Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އޮންލައިންކޮށް ކިޔެވުމުގެ ފުރު

އޮންލައިންކޮށް ކްލާސްތައް ކުރިއަށް ގެންދިއުން: މިފަހަރު އޯ ލެވެލް އަދި އޭ ލެވެލް ކުދިންނަށް

ކްލާސްތައް ގްރޫޕްކޮށްވެސް ގެންދެވޭނެ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 4 ނޮވެމްބަރު 2017 | ހޮނިހިރު 09:15
މަންދު ކޮލެޖުގެ ޗެއަރމަން އިބްރާހިމް އިސްލާއިލް

މަންދު ކޮލެޖުގެ ޗެއަރމަން އިބްރާހިމް އިސްލާއިލް

އޯ ލެވެލް އަދި އޭ ލެވެލް ކުދިންނަށް ހާއްސަކޮށްގެން 'ވާޗުއަލް ލާނިންގ ސަޕޯޓް" ގެ ނަމުގައި އޮންލައިންކޮށް ކިޔަވައި ދިނުމުގެ ފުރުސަތު މާލޭ ހައި އިންޓަރނޭޝަނަލް އިން ހުޅުވާލައިފި އެވެ.

މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން މަންދު ކޮލެޖުގެ ޗެއަރމަން އިބްރާހިމް އިސްމާއިލް (އިބުރާ) ވިދާޅުވީ، މާލޭ ހައި އިންޓަރނޭޝަނަލްގެ ތެރެއިން އަނެއްކާވެސް އޯ ލެވެލް އަދި އޭ ލެވެލް ކުދިންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. ވާޗުއަލްކޮށް ހިންގާ މި ކްލާސްތަކަކީ ވަރަށް އިންޓަރެކްޓިވްކޮށް، ކްލާސްނަގާދޭ ޓީޗަރާ ކުދިންނަށް ވަގުތުން ސުވާލު ވެސް ކުރެވޭނެ ގޮތަށް އެކުލަވާލާފައިވާ ވިއުގަ އެއް ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

އިބްރާހިމް އިސްމާއިލް ވިދާޅުވީ، މާލޭގެ ހާލަތު އޮތް ގޮތުން، ގެއިން ބޭރަށް ނުކުމެއްޖެ ނަމަ، އެއްވެސް މީހަކަށް ސަލާމަތުން އަނބުރާ އާދެވޭނެ ކަމުގެ ޔަގީންކަން ނޯންނަ އިރު މި ހުޅުވާލި ފުރުސަތުގެ ތެރެއިން ގޭގައި ތިބެގެން ކުދިންނަށް ކިޔަވާއިދިނުމަށް ބެލެނިވެރިންނަށް މަގުފަހިވާނެ ކަމަށެވެ.

އޮންލައިން ޕްލެޓްފޯމެއްގައި ކިޔަވާއިރު އަމިއްލަ ރަށުގައި އަމިއްލަ ގޭގައި ތިބެގެން އެންމެ މޮޅު އަދި އެންމެ ފެންވަރު ރަގަޅު ޓީޗަރުންގެ އެހީތެރިކަން ލިބޭނެ ކަމަށް އިބުރާ ވިދާޅުވި އެވެ. ކްލާސް ގަޑިތަކުގެ އިތުރަށް ކުދިންނަށް ގްރޫޕް މަސައްކަތް ކުރަން ގަޑިތައް ހަމަޖެހިގެންދާނެ ކަމަށް އެނާ ވިދާޅުވި އެވެ.

މި ކްލާސްތަކުގައި ބައިވެރިވެވެނީ އެއް މާއްދާ ނަމަ، 700ރ.، ދެ މާއްދާ ނަމަ 1200ރ.، ތިން މާއްދާ ނަމަ 1700ރ. އަދި 6 މާއްދާ ނަމަ 3300ރ. ދައްކައިގެންނެވެ.

އިބުރާ ވަނީ ގައުމީ ފެންވަރެއްގައި އޯ ލެވެލް އަދި އޭ ލެވެލް ނަތީޖާ ފާހަގަކުރަން ޖެހޭނީ ތައުލީމު ހާސިލު ކުރާ ހުރިހާ ކުދިންގެ ތެރެއިން އެންމެ ގިނައަދަދެއްގެ ކުދިން ފާސްވާ މިންވަރު ބަލައިގެން ކަން ފާހަގަކުރައްވައި، މާލޭ ހައި އިންޓަރނޭޝަނަލް އިން ހުޅުވާލި މި ވާޗުއަލް ޕްލެޓްފޯމްގެ ތެރެއިން ކުދިންނަށް ތައުލީމު ހޯދުމަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ތައުލީމީ ނިޒާމަށް ވެސް މިކަމުގެ ރަގަޅު ބަދަލުތައް ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހާއްސަކޮށް މާލެ ނޫން އަތޮޅު ތެރޭގައި އޯ ލެވެލް އޭ ލެވްލް ކިޔަވަމުންދާ ކުދިންނަށް، ސްކޫލުގައި ކިޔަވައި ދިނުމުގެ އިތުރަށް އެހީއެއް ބޭނުންވާ ހާލަތެއްގައި އެހީ ހޯދާނެ އިތުރު ގޮތްތަކެއް ނުހުރޭ. އެހެންވީމާ މިކަން ކަމަށް ވިސްނާ އަޅުގަނޑުމެން ދެތިން އަހަރެއް ވެއްޖެ މަސައްކަތްތަކެއް ކުރަމުންދާތާ،" އިބުރާ ވިދާޅުވި އެވެ.

މާލޭ ހައި އިންޓަރނޭޝަނަލް އިން ކުރިއަށްގެންދާ އޮންލައިން ކްލާސްތަކާ ގުޅޭ މައުލޫމާތުތައް ސާފު ކުރުމުގެ ފުރުސަތާއި ރަޖިސްޓަރ ވުމުގެ ފުރުސަތު މިއަދު ހެނދުނުން ފެށިގެން ހަވީރު 06:00 އަށް ސްޓެލްކޯގެ ފަސް ވަނަ ފަންގިފިލާގައި ކުރިއަށްދާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަކަށް މެޖޯރިޓީއެއް ނުނެގޭނެ: އެމްޔޫއޯ

ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަކަށް މެޖޯރިޓީއެއް ނުނެގޭނެ: އެމްޔޫއޯ

20 ފެބުރުއަރީ 2017
އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް

އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް

12 ފެބުރުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު