓިނޯއޯ އާއި ފްރާންސްގެ ނީސްގެ މިޑްފީލްޑާ ސެރީގެ އިތުރުން ޕީއެސްޖީގެ މިޑްފީލްޑާ އެންހެލް ޑިމަރިއާ ފަދަ ކުޅުންތެރިން ހޯދުމަށް ބާސާއިން ކުރިން މަސައްކަތް ނާކާމިޔާބުވިއެވެ.

އެމްބަޕޭ ހޯދުމަށް މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ގިނަ ކްލަބުތަކަކުން މަސައްކަތް ކޮށްފައި ވަނީ އޭނާގެ ފަރާތުން ފެނުނު މޮޅު ކުޅުމާ ވިދިގެންނެވެ. އެގޮތުން އޭނާ ވަނީ މޮނާކޯއިން ފްރެންޗް ލީގުގެ ޗެމްޕިއަންކަމާއި ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ވާދަކުރިއިރު އެ ޓީމުގައި މުހިންމު ރޯލެއް އަދާކޮށް ގިނަ ލަނޑުތަކެއް ޖަހައިދީފައެވެ. އޭނާގެ ފަރާތުން މިދިޔަ ސީޒަނުގައި ފެނުނު މޮޅު ކުޅުމާ ގުޅިގެން ޔޫރަޕުގައި ކުޅޭ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ލިބިފައި ވަނީ ވެސް އޭނާއަށްކަން ފާހަގަކޮށްލެވެއެވެ.

އެމްބަޕޭ އަންނަނީ ޕީއެސްޖީއަށް ބަދަލުވުމަށް ފަހު ވެސް އެ ޓީމުގައި މުހިންމު ރޯލެއް އަދާކޮށް، މޮޅު ކުޅުމެއް ދައްކަމުންނެވެ.

އިތުރަށް ކިޔާލަން

15 ޖުލައި 2017

ސެމޭޑޯ ބާސާއަށް

15 ޖުލައި 2017
ސެމޭޑޯ ބާސާއަށް
29 ޖޫން 2017

އެމްބަޕޭ އަކީ "ޕްރައިޒްލެސް" މީހެއްހެން ދޭހަވާގޮތަށް އޭނާގެ ޓްވީޓާ އެކައުންޓްގެ ކަވާ ބަދަލުކޮށްފި

29 ޖޫން 2017
އެމްބަޕޭ އަކީ "ޕްރައިޒްލެސް" މީހެއްހެން ދޭހަވާގޮތަށް އޭނާގެ ޓްވީޓާ އެކައުންޓްގެ ކަވާ ބަދަލުކޮށްފި
19 ޖޫން 2017

ޕީއެސްޖީއަށް އޭނާއާއެކު ބަދަލުވުމަށް ރޮނާލްޑޯ ގާތު ޕެޕޭ އެދިއްޖެ

19 ޖޫން 2017
ޕީއެސްޖީއަށް އޭނާއާއެކު ބަދަލުވުމަށް ރޮނާލްޑޯ ގާތު ޕެޕޭ އެދިއްޖެ
13 ޖޫން 2017

ޔުނައިޓެޑުން މޮރާޓާ އަށް ބިޑްކުރިކަން އޭނާގެ އެޖެންޓް ކަށަވަރުކޮށްދީފި

13 ޖޫން 2017
ޔުނައިޓެޑުން މޮރާޓާ އަށް ބިޑްކުރިކަން އޭނާގެ އެޖެންޓް ކަށަވަރުކޮށްދީފި
12 ޖޫން 2017

ބާސާއަށް ބަދަލުވާން އުޅޭ ވާހަކައަށް ކުޓީނިއޯ ރައްދުދީފި

12 ޖޫން 2017
ބާސާއަށް ބަދަލުވާން އުޅޭ ވާހަކައަށް ކުޓީނިއޯ ރައްދުދީފި
27 މެއި 2017

ބުފޮން އަށް "ބެލަންޑިއޯ" އެވޯޑް ހައްގު: އެމްބާޕޭ

27 މެއި 2017
 ބުފޮން އަށް "ބެލަންޑިއޯ" އެވޯޑް ހައްގު: އެމްބާޕޭ
13 މެއި 2017

އެސިސްޓަންޓް ކޯޗާ ދެބަސްވެ ނޭމާ ކުލަބުގައި މަޑު ނުކުރާނެ ކަމުގެ އިންޒާރު ބާސާއަށް

13 މެއި 2017
އެސިސްޓަންޓް ކޯޗާ ދެބަސްވެ ނޭމާ ކުލަބުގައި މަޑު ނުކުރާނެ ކަމުގެ އިންޒާރު ބާސާއަށް
16 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ސޮސައިޑާޑް އަތުން ބާސާއަށް ހަނި މޮޅެއް

16 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ސޮސައިޑާޑް އަތުން ބާސާއަށް ހަނި މޮޅެއް
03 އެޕްރީލު 2017

ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް

03 އެޕްރީލު 2017
ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް
28 ޖެނުއަރީ 2017

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު