Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޅުދުއްފުށީ ކުޅި

ކުޅުދުއްފުށީ ކުޅި ހިއްކާތީ 13 ޖަމިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށްފި

7 ނޮވެމްބަރު 2017 | އަންގާރަ 13:52

ކުޅި ހިއްކުން ވަގުތުން ހުއްޓާލުމަށް ވަނީ ގޮވާލާފައި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 7 ނޮވެމްބަރު 2017 | އަންގާރަ 13:52
ކުޅުދުއްފުށީ ކުޅި ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ

ކުޅުދުއްފުށީ ކުޅި ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ

އެއާޕޯޓު އެޅުމަށް ކުޅުދުއްފުށީ މަށި ކުޅި ހިއްކުމުގެ ހުއްދަދިނުމުން 13 ޖަމިއްޔާއަކުން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ހިތްހަމަނުޖެހުން ފާޅުކޮށް ބަޔާން ނެރެފައި ވަނީ ކުޅުދުއްފުށީ ޒުވާނުންގެ ޖަމިއްޔާ އާއި އުތެމާ، އެކޯކެއާ މޯލްޑިވްސް، ބްލޫޕީސް، އައްޑޫ ވިމެންސް ޑެވެލޮޕްމެންޓް އިނިޓިއޭޓިވް، ސްމޯލް އައިލެންޑް ރީސާރޗް ގްރޫޕް، ވޮއިސް އޮފް ވިމެންސް، މާޅޮސް އެވެއާނަސް އެންޑް ރެކްރިއޭޝަން ސޮސައިޓީ، މީދޫ އެކުވެނީ ޗޭނު، މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯރކް، ބިލީފް، އެސޯސިއޭޝް ފޯރ ނޫން އެޓޯލް ޑިވެލޮޕްމެންޓް އަދި ފްރެންޑްސް އެސޯސިއޭޝަން ފޯރ އައިލެންޑް ޑެވެލޮޕްމެންޓުންނެވެ.

Advertisement - newsAdvertisement

އެޖަމިއްޔާތަކުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ކުޅުދުއްފުށީގައި އޮންނަ ރާއްޖޭގެ އެެންމެ ބޮޑު މަށި ކުޅި އަދި މުހިއްމު ގުދުރަތީ ތަރިކަ ހަލާކުކުުރުން ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.

އީއައިއޭގެ މިނިވަންކަމާ މެދު ސުވަލު އުފައްދައި އެ ޖަމިއްޔާތަކުން ބުނެފައި ވަނީ އެ ރިޕޯޓް ތައްޔާރުކޮށްފައި ވަނީ މިނިސްޓްރީ އޮފް އެންވަޔަރުމެންޓް އެންޑް އެނާރޖީގެ ދަށުން ހިންގާ މޯލްޑިވްސް މީޓްރޮލޮޖީ ސާރވިސްގައި މަސައްކަތްކުރާ ސިވިލް ސާރވެންޓަކަށް ވާތީ އެރިޕޯޓްގެ މިނިވަންކަމާ މެދު ސުވާލު އުފެދޭ ކަމަށާއި އަދި އީއައިއޭގެ ގަވާއިދު ބުނާ ގޮތުން އެ ރިޕޯޓަށް އާންމުންގެ ހިޔާލު ހޯދުމަށްޓަކައި ވަކި މުއްދަތަކަށް ފުރުސަތު ހުޅުވާލަން ޖެހޭ ކަމަށެވެ. ނަމަވެސް ކުޅި ހިއްކުމުގެ ޕްރޮޖެކްޓަށް ހުއްދަ ދީފައިވަނީ އާންމުކޮށް އީއައިއޭތައް ބަލާ އެއާ މެދު ގޮތް ނިންމާ މުވައްސަސާ ކަމަށްވާ އެންވަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އާންމުންގެ ހިޔާލު ފޮނުވުމަށް ދީފައިވާ މުއްދަތު ހަމަވުމުގެ ފަސް ދުވަސް ކުރިން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ތިމާވެށީގެ ގޮތުން ކަނޑައެޅިފައިވާ ގާނޫނީ އިޖްރާއާތުތަކަށް މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް އެނާރޖީ، ތޯރިގު އިބްރާހިމް ކަމޭހިއްތަވާފައި ނުވާތީ ކަންބޮޑުވާ ކަމަށާއި ތިމާވެށީގެ ގޮތުން އަސަރުފޯރާ މިންވަރު ބެލުމުގެ އިޖްރާއާތުތައް އަވަސްކުރައްވައި އޮކްޓޯބަރު 26، 2017 ގައި ތިމާވެށީގެ ގޮތުން ނިންމި ގޮތުގެ ލިއުމެއްގައި އަމިއްލަފުޅަށް ސޮއި ކުރައްވާފައި ކަމަށް ބުނެ ޖަމިއްޔާތަކުން ވަނީ މިނިސްޓަރަށް ކިޔާފައެވެ.

މި މައްސަލާގައި ގާނޫނީ އިޖްރާއާތުތަކަށް ތަބާވެފައި ނެތުމުން މިހާ ބޮޑު ޕްރޮޖެކްޓެއް ހިންގުމަށް އާންމުންގެ ހިޔާލު ހޯދުމަކާ ނުލައި ނިންމި ނިންމުމާ މެދު ކަންބޮޑުވާ ކަމަށާއި ގާނޫނުތަކާއި ގަވައިދުތަކާއި އަދި ކުޅުދުއްފުށީ ރައްޔިތުންގެ ހައްގުތަކާ ހިލާފަށް އީޕީއޭއިން ނިންމި ނިންމުމާ ދެކޮޅު ހަދާކަމަށް ވެސް މި ބަޔާނުގައި ބުނެފައި ވެއެވެ.

ޕްރޮޖެކްޓްގެ ޝަރުތުތަކާއި ޕްރޮޖެކްޓް ހިންގުމާ ހަވާލުވެތިބި ރީޖަނަލް އެއާޕޯޓްސް އާއި އެ މަސައްކަތުގެ ސަބް ކޮންޓްރެކްޓަރ އެމްޓީސީސީން ތަބާ ނުވާ ކަމަށް ބުނެ ހަ ކަމެއް ވެސް ވަނީ ބަޔާނުގައި ހިމަނާފައެވެ.

ހިލާފުވެފައިވާ ކަމަށް ބުނެ ހިމަނާފައިވަނީ ކަންކަމަކީ: – ކުޅި ހިއްކުމަށްޓަކައި ފަސްނަގާ ސަރަހައްދަކީ ކޮބައިކަން ކަނޑައަޅާފައި ނެތުން، އަދި އެކަމަށްޓަކައި ކުރަންޖެހޭ ޖިއޯޓެކްނިކަލް ދިރާސާތައް ކޮށްފައި ނެތުން – ޕްރޮޖްކްޓް ހިންގާ ސަރަހައްދު ކުޅީގެ ބާކީއޮތް ބައިން ވަކިކޮށްފައި ނެތުން – ތިމާވެށީގެ ގޮތުން ޕްރޮޖެކްޓު ހިންގާ ސަރަހައްދާ އެއް ސިފަތަކެއް ހުރި އާ ސަރަހައްދެއް ހިމާޔަތްކުރެވިފައިވާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާ ބެެލެހެއްޓުމަށް ޕްރޮޖެކްޓް ހިންގާ ފަރާތުން އެއްވެސް ފިޔަވަޅެއް އަޅާފައި ނެތުން – ކޮންޓްރެކްޓަރ ހަދަމުންދާ "ބަންޑް ވޯލް" އަކީ އޭގައި ހުންނަންވާނެ ކަމަށް ޝަރުތުކޮށްފައިވާ ގޮތަށް ސިފަތަށް ފުރިހަމަ ނުވާ އެއްޗެކެވެ. ސަބަބަކީ ޝަރުތުކޮށްފައި ވަނީ ހިލަ އާއި ޝީޓް ޕައިލިން ބޭނުންކުރުމުގެ ބަދަލުގައި ކޮންޓްރެކްޓަރު ވަނީ ވެލިފުނި ޖަހައިގެން ބަންޑް ވޯލް ހަދަމުން ދިއުން – އޭވިއޭޝަން ގަވާއިދުގެ ދަށުން އިމާރާތުގެ އުސްމިނަށް އަންނާނެ ހަނިކުރުންތަކާ ބެހޭ ގޮތުން ސްޓޭކްހޮލްޑަރުންނާ މިހާތަނަށް ވާހަކަ ދެކެވިފައިވައި ނެތުން. – ރަށުގެ ފެންބޮޑުވުމުގެ މައްސަލަ ކުޑަކުރުމަށާއި ފެން ހިންދުމަށް ބޭނުންކުރާނެ އެހެން ނިޒާމެއް ހުށައަޅާފައި ނެތުން. (މިކަމަށް ހައްލުހޯދާނެ އެއްވެސް ގޮތެއް ހަމަޖެއްސުމަށް ޕްރޮޖެކްޓު ހިންގާ ފަރާތުން މަސައްކަތް ކޮށްފައި ނެތުމަކީ ގުދުރަތީ ކާރިސާއެއް ދިމާވެއްޖެ ނަަމަ ރަށުގެ އާބާދީ އިތުުރު ނުރައްކަލަކަށް ހުށައެޅިގެންދާނެ، ބިރުގަންނަން ޖެހޭ ކަމެކެވެ.)

އެ ޖަމިއްޔާތަކުން ކަންބޮޑުވާ ގިނަ ކަންތައްތަކެއް ހިމަނާފައިވާ މި ބަޔާނުގައި މި ޕްރޮޖެކްޓަކީ ތިމާވެށީގެ ގޮތުންނާއި، އިޖްތިމާއި ގޮތުންނާއި، އިޖްތިމާއީ، ސަގާފީ، އަދި އިގްތިސާދީ ގޮތުންނާއި ހެޔޮވެރިކަމުގެ ގޮތުން ބަލާއިރު ވެސް އެދެވޭ ޕްރޮޖެކްޓެއް ނޫން ކަމަށް ބުނެފަ އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

21 އެޕްރީލު 2017

ގާސިމް ހައްޔަރުކުރުމާ ގުޅިގެން އައިޕީޔޫއިން ކަންބޮޑުވުން ފާޅުކޮށްފި

21 އެޕްރީލު 2017
 ގާސިމް ހައްޔަރުކުރުމާ ގުޅިގެން އައިޕީޔޫއިން ކަންބޮޑުވުން ފާޅުކޮށްފި
13 އެޕްރީލު 2017

އެލްޖީއޭ ބޯޑު ރައީސް ޔާމީންގެ ބާރުގެ ދަށަށް ގެންދިއުމުން ރައީސް މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި

13 އެޕްރީލު 2017
އެލްޖީއޭ ބޯޑު ރައީސް ޔާމީންގެ ބާރުގެ ދަށަށް ގެންދިއުމުން ރައީސް މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި
07 އެޕްރީލު 2017

ޖަރުމަނީން ރާއްޖެއާ މެދު ކަންބޮޑުވުން ފާޅުކޮށްފި

07 އެޕްރީލު 2017
ޖަރުމަނީން ރާއްޖެއާ މެދު ކަންބޮޑުވުން ފާޅުކޮށްފި
21 މާރިޗު 2017

މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަނެއް ނުލިބިގެން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި

21 މާރިޗު 2017
މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަނެއް ނުލިބިގެން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި
03 މާރިޗު 2017

ކުޅުދުއްފުށީ ހޮސްޕިޓަލުގައި ތެލެސީމިޔާއަށް ޓެސްޓްކޮށްދޭން ފަށައިފި

03 މާރިޗު 2017
ކުޅުދުއްފުށީ ހޮސްޕިޓަލުގައި ތެލެސީމިޔާއަށް ޓެސްޓްކޮށްދޭން ފަށައިފި
23 ފެބުރުއަރީ 2017

ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި

23 ފެބުރުއަރީ 2017
ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި
13 ފެބުރުއަރީ 2017

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

13 ފެބުރުއަރީ 2017
ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް
08 ފެބުރުއަރީ 2017

މަހްލޫފްގެ މައްސަލައިގާ ހުރި ކަންބޮޑުވުންތައް އެމްޑީޕީން އައިޕީޔޫއަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
މަހްލޫފްގެ މައްސަލައިގާ ހުރި ކަންބޮޑުވުންތައް އެމްޑީޕީން އައިޕީޔޫއަށް ހުށަހަޅައިފި
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް