Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުދިވެހިރާއްޖެ

ވިޔަފާރިކުރަން ފަސޭހަ ލިސްޓުގައި ރާއްޖެ އެއް ދަރަޖަ ފަހަތަށް!

5 ނޮވެމްބަރު 2017 | އާދީއްތަ 19:21

މިދިޔަ އަހަރު ރާއްޖެ އޮތީ 135 ވަނައިގަ އެވެ. އަދި އޭގެ ކުރީ އަހަރު އޮތީ 129 ވަނައިގައި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 5 ނޮވެމްބަރު 2017 | އާދީއްތަ 19:21
މޯލްޑިވްސް ބިޒްނަސް އެކްސްޕޯ

މޯލްޑިވްސް ބިޒްނަސް އެކްސްޕޯ

އަހަރަކު އެއް ފަހަރު ވޯލްޑް ބޭންކުން ނެރޭ އީޒް އޮފް ޑުއިން ބިޒްނަސް އިންޑެކްސް ނުވަތަ ވިޔަފާރި ކުރަން ފަސޭހަ މިންވަރު ބެލުމަށް ރޭންކްކުރާ ލިސްޓް (ޑީބީއައި 2018) ގައި މި އަހަރު ރާއްޖެ އެއް ދަރަޖަ ފަހަތަށް ވެއްޓިއްޖެ އެވެ.

ދުނިޔޭގެ ވިޔަފާރިއާ ބެހޭ ޖަމިއްޔާ، ވޯލްޑް ބޭންކުން ނެރެފައިވާ ލިސްޓުގައި މި އަހަރު ރާއްޖެ އުޅެނީ 136 ވަނާގަ އެވެ. މިދިޔަ އަހަރު ރާއްޖެ އޮތީ 135 ވަނާގަ އެވެ. އަދި އޭގެ ކުރީ އަހަރު އޮތީ 129 ވަނާގަ އެވެ.

އަހަރު އެއް ފަހަރު ނެރޭ މި ލިސްޓުގައި ވިޔަފާރީގެ މާހައުލުން ފާހަގަ ކުރެވޭ 10 ކަމެއްގެ މައްޗަށް ބަލަ އެވެ. މިގޮތުން ބަލާ ކަންތައްތަކުގެ ތެރޭގައި ވިޔަފާރި ފެށުމާއި ކުންފުނީގެ އޮފީހާއި އެ ނޫން ވެސް އިމާރާތްތައް ރަޖިސްޓްރީ ކުރުމުގެ ބައިން އިތުރުން، ލޯނު ހޯދުމާއި ޓެކްސް ދެއްކުން އަދި ގުދަން ހަދަން ހޭދަވާ މުއްދަތާއި ކަރަންޓު ލުން އަދި މުދާ އެތެރެކޮށް ބޭރު ކުރުމުގެ ހިދުމަތަށް ނަގާ ވަގުތު ވެސް ހިމެނެ އެވެ. މީގެ އިތުރުން، ކުދި އިންވެސްޓަރުންގެ ހައްގު ހިމާޔަތް ކުރުމާއި އެއްބަސްވުންތައް ތަންފީޒުކޮށް، ވިޔަފާރިއާ ގުޅުންހުރި ޝަރުއީ ކަންތައްތަކުގެ އިތުރުން ގާނޫނުތައް މެދުވެރިކޮށް މައްސަލަތައް ހަމަޖެއްސުން ހިމެނެ އެވެ. މިގޮތުން މި އަހަރު ގިނަ ދާއިރާތަކުން ވަނީ ކުރިއެރުން ހޯދާފަ އެވެ. މިގޮތުން އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ޓެކްސް ދެއްކުމުގެ ބައިންނެވެ. މިދިޔަ އަހަރު 143 ދަރަޖާއި އޮތް މިބައި މި އަހަރު ވަނީ 118 ދަރަޖައަށް ޖެހިލާފަ އެވެ.

އީޒް އޮފް ޑުއިން ބިޒްނަސް އިންޑެކްސް އަކީ ވޯލްޑް ބޭންކުން ކުރާ އެންމެ މުހިއްމު ދިރާސާ އެވެ.

ޑީބީއައިގައި ރާއްޖެ ހަ އަހަރު

* 2013 ގައި 85 ދަރަޖަ * 2014 ގައި 79 ދަރަޖަ * 2015 ގައި 95 ދަރަޖަ * 2016 ގައި 129 ދަރަޖަ * 2017 ގައި 135 ދަރަޖަ * 2018 ގައި 136 ދަރަޖަ

މި ދިރާސާގައި ރާއްޖޭގެ ރޭންކިން މަތި ކުރުމަށް އިކޮނޮމިކް މިނިސްޓްރީން މަސައްކަތް ކުރެ އެވެ. އެހެން ނަމަވެސް އެދެވޭ ކުރިއެރުންތަކެއް ނުހޯދެ އެވެ. އެހެން ދިމާވަނީ ވޯލްޑް ބޭންކަށް ތަފާސްހިސާބު ފޮނުވުމުގައި ދިމާވާ މައްސަލަތަކުން ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
06 މާރިޗު 2017

ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ

06 މާރިޗު 2017
ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ
21 ފެބުރުއަރީ 2017

ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ

21 ފެބުރުއަރީ 2017
ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ
20 ފެބުރުއަރީ 2017

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ
18 ފެބުރުއަރީ 2017

އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް

18 ފެބުރުއަރީ 2017
އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް
12 ފެބުރުއަރީ 2017

ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ

12 ފެބުރުއަރީ 2017
ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ
07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
21 ޖެނުއަރީ 2017

އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި

21 ޖެނުއަރީ 2017
އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި
08 ޖެނުއަރީ 2017

އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ

08 ޖެނުއަރީ 2017
އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ
07 ޖެނުއަރީ 2017

2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް 73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ

07 ޖެނުއަރީ 2017
2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް  73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް