Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑް

ލަނޑު ނުޖެހުނަސް ރޮނާލްޑޯއާ ބެންޒެމާއަކީ މުހިންމު ކުޅުންތެރިން: ޒިދާން

ސްޕެނިޝް ލަލީގާގައި މި ސީޒަނުގައި ބެންޒެމާ އަދި ރޮނާލްޑޯއަށް ވެސް ޖެހިފައިވަނީ އެންމެ ލަނޑެއް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 6 ނޮވެމްބަރު 2017 | ހޯމަ 14:00
ރޮނާލްޑޯ އަދި ބެންޒެމާ - މި ދެ ކުޅުންތެރިންގެ ފަރާތުން ވެސް މި ސީޒަނުގައި ފެންނަމުންދަނީ ދަށް ކުޅުމެއް

ރޮނާލްޑޯ އަދި ބެންޒެމާ - މި ދެ ކުޅުންތެރިންގެ ފަރާތުން ވެސް މި ސީޒަނުގައި ފެންނަމުންދަނީ ދަށް ކުޅުމެއް

ލަނޑު ނުޖެހުނު ކަމުގައި ވިޔަސް ކްރިސްޓިއާނޯ ރޮނާލްޑޯއާ ކަރިމް ބެންޒެމާއަކީ ރެއާލް މެޑްރިޑަށް ވަރަށް މުހިންމު ކުޅުންތެރިން ކަމަށް އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

ސްޕެނިޝް ލަލީގާގައި އަމިއްލަ ދަނޑުގައި 3-0 ގެ ނަތީޖާއަކުން ލަސް ޕަލްމާސް އަތުން ރެއާލް މޮޅުވި މެޗަށް ފަހު ވާހަކަ ދައްކަމުން ޒިދާން ބުނެފައި ވަނީ ރޮނާލްޑޯއާ ބެންޒެމާ އެ ޓީމުގެ ޖާޒީގައި ދަނޑުމަތީގައި ތިބުމުން ވެސް ހިތްހަމަ ޖެހުން ލިބޭ ކަމަށެވެ. އަދި އެ ދެ ކުޅުންތެރިން ކޮންމެ މެޗެއްގައި ލަނޑު ޖަހަން ނުޖެހޭކަން ފާހަގަކޮށް ޒިދާން ބުނެފައި ވަނީ އެންމެ މުހިންމު ކަމަކީ މަސައްކަތް ކުރުން ކަމަށާއި އެ ދެ ކުޅުންތެރިންގެ ފަރާތުން ވެސް ފަރިތަކުރުންތަކުގައި ފެންނަމުން ދަނީ ވަރަށް ފުރިހަމަޔަށް މަސައްކަތް ކުރާ މަންޒަރު ކަމަށެވެ.

ޒިދާން މިބީދައިން ވާހަކަ ދައްކާފައިވާއިރު ސްޕެނިޝް ލަލީގާގައި މި ސީޒަނުގައި ބެންޒެމާ އަދި ރޮނާލްޑޯއަށް ވެސް ޖެހިފައިވަނީ އެންމެ ލަނޑެކެވެ. ލަސް ޕަލްމާސްއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯއަށް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެން ދިޔައިރު ބެންޒެމާގެ ފަރާތުން ފެނުނު ކުޅުމާ ގުޅިގެން ރެއާލްގެ ބައެއް ސަޕޯޓަރުން ވަނީ އޭނާއަށް ނިސްބަތްކޮށް ސްޓޭޑިއަމްގައި އަޑުގަދަކޮށްފައެވެ.

މިކަމާ ގުޅިގެން ޒިދާން ބުނެފައި ވަނީ ލަނޑު ނުޖެހޭ ނަމަ އެންމެ ބޮޑަށް ދެރަވާނީ އެ ދެ ކުޅުންތެރިން ކަމަށާއި އެކަމާ އެންމެ ފުރަތަމަ ހިތްހަމަ ނުޖެހޭނީ ވެސް އެ ދެ ކުޅުންތެރިން ކަމަށެވެ. އަދި މީޑީއާ ތަކުން އަބަދުވެސް ފާހަގަކުރާނީ ކުޅުންތެރިންގެ ފަރާތުން ފެންނަ ގޯސް ކަންކަން ކަމަށާއި އެހެނަސް އެ ދެ ކުޅުންތެރިން ވެސް ލަނޑު ނުޖެހުނު ކަމުގައި ވިޔަސް ދަނޑު މަތީގައި ތަފާތު ދައްކާ ކަމަށެވެ. އަދި ރޮނާލްޑޯއަކީ ޗެމްޕިއަންސް ލީގުގައި މި ސީޒަނުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ކަން ފާހަގަކޮށް ޒިދާން ބުނީ އޭނާގެ ފަރާތުން ލަނޑު ފެނުމަށް މާ ގިނަ ދުވަސްތަކެއް ނުނަގާނެ ކަމަށެވެ.

އަނިޔާގައި ހުރި ވޭލްސްގެ ފޮވާޑް ގެރެތު ބޭލްއާ ބެހޭ ގޮތުން ޒިދާން ބުނެފައިވަނީ އޭނާގެ ރިކަވަރީ އަވަސް ކުރުމަށް ބާރު ނާޅާނެ ކަމަށާއި ޓީމަށް އެނބުރި އައުމަށް ބޭލްއަށް 15 ދުވަސް އެބައޮތް ކަމަށެވެ. ޒިދާން ބުނީ އުއްމީދަކީ އިންޓަނޭޝަނަލް ބްރޭކް ނިންމާލުމަށް ފަހު އެޓްލެޓިކޯ މެޑްރިޑާ ދެކޮޅަށް ނުކުންނަ މެޗުގައި ބޭލްއަށް ކުޅެވުން ކަމަށެވެ.

މި މެޗަށް ފަހު ވާހަކަ ދައްކަމުން ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް އާއި އެ ޓީމުގެ މިޑްފީލްޑަރު ކަސިމެރޯ ވެސް ވަނީ މި ދެ ކުޅުންތެރިންގެ ފަރާތުން ކުރިޔަށް ހުރި މެޗުތަކުގައި ގިނަ އަދަދެއްގެ ލަނޑުތައް ފެނިގެންދާނެ ކަމަށް ބުނެފައެވެ.

މިއީ ރޮނާލްޑޯ ރެއާލްއަށް ބަދަލުވި ފަހުން ސީޒަނެއް ފެށިގެން އޭނާ އެންމެ މަދުން ލަނޑު ޖެހި ސީޒަނެވެ. އެހެނަސް އޭނާއަކީ މިދިޔަ ސީޒަނުގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދި ކުޅުންތެރިޔާއެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
18 ޖެނުއަރީ 2017

މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ

18 ޖެނުއަރީ 2017
މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު