Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެއްބަސްވުމުގައި ސޮއިކުރުން

އިސްލާމިކް ޔުނިވަރސިޓީ އާއި ޤައުމީ ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

މި އެއްބަސްވުމުގެ ދަށުން ދެ ޔުނިވަރސިޓީގެ މެދުގައި ގިނަ މައުލޫމާތުތަކެއް ބަދަލުކުރެވޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 6 ނޮވެމްބަރު 2017 | ހޯމަ 11:49
ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އާއި ޤައުމީ ޔުނިވަރސިޓީއާ ދެމެދު ވި އެއްބަސްވުމެއްގެ ސޮއިކުރުމުގެ ރަސްމިއްޔާތު ތެރެއިން

ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އާއި ޤައުމީ ޔުނިވަރސިޓީއާ ދެމެދު ވި އެއްބަސްވުމެއްގެ ސޮއިކުރުމުގެ ރަސްމިއްޔާތު ތެރެއިން

ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ކޮންފަރަންސް ހޯލްގައި ހޯމަ ދުވަހު ބޭއްވި މި ރަސްމިއްޔާތުގައި އެ ޔުނިވަރސިޓީގެ ފަރާތުން ސޮއި ކުރެއްވީ ޗާންސެލަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އަދި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ފަވާޒް ޝަރީފްއެވެ.

Advertisement - newsAdvertisement

މި އެއްބަސްވުމުގައި ވަނީ މައިގަނޑު ހަތް ކަމެއްގެ މައްޗަށް ބިނާކޮށް ސޮއިކޮށްފައެވެ. އެގޮތުން އިންޓަރ ލައިބްރަރީ ލޯނުގެ ހިދުމަތާއި ކިޔެވުމަށާއި ފިލާވަޅުތައް ހެދުމުގައި ދެ ޔުނިވަރސިޓީގެ ދަރިވަރުންނާއި މުވައްޒަފުންނަށް އެހީ ފޯރުކޮށްދިނުމާއި ދެ ޔުނިވަރސިޓީ ގުޅިގެން ރިސާރޗް ކުރުމާއި ގުޅޭ ވޯރކްޝޮޕްތަކާއި ކޮންފަރެންސްތައް ބޭއްވުމާއި ބައިވެރިވުމެވެ.

ދެ ޔުނިވަރސިޓީގެ އެކަޑެމިކް މުވައްޒަފުންގެ އަރޓިކަލްސްތަކާއި ޕޭޕަރުތައް ރިވިއު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި އެކަޑެމިކް ޖަރނަލްސްތައް ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި ދެ ޔުނިވަރސިޓީ ގުޅިގެން ރިސަރޗް ޕްރޮޖެކްޓްތައް ހިންގުމަށް އެއްބަސްވުމުގައި ވަނީ ހިމަނާފައެވެ.

މީގެ އިތުރުން އިދާރީ އަދި އެކަޑެމިކް މުވައްޒަފުންނަށް ހިންގޭ ޕްރޮފެޝަނަލް ޑިވޮލަޕްމަންޓް ޕްރޮގްރާމްތަކުގައި ބައިވެރިވުމާއި ދެ ޔުނިވަރސިޓީގައި ބާއްވާ ވޯރކްޝޮޕްތަކާއި ކޮންފަރެންސްތަކާއި ލެކްޗަރތަކުގައި އެކަޑެމިކް މުވައްޒަފުން ބައިވެރިވުމަށް އެއްބަސްވުމުގައި ހިމަނާފައި ވެއެވެ.

އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ދެ ޔުނިވަރސިޓީ އެއްކޮށް ގުޅިގެން ރަގަޅުވެ، ކުރިން ބޭނުން ކުރެވެން ނެތް ވަސީލަތްތައް ބޭނުން ކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ފަވާޒް ޝަރީފް ވިދާޅުވީ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މަތީ ތައުލީމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި

ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު