Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާ-ހޮން ކޮންގް

ހޮން ކޮންގްގެ އާ ލީޑަރު މަގާމާ ހަވާލުވެވަޑައިގެންފި

އިނގިރޭސި ވިލާތުން ހޮން ކޮންްގް، ޗައިނާއާ ހަވާލު ކުރިތާ 20 އަހަރު ކުރިން

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 1 ޖުލައި 2017 | ހޮނިހިރު 06:38
ހޮން ކޮންގް އާ ލީޑަރު މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ޗައިނާގެ ރައީސް ޝީއާ ސަލާމް ކުރައްވަނީ

ހޮން ކޮންގް އާ ލީޑަރު މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ޗައިނާގެ ރައީސް ޝީއާ ސަލާމް ކުރައްވަނީ

ހޮން ކޮންގް ގެ ޗީފް އެގްޒެކެޓިވް ކަމުގެ ހުވާ ނުވަތަ ސިޓީގެ ލީޑަރު ކަމުގެ ހުވާ ކެރީ ލެމް ކުރައްވައިފިއެވެ.

ކެރީ ލެމް ވެވަޑައިގެންފައި ވަނީ ހޮން ކޮންގް ގެ އެންމެ ފުރަތަމަ އަންހެން ލީޑަރަށެވެ. އަދި 1997 ވަަނަ އަހަރު އިނގިރޭސިންގެ އަތް ދަށުން ހޮން ކޮންގް މިނިވަންވެ ޗައިނާގެ ކޮންޓްރޯލްގެ ދަށަށް ދިޔުމަށް ފަހު އެ ސަރަހައްދުގެ އިސްވެރިޔާކަން ކުރައްވާ ހަތަރު ވަނަ ފަރާތަށެވެ.

އިނގިރޭސި ވިލާތުން ޗައިނާއާ ހޮން ކޮންްގް، ހަވާލު ކުރިތާ 20 އަހަރު ފުރުން ފާހަގަކުރާ މުނާސަބާ ހޮން ކޮންގް ގައި ފާހަގަ ކުރަމުންދާއިރު ޗައިނާގެ ރައީސް ޝީ ޖިންޕިން ގެންދަނީ ހޮން ކޮންގް އަށް ތިން ދުވަހުގެ ދަތުރުފުޅެއް ކުރައްވަމުންނެވެ.

ހޮނިހިރު ދުވަހު ހޮން ކޮންގް ގެ ލީޑަރު ކަމާ ކެރީ ލެމް ހަވާލުވެވަޑައިގެންނެވިއިރު، އެކަމަނާއަށް މަގާމުގެ ހުވާލައިދެއްވީ ޗައިނާގެ ރައީސް ޝީ އެވެ. އާ ލީޑަރު ކެރީ ލެމް މަގާމާ ހަވާލުވެވަޑައިގެންނެވުމުގެ ރަސްމިއްޔާތުގައި ރައީސް ޝީ ވިދާޅުވެފައި ވަނީ "ވަން ކަންޓްރީ، ޓޫ ސިސްޓަމްސް" މޮެޑެލް ގެ ދަށުން ހޮން ކޮންގް އަށް އާ ހާލަތްތަކާއި އަދި އާ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ޝީ ވަނީ ޗައިނާގެ މައި ސަރުކާރުން ހޮން ކޮންގް އަށް ކަންކަމުގައި އެއްބާރުލުން ދެއްވުމުގައި ދެމިތިބޭނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. "ވަން ކަންޓްރީ، ޓޫ ސިސްޓަމްސް" ގެ ދަށުން ހޮން ކޮންގް އަށް ވަނީ ޗައިނާގެ ބައެއް ނުވަތަ ސަރަހައްދެއް ކަމުގައި ވިޔަސް، މިނިވަންކަމާއެކު އެ ސިޓީގެ ސަރުކާރެއް އުފައްދާ އަދި ހިންގާ، ޝަރުއީ، އިގްތިސާދީ އަދި މާލީ ނިޒާމެއް ހިންގުމުގެ މިނިވަންކަން ލިބިފައެވެ.

ހޮން ކޮންގް ގެ ޗީފް އެގްޒެކެޓިވް ކަމަށް ކެރީ ލެމް ހޮއްވަވާފައި ވަނީ ހޮން ކޮންގް ގެ ސަރުކާރަށް ވަފާތެރި އިލެކްޝަން ކޮމިޓީއަކުން ކަމަށް ރިޕޯޓުތައް ބުނާއިރު، އެކަމަނާ ހޮއްވަވާފައި ވަނީ ތިން ކެނޑިޑޭޓުންގެ ތެެރެއިން، 1,194 މެމްބަރުން ތިބޭ ކޮމިޓީ އިން، 777 އަށް ވޯޓު ހޯއްދަވައިގެންނެވެ.

ހޮން ކޮންގް ގެ ލީޑަރު ކެރީ ލެމް މަގާމާއި ހަވާލުވެވަޑައިގަންނަވަމުން ދެއްވި ތަގުރީރުގައި އެކަމަނާ ވަނީ އާ ސަރުކާރާ ދޭތެރޭ ރައްޔިތުންގެ އިތުބާރު އުފައްދާ ސިޓީއަށް ދިމާވެފައިވާ އިޖުތިމާއީ މައްސަލަތައް ހައްލު ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

އިތުރަށް ކިޔާލަން

11 ޖޫން 2017

އައިއެސްގެ ލީޑަރު އަލް-ބަގްދާދީ މަރުވެއްޖެ ކަމަށް ސީރިޔާގެ ދައުލަތުގެ ޓީވީ އިން ބުނެފި

11 ޖޫން 2017
އައިއެސްގެ ލީޑަރު އަލް-ބަގްދާދީ މަރުވެއްޖެ ކަމަށް ސީރިޔާގެ ދައުލަތުގެ ޓީވީ އިން ބުނެފި
14 މެއި 2017

ފްރާންސްގެ އާ ރައީސް މެކްރޮން ވެރިކަމާ ހަވާލުވެވަޑައިގެންފި

14 މެއި 2017
ފްރާންސްގެ އާ ރައީސް މެކްރޮން ވެރިކަމާ ހަވާލުވެވަޑައިގެންފި
05 މެއި 2017

އެމެރިކާ އާއި ދެކުނު ކޮރެއާގެ އެޖެންޓުން އުތުރު ކޮރެއާގެ ލީޑަރު އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެފި

05 މެއި 2017
އެމެރިކާ އާއި ދެކުނު ކޮރެއާގެ އެޖެންޓުން އުތުރު ކޮރެއާގެ ލީޑަރު އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެފި
20 އެޕްރީލު 2017

ބާބްރީ މިސްކިތް މައްސަލައިގައި ބީޖޭޕީގެ ލީޑަރުންތަކެއްގެ މައްޗަށް ޝަރީއަތް ހިންގަނީ

20 އެޕްރީލު 2017
ބާބްރީ މިސްކިތް މައްސަލައިގައި ބީޖޭޕީގެ ލީޑަރުންތަކެއްގެ މައްޗަށް ޝަރީއަތް ހިންގަނީ
10 އެޕްރީލު 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

10 އެޕްރީލު 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު