Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކެޓަލޯނިއާ

ފުލުހުންނާ ހަވާލުވި ކެޓަލޯނިއާގެ ލީޑަރު، ބެލްޖިއަމްގެ ކޯޓުން މިނިވަންކޮށްފި

6 ނޮވެމްބަރު 2017 | ހޯމަ 04:51

ޕުއިޖެމޮންޓާއި ހަތަރު ވަޒީރުން މިނިވަން ކުރީ ބްރަސަލްސްގެ ޕްރޮސެކިއުޓަރގެ އެދިވަޑައިގަތުމަކަށް

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 6 ނޮވެމްބަރު 2017 | ހޯމަ 04:51
ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކާލްސް ޕުއިޖެމޮންޓް، މީޑިއާ އާއި ބައްދަލު ކުރުމަށް އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ބެލްޖިއަމްގެ ބްރަސަލްސްގެ ޕްރެސް ކްލަބަށް ވަދެވަޑައިގަންނަވަނީ

ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކާލްސް ޕުއިޖެމޮންޓް، މީޑިއާ އާއި ބައްދަލު ކުރުމަށް އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ބެލްޖިއަމްގެ ބްރަސަލްސްގެ ޕްރެސް ކްލަބަށް ވަދެވަޑައިގަންނަވަނީ

ސްޕެއިންގެ ކޯޓުން ޔޫރަޕިއަން އެރެސްޓް ވޮރަންޓް ނެރެފައިވާ ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކާލްސް ޕުއިޖެމޮންޓް، ޝަރުތުތަކާއެކު ބެލްޖިއަމްގެ ކޯޓުން މިނިވަންކޮށްފި އެވެ.

ޕުއިޖެމޮންޓާއި ކެޓަލޯނިއާ ސަރުކާރުގެ ކުރީގެ ހަތަރު ވަޒީރަކު ވަނީ، ސްޕެއިންގެ ކޯޓަކުން ނެރެފައިވާ ހައްޔަރު ކުރުމުގެ އަމުރާއި ގުޅިގެން ބެލްޖިއަމްގެ ފުލުހުންނާއި އާދީއްތަ ދުވަހު ހަވާލުވެފައެވެ.

މިމައްސަލަ އާއިގުޅިގެން ބެލްޖިއަމްގެ ޕްރޮސެކިއުޓަރގެ އޮފީހުން ނެރެފައިވާ ބަޔާނުގައި ވަނީ، ބްރަސަލްސްގެ ޕްރޮސެކިއުޓަރގެ އޮފީހުން އެމީހުން މިނިވަން ކުރުމުގެ ވަގުތީ އަމުރަކަށް އެދިފައިވާތީ، ތަހުގީގީ ފަނޑިޔާރުން ޝަރުތުތަކާއެކު އެ ފަސް މީހުން މިނިވަން ކޮށްފައިވާ ކަމަށެވެ.

ޕުއިޖެމޮންޓާއި ވަޒީރުން މިނިވަން ކުރިއިރު، ކޯޓުން ކޮށްފައިވާ ޝަރުތުތަކުގެ ތެރޭގައި ހުއްދަނެތި ބެލްޖިއަމް ދޫކޮށް ނުދިޔުމަށާއި، އެމީހުން ދިރިއުޅޭ ތަންތަނުގެ މަޢުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން ކޮންމެ 15 ދުވަހަކުން އެއް ފަހަރު ބެލްޖިއަމްގެ ކޯޓަށް ޕުއިޖެމޮންޓާއި ވަޒީރުން ހާޒިރުވާން ޖެހެއެވެ. ބެލްޖިއަމްގެ ޤާނޫނުތައް ބުނާ ގޮތުން ސްޕެއިން އަށް އެނބުރި ދިއުމުގެ ބަދަލުގައި ބެލްޖިއަމްގައި މަޑުކުރުމަށް 60 ދުވަހުގެ މުޙުލަތެއް ލިބޭނެއެވެ. އެހެންނަމަވެސް، އެމީހުން ސްޕެއިން އަށް ނުގޮސް މަޑުކުރުމާއި ގުޅޭ ގޮތުން ޤާނޫނީ ހުއްޖަތެއް ނުދެއްކިއްޖެނަމަ، އެއަށްވުރެ އަވަހަށް ސްޕެއިން އާއިހަވާލު ކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ އެވެ.

އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ނެގި ކެޓަލޯނިއާގެ މިނިވަން ދައުލަތެއް އިޢުލާން ކުރުމަށް ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ އާއެކު، ކެޓަލޯނިއާގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ ކެޓަލޯނިއާގެ އަމިއްލަ ދަޢުލަތެއް އިޢުލާންކޮށްފައެވެ. ކެޓަލޯނިއާގެ ޤާނޫނު ހަދާ މަޖިލީހުން އަމިއްލަ ދަޢުލަތެއް އިޢުލާން ކޮށްފައިވަނީ، ކެޓަލޯނިއާގެ މިނިވަންކަމަށް ނެގި ފެންނަ ނުފެންނަ ވޯޓަކީ ޤާނޫނާއި ޚިލާފް ވޯޓެއް ކަމަށް ސްޕެއިންގެ ކޯޓަކުން ނިންމާފައިވަނިކޮށެވެ.

ޤާނޫނު ހަދާ މަޖިލީހުގެ ނިންމުމާއިއެކު، ސްޕެއިންގެ މައި ސަރުކާރުން ވަނީ ކެޓަލޯނިއާގެ ސަރަޙައްދީ ސަރުކާރާއި ކެޓަލޯނިއާގެ ޤާނޫނު ހަދާ މަޖިލިސް އުވާލައި، ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު އައު އިންތިޚާބެއް ބޭއްވުމަށް ނިންމަވައި، ކެޓަލޯނިއާގެ ސަރަޙައްދި ސަރުކާރަށް ދީފައިވާ ބާރުތައް ނެގުމަށްފަހު، ސްޕެއިންގެ މައި ސަރުކާރުގެ ބާރުގެ ދަށަށް ކެޓަލޯނިއާ ގެނެސްފައެވެ.

ސްޕެއިންގެ މައި ސަރުކާރުން ކެޓަލޯނިއާގެ ސަރަހައްދީ ސަރުކާރު އުވާލާފައިވަނިކޮށް އީޔޫގެ ހެޑްކުއާޓަރ ހުންނަ ބެލްޖިއަމްގެ ބްރަސަލްސް އަށް ޕުއިޖެމޮންޓާއި އޭނާގެ ބައެއް ވަޒީރުން ވަޑައިގެންނެވީ ކެޓަލޯނިއާގެ ދަޢުލަތަށް ވިލާތުގެ އިއްތިހާދުގެ ގައުމުތަކުގެ ތާއީދު ހޯއްދެވުމަށް، އީޔޫ އަށް ކަނޑައަޅުއްވާފައި ހުންނަވާ ޔޫރަޕްގެ ގައުމުތަކުގެ ސަފީރުންނާއި ބައްދަލުކުރެއްވުމަށެވެ.

ކެޓަލޯނިއާގެ ސަރުކާރު އުވާލުމާއެކު ސްޕެއިންގެ ޕްރޮސެކިއުޓަރގެ އެދިވަޑައިގަތުމަކަށް ސްޕެއިންގެ ކޯޓަކުން ވަނީ ޕުއިޖެމޮންޓާއި ކެޓަލޯނިއާ ސަރުކާރުގެ 13 ވަޒީރެއްގެ މައްޗަށް ދައުލަތާއި ދެކޮޅު އަމަލެއް ހިންގުމާއި، ބަޣާވާތް ކުރުމަށް ހިތްވަރު ދިނުން އަދި ދައުލަތުގެ ފައިސާ ނުހަމަގޮތުގައި ބޭނުން ކުރުމުގެ ދައުވާ އުފުލާފައެވެ.

ކޯޓަށް ހާޒިރުވުމަށް އަމުރު ނެރުނު ކެޓަލޯނިއާ ސަރުކާރުގެ ކުރީގެ އިސް ފަރާތްތަކުގެ ތެރެއިން ހާޒިރުވީ 9 ބޭފުޅެކެވެ. ކޯޓަށް ހާޒިރުވި ވަޒީރުންގެ ތަހުގީގު ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ ނިންމާފައެވެ. އެހެން ނަމަވެސް، 58 ހާސް ޑޮލަރުގެ ކަފާލާތުގެ ފީއެއް ދައްކައިގެން، އެއް ބޭފުޅަކު ވަނީ މިނިވަން ކޮށްފައެވެ.

ބެލްޖިއަމްގައި ތިއްބެވި ޕުއިޖެމޮންޓާއި ހަތަރު ވަޒީރުންގެ މައްޗަށް ސްޕެއިންގެ ކޯޓަކުން ޔޫރަޕިއަން އެރެސްޓް ވޮރަންޓް ނެރެފައިވަނީ އެމައްސަލާގައި ސްޕެއިންގެ ކޯޓަށް ހާޒިރުވެވަޑައިނުގެންނެވުމުންނެވެ.

ޕުއިޖެމޮންޓް ވަނީ މިނިވަން ޝަރީޢެއްގެ ކަށަވަރުކަން ނުލިބެނީސް، ސްޕެއިން އަށް އެނބުރި ވަޑައިނުގަންނަވާނެކަން ހާމަކޮށްފައެވެ.

ޕުއިޖެމޮންޓްގެ ސިޔާސީ ޕާޓީ ޕީޑީއީކޭއޭޓީ އިން ބުނީ، އޭނާ ބެލްޖިއަމްގެ ފުލުހުންނާއި ހަވާލުވީ ޝަރުއީ އިޖުރާއަތުތަކަށް ފިއްލެވުމުގެ ނިޔަތެއް ނެތްކަން ހާމަކޮށްދިނުމަށާއި، ވަކިކޮޅަކަށް ބުރަނުވާ މިނިވަން ޝަރީއަތެއްގައި އޭނާގެ ނަފްޞު ދިފާއު ކުރުމަށް ބޭނުންފުޅުވާތީ ކަމަށެވެ. އަދި އެފަދަ ޝަރީޢަތެއް ބެލްޖިއަމްގައި ލިބުމުގެ ފުރުޞަތު އޮތްނަމަވެސް، ސްޕެއިންގައި އެފަދަ ޝަރީއަތެއް ލިބިދާނެ ކަމަށް ޝައްކުކުރާ ކަމަށް އެޕާޓީން ބުނެއެވެ.

ސްޕެއިންގެ ކޯޓުން ޔޫރަޕިއަން އެރެސްޓް ވޮރަންޓް ނެރެފައިވާ ފަރާތްތަކުގެ ތެރޭގައި ޕުއިޖެމޮންޓްގެ އިތުރުން ދެން ހިމެނެނީ، ކުރީގެ ދަނޑުވެރިކަމާއިބެހޭ ވަޒީރު މެރިޓްސެލް ސެރެޓް، ކުރީގެ ޞިއްޙަތާއިބެހޭ ވަޒީރު އެންޓޮނީ ކޮމިން، ކުރީގެ ސަގާފަތާއިބެހޭ ވަޒީރު ލުއިސް ޕުއިގް އަދި ކުރީގެ ތައުލީމާއިބެހޭ ވަޒީރު ކްލެރާ ޕޮންސާޓީ އެވެ.

އިތުރަށް ކިޔާލަން

01 ޖުލައި 2017

ހޮން ކޮންގްގެ އާ ލީޑަރު މަގާމާ ހަވާލުވެވަޑައިގެންފި

01 ޖުލައި 2017
ހޮން ކޮންގްގެ އާ ލީޑަރު މަގާމާ ހަވާލުވެވަޑައިގެންފި
21 ޖޫން 2017

ބެލްޖިއަމްގެ ރޭލު ސްޓޭޝަނެއްގައި ޖާނުންފިދާ ވެގެން ބޮމުގެ ހަަމަލާ ދޭން އުޅުނު މީހަކު ފުލުހުން މަރާލައިފި

21 ޖޫން 2017
ބެލްޖިއަމްގެ ރޭލު ސްޓޭޝަނެއްގައި ޖާނުންފިދާ ވެގެން ބޮމުގެ ހަަމަލާ ދޭން އުޅުނު މީހަކު ފުލުހުން މަރާލައިފި
13 ޖޫން 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު 30 ދުވަހަށް ބަންދުގައި ބަހަޓަން ނިންމައިފި

13 ޖޫން 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު 30 ދުވަހަށް ބަންދުގައި ބަހަޓަން ނިންމައިފި
11 ޖޫން 2017

އައިއެސްގެ ލީޑަރު އަލް-ބަގްދާދީ މަރުވެއްޖެ ކަމަށް ސީރިޔާގެ ދައުލަތުގެ ޓީވީ އިން ބުނެފި

11 ޖޫން 2017
އައިއެސްގެ ލީޑަރު އަލް-ބަގްދާދީ މަރުވެއްޖެ ކަމަށް ސީރިޔާގެ ދައުލަތުގެ ޓީވީ އިން ބުނެފި
05 މެއި 2017

އެމެރިކާ އާއި ދެކުނު ކޮރެއާގެ އެޖެންޓުން އުތުރު ކޮރެއާގެ ލީޑަރު އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެފި

05 މެއި 2017
އެމެރިކާ އާއި ދެކުނު ކޮރެއާގެ އެޖެންޓުން އުތުރު ކޮރެއާގެ ލީޑަރު އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެފި
20 އެޕްރީލު 2017

ބާބްރީ މިސްކިތް މައްސަލައިގައި ބީޖޭޕީގެ ލީޑަރުންތަކެއްގެ މައްޗަށް ޝަރީއަތް ހިންގަނީ

20 އެޕްރީލު 2017
ބާބްރީ މިސްކިތް މައްސަލައިގައި ބީޖޭޕީގެ ލީޑަރުންތަކެއްގެ މައްޗަށް ޝަރީއަތް ހިންގަނީ
10 އެޕްރީލު 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

10 އެޕްރީލު 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ
27 މާރިޗު 2017

މޫސަލްގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރުުންތަކެއް ގުޅިފައިވާ ކޯލިޝަނުން މަރާލައިފި

27 މާރިޗު 2017
މޫސަލްގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރުުންތަކެއް ގުޅިފައިވާ ކޯލިޝަނުން މަރާލައިފި
23 ފެބުރުއަރީ 2017

އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު

23 ފެބުރުއަރީ 2017
އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު
07 ޖެނުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި

07 ޖެނުއަރީ 2017
 ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް