Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ޖަޕާން

އުތުރު ކޮރެއާ އިން އުދުއްސާލާ މިސައިލްތައް ޖަޕާނަށް ވައްޓާލެވޭނެ: ރައީސް ޓްރަމްޕް

7 ނޮވެމްބަރު 2017 | އަންގާރަ 11:50

އުތުރު ކޮރެއާ އިން ވަނީ ޖަޕާނު މަތިން ދެ މިސައިލެއް އުދުއްސާލާފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 7 ނޮވެމްބަރު 2017 | އަންގާރަ 11:50
ޖަޕާނުގެ ބޮޑު ވަޒީރު އަބޭ (ކ) އަދި ރައީސް ޓްރަމްޕް

ޖަޕާނުގެ ބޮޑު ވަޒީރު އަބޭ (ކ) އަދި ރައީސް ޓްރަމްޕް

އުތުރު ކޮރެއާ އިން އުދުއްސާލާ މިސައިލްތައް އެމެރިކާ އިން ގަނެފައިވާ އަސްކަރީ ސާމާނު ބޭނުންކޮށްގެން ޖަޕާނަށް "ވައްޓާލެވޭނެ" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ރައީސްކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ޖަޕާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި، ޖަޕާނުގެ ބޮޑު ވަޒީރު ޝިންޒޯ އަބޭއާ އެކު ނޫސްވެރިންނާ ބައްދަލު ކުރައްވަމުން ރައީސް ޓްރަމްޕް ވިދާޅުވީ ޖަޕާނުގެ ސަރުކާރުން ގިނަ އަދަދެއްގެ އަސްކަރީ ސާމާނު އެމެރިކާ އިން ގަންނަން ނިންމާފައިވާ ކަމަށެވެ.

ރައީސް ޓްރަމްޕްގެ ވާހަކަފުޅަށް އިޝާރާތްކުރައްވައި ބޮޑު ވަޒީރު އަބޭ ވިދާޅުވީ "ބޭނުންވެއްޖެ ހާލަތެއްގައި" އުތުރު ކޮރެއާ އިން އުދުއްސާލާ މިސައިލްތައް ޖަޕާނަށް އިންޓަސެޕްޓް ނުވަތަ ވައްޓާލެވޭނެ ކަމަށެވެ.

އުތުރު ކޮރެއާ އިން ކުރިން ވަނީ ޖަޕާނު މަތިން ދެ މިސައިލެއް އުދުއްސާލާފައެވެ.

ރައީސް ޓްރަމްޕް ޖަޕާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޖަޕާނާ އެކު އެއްވެސް އަސްކަރީ އެއްބަސްބުމެއްގައި ސޮއިކުރެއްވި ކަމެއް އަދި ސާފެއް ނުވެއެވެ.

ސެޕްޓެމްބަރު މަހު ރައީސް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޖަޕާނަށާއި އަދި ދެކުނު ކޮރެއާ އަށް އެމެރިކާގެ އެންމެ ޒަމާނީ އަސްކަރީ ހަތިޔާރު ވިއްކާނެ ކަމަށެވެ.

އުތުރު ކޮރެއާ އިން ދަނީ ބައިނަލްއަގްވާމީ ދުނިޔެއަށް ގޮންޖަހައި، ތަކުރާރުކޮށް މިސައިލްތައް ޓެސްޓްކޮށް އަދި ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމެއް ހިންގަމުންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން ޖަޕާނަށް ވަޑައިގެން އެގައުމުގެ ވެރިންނާ ވަނީ ބައްދަލު ކުރައްވާފައެވެ.

ހޯމަ ދުވަހު ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެލާނިއާ ޓްރަމްޕް ވަނީ ޓޯކިޔޯގެ އިމްޕީރިއަލް ޕެލަސްގައި ޖަޕާނުގެ އެމްޕެރަރ އަކިހީޓޯ އަދި އެމްޕްރެސް މިޝީކޯއާ ބައްދަލު ކުރައްވާފައެވެ.

އިތުރަށް ކިޔާލަން

02 މާރިޗު 2017

އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ

02 މާރިޗު 2017
އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ
01 މާރިޗު 2017

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

01 މާރިޗު 2017
އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި
28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް