Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރޮހިންޖާމުސްލިމުން

ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ހޯދި 18 މިލިއަން ރުފިޔާ އަންނަ ހަފްތާގައި ހަވާލުކުރެވޭނެ: އިސްލާމިކް މިނިސްޓްރީ

ފަންޑަށް ފައިސާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ސެޕްޓެމްބަރ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 7 ނޮވެމްބަރު 2017 | އަންގާރަ 11:41
އިސްލާމިކް މިނިސްޓްެރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އިސްލާމިކް މިނިސްޓްެރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ބަންގްލަދޭޝްގެ ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ސަރުކާރުން ހުޅުވި ފަންޑަށް 18.1 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީގައި އަންގާރަ ދުވަހު ބޭއްވި ނޫސް ކޮންފަރެންސެއްގައި މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ ހާލުގައި ޖެހިފައިވާ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް އެހީވުމަށް ފައިސާ ހޯދަން އެ މިނިސްޓްރީން ހިންގި ހަރަކާތްތަކުން ލިބުނު ފައިސާ ބަންގްލަދޭޝްގެ ރެޑްކްރެސެންޓާ ވަރަށް އަވަހަށް ހަވާލުކުރާނެ ކަމަށެވެ.

މިހާރު ކުރިއަށް ދަނީ ލިބުނު ފައިސާ ބޭންކް އޮފް މޯލްޑިވްސްގެ އެހީތެރިކަމާ އެކު ޑޮލަރަށް ބަދަލުކުރުމުގެ މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިހާތަނަށް ލިބިފައި ވަނީ ޖުމްލަ 18.1 މިލިޔަން ރުފިޔާ ކަމަށާއި، އެފައިސާ ލަސްވެގެން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ އެމްބަސީގެ ވެސް އެހީތެރިކަމާ އެކު، ބަންގްލަދޭޝްގެ ރެޑް ކްރެސެންޓާ ހަވާލުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ ރޮހިންޖާ ފަންޑަށް ފައިސާ ހޯދަން އިސްލާމިކް މިނިސްޓްރީން އިސް ނަގައިގެން ހިންގި ހަރަކާތްތަކުގައި އެކި ފަރާތްތަކުން ދޭން ވައުދުވި ހުރިހާ ފައިސާއެއްހެން މިހާރު ލިބިފައިވާ ކަމަށެވެ.

މިޔަންމާ ސިފައިންގެ އަނިޔާވެރިކަމަށް ފިލައިގެން މިދިޔަ އޮގަސްޓްމަހުގެ 25 ވަނަ ދުވަހުން ފެށިގެން ބަންގްލަދޭޝްއަށް މިހާތަނަށް އެތެރެވި ރޮހިންޖާ މުސްލިމުންގެ އަދަދު 582،000 އަށް އަރާފައިވާ ކަމަށް އދ. އިން ދާދިފަހުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު