Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ ރޭޕް

އިންޑިއާ ރޭޕް: ދެ ބޮޑު ބޭބެއެއް އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފި

ދެވަނަ ބޮޑުބޭބެއަކީ ފުރަތަމަ ހައްޔަރު ކުރެވުނު ބޮޑު ބޭބެގެ ކޮއްކޮ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 2 ނޮވެމްބަރު 2017 | ބުރާސްފަތި 23:27
އިންޑިއާގައި ކޮންމެ 155 މިނެޓަކުން، އުމުރުން 16 އަހަރު ނުފުރޭ ކުއްޖަކު ރޭޕް ކުރޭ

އިންޑިއާގައި ކޮންމެ 155 މިނެޓަކުން، އުމުރުން 16 އަހަރު ނުފުރޭ ކުއްޖަކު ރޭޕް ކުރޭ

އިންޑިއާގައި ރޭޕްގެ ޝިކާރައަކަށްވެ މިދިޔަ އޯގަސްޓް މަހު ވިހެއި 10 އަހަރުގެ އަންހެން ކުއްޖާ ރޭޕްކުރިކަމަށް ސާބިތުވި އޭނާގެ ދެ ބޮޑުބޭބެ އުމުރަށް ޖަލަށް ލުމަށް އިންޑިއާގެ އަވަސް ނިޔާ ކޯޓަކުން ބުރާސްފަތި ދުވަހު ހުކުމް ކޮށްފިއެވެ.

މައްސަލައިގެ އަޑު އެހުންތައް ހޯމަ ދުވަހު ނިންމާލާފައިވާއިރު ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވަނީ އަންގާރަ ދުވަހުއެވެ.

އަންހެން ކުއްޖާ ބަލިވެ އިންކަން އެނގުނީ ޖުލައި މަހުގެ މެދުތެރޭ އޭނާ ބަނޑުގައި ރިއްސާ ކަމަށް ބުނުމުން އޭނާގެ މައިންބަފައިން އޭނާ ހޮސްޕިޓަލަށް ގެންދިއުމުންނެވެ.

ކުއްޖާގެ ފުރަތަމަ ބޮޑުބޭބެގެ މައްޗަށް ވެސް ދައުވާކުރީ އޭނާ ރޭޕް ކުރިކަމުގެ ތުހުމަތުގައެވެ.

ދެވަނަ މީހެއްގެ މައްޗަށް ފުލުހުން ތުހުމަތު ކުރަން ފެށީ ފުރަތަމަ ތުހުމަތު ކުރެވުނު މީހާ އާއި ރޭޕްގެ ޝިކާރައަކަށްވި ކުއްޖާ ވިހެއި ތުއްތު ކުއްޖާގެ ޑީއެންއޭ ދިމާ ނުވާ ކަމަށް ފޮރެންސިކް ތަހުލީލުތަކުން ދެއްކުމުންނެވެ.

ފުރަތަމަ ހައްޔަރު ކުރެވުނު ބޮޑު ބޭބެގެ ޝަރީއަތަށް މަހެއްހާ ދުވަސް ނަގާފައިވާއިރު ދެވަނައަށް ހައްޔަރުކުރި މީހާގެ ޝަރީއަތަށް ހޭދަވެފައިވަނީ 18 ދުވަހެވެ.

އުމުރުން 10 އަހަރުގެ ކުއްޖާގެ މި މައްސަލަ އިންޑިއާ އާއި ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވެ އެވެ.

އެ ކުއްޖާ ބަލިވެއިންތާ 30 ހަފްތާ ވެފައިވާތީ އެބޯޝަން ހެދުމަކީ "މާ ރިސްކް ބޮޑު" ކަމެއް ކަމަށް ޑޮކްޓަރުން ލަފާ ދެއްވާތީ އެކަން ނުކުރުމަށް ޗަންދިގަރްގެ ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި އޭގެ ފަހުން ސުޕްރީމް ކޯޓުން ވެސް ވަނީ ޑޮކްޓަރުންގެ އެ ލަފަޔަށް ރިއާޔަތް ކުރުމަށް ފަހު ދަށު ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައެވެ.

ބަލިވެއިންތާ 20 ހަފްތާއަށް ފަހު، މައިމީހާއަށް ސިއްހީ ނުރައްކަލެއް އޮތް ކަމަށް ޑޮކްޓަރުން ސެޓްފިކެޓް ނުދޭ ނަމަ އެބޯޝަން ހެދުމަކީ އިންޑިއާގެ ގާނޫނުން މަނާ ކުރާ ކަމެކެވެ.

އަންހެންކުއްޖާއަށް ލިބުނު ތުއްތު ދަރިފުޅު ހަވާލުކޮށްފައިވަނީ ވެލްފެއަރ އިދާރާއަކާއެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
28 ޖެނުއަރީ 2017

އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

28 ޖެނުއަރީ 2017
އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
26 ޖެނުއަރީ 2017

އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ

26 ޖެނުއަރީ 2017
އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ
25 ޖެނުއަރީ 2017

މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!

25 ޖެނުއަރީ 2017
މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!
23 ޖެނުއަރީ 2017

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު