Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ ފާރިސް މައުމޫން

ފާރިސް މައުމޫންގެ މިއަދުގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފި

2 ނޮވެމްބަރު 2017 | ބުރާސްފަތި 06:58

އިގްތިސާދީ ގެއްލުމެއް ލިބި، ހެކިބަސް ދިނުމުން ވަޒީފާ ގެއްލިދާނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 2 ނޮވެމްބަރު 2017 | ބުރާސްފަތި 06:58
ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަހްސު އޮޅުވާލުމުގެ ކުށުގެ ދައުވާގެ ބުރާސްފަތި ދުވަހު ބާއްވަން ތާވަލް ކޮށްފައިވާ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފި އެވެ. ކެންސަލް ކުރި ވަކި ސަބަބެއް ކޯޓުން ހާމައެއް ނުކުރެ އެވެ.

ބުރާސްފަތި ދުވަހުގެ 11:30 ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވާ ފާރިސް މައުމޫންގެ ޝަހްސު އޮޅުވާލުމުގެ ކުށުގެ ދައުވާ އާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިއޮތީ ދައުލަތުގެ ފަރާތުން ހުށަހެޅި ހެކީންގެ ހެކިބަސް ނެގުމެވެ.

Advertisement - newsAdvertisement

އެންމެފަހުން ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ އިގްތިސާދީ ގެއްލުމެއް ލިބިދާނެ ކަމަށް ބުނެ، ފާރިސްގެ މައްޗަށް އުފުލާފައިވާ ޝަހްސް އޮޅުވާލުމުގެ ދައުވާ ސާބިތުކުރުމަށް ހުށަހެޅި ހެކިން ސިއްރުކުރަން އެދިފައެވެ.

ފާރިސްގެ މައްޗަށް ހިންގާ ޝަރީއަތުގައި އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ފާރިސްގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ހެކިން ހުށަހަޅާފަ އެވެ. އެގޮތުން ދައުލަތުން ހުށަހަޅާފައިވަނީ ސިއްރު ދެ ހެއްކަކާއި، ވީޑިއޯ ސީޑީއަކާއި، ސިވިލް ކޯޓުގެ ހުކުމަކާއި، އިލެކްޝަންސް ކޮމިޝަނުގެ ސިޓީއެއްގެ އިތުރުން، ޕީޕީއެމްގެ ނަމުގައި ފުލުހަށް ހުށަހަޅާފައިވާ ސިޓީއެކެވެ.

ދައުލަތުގެ ވަކީިލު އައިޝަތު ރީޝާ ވިދާޅުވި ގޮތުގައި ފާރިސްގެ މައްޗަށް ދައުވާ ސާބިތުކުރަން ހުށަހަޅާފައިވާ ދެ ހެކިން ސިއްރުކުރަން އެދެނީ ހެކިބަސް ދިނުމުގެ ސަބަބުން އެމީހުންނަށް ލިބިދާނެ އެކަށީގެންވާ އިގްތިސާދީ ގެއްލުމަކުން ސަލާމަތް ކުރުމަށެވެ. ރީޝާ ވިދާޅުވި ގޮތުގައި ހެކި ބަސް ދިނުމުގެ ސަބަބުން އެމީހުންގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު އެބައޮތެވެ.

ދައުލަތުގެ ވަކީލު ވިދާޅުވި ގޮތުގައި، އެ ދެ މީހުންނަކީ 22 މާޗް 2017 ގައި ސިޔާސީ ޕާޓީތަކުން ނޫސްވެރިންގެ ބައްދަލުވުން ބޭއްވި އިރު އެތަނުގައި ތިބި ދެ މީހުންނެވެ. އެ ދެ މީހުން ހުށަހަޅާފައިވަނީ، ޕީޕީއެމްގެ މެންބަރެއްގެ ހައިސިއްޔަތުން، އެ ޕާޓީގެ ނަމުގައި ފާރިސް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިކަން ސާބިތުކުރުމަށެވެ.

ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ސިވިލް ކޯޓުގެ ހުކުމަކީ، ޕީޕީއެމްގެ ހިންގުމުގެ ބާރު އެޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަންނަވާ ގޮތަށް 16 އޮކްޓޯބަރު 2016 ގައި ކޮށްފައިވާ ހުކުމެވެ. ހުށަހަޅާފައިވާ އިލެކްޝަންސް ކޮމިޝަނުގެ ސިޓީއަކީ ފާރިސް ޕާޓީން ވަކިކޮށް، ދަފްތަރުން ނަން އުނިކޮށްފައިވާކަން އަންގާ ފޮނުވި ސިޓީއެވެ. ޕީޕީއެމުން ފުލުހަށް ހުށަހެޅި ސިޓީއަކީ، ނޫސްވެރިންގެ ބައްދަލުވުމުގައި ފާރިސް ބައިވެރިވެވަޑައިގެންނެވީ ޕާޓީގެ ހުއްދަ ހޯއްދެވުމެއް ނެތި ކަމަށް ބުނެ މައްސަލަ ބަލައިދިނުމަށް އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ފޮނުއްވި ސިޓީއެވެ. ވީޑިއޯ ސީޑީގައި ހިމެނެނީ ނޫސްވެރިންގެ ބައްދަލުވުމުގެ ވީޑިއޯ އެވެ.

އެ ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ހެކި ހުށަހެޅުމުން ފާރިސްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވީ ހަގީގަތުގައި ޝަހްސް އޮޅުވާލީ އަބްދުއްރަހީމް ކަމަށާއި ޕީޕީއެމްގެ ނަމުގައި ސިޓީއެއް ފޮނުވުމުގެ އެއްވެސް ހައިސިއްޔަތެއް އަބްދުއްރަހީމްގެ ނޯންނާނެ ކަމަށެވެ. 15 އޮކްޓޯބަރު 2016 ގައި ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުންނާއި އެޕާޓީގެ ކައުންސިލް މެންބަރަކުކަމުން އަބްދުއްރަހީމް ވަކިކޮށް، ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެކަން އަންގަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިމަންނާއަކީ" ޕީޕީއެމް ކަމަށް ދެކިގެން ސިޓީއެއް ހުށަހެޅުމުގެ ހައިސިއްޔަތު އަބްދުއްރަހީމްގެ ނެތް އިރު، އެފަދަ ސިޓީއެއް ޕީޕީއެމްގެ ނަމުގައި ފޮނުވި މައްސަލަ ނުބަލަނީ ކީއްވެތޯ މައުމޫން ސުވާލުކުރެއްވި އެވެ. އަދި ފާރިސްގެ މައްޗަށް ޝަހްސް އޮޅުވާލުމުގެ ދައުވާކުރިއިރު، އަބްދުއްރަހީމްގެ މައްޗަށް ނުކުރަނީ ކީއްވެތޯ ތަކުރާރުކޮށް ސުވާލުކުރެއްވި އެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

އިމާރާތުގެ ފެންވަރު ރަނގަޅެއް ނޫން، ފައިސާގެ ދޭކަން ނުޖެހޭނެ: މައުމޫންގެ އާއިލާ

20 ފެބުރުއަރީ 2017
އިމާރާތުގެ ފެންވަރު ރަނގަޅެއް ނޫން، ފައިސާގެ ދޭކަން ނުޖެހޭނެ: މައުމޫންގެ އާއިލާ
20 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

20 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި
19 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި
19 ފެބުރުއަރީ 2017

މައުމޫންގެ ހަަތަރު ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބަޔާން ބަދަލުކޮށްފި

19 ފެބުރުއަރީ 2017
މައުމޫންގެ ހަަތަރު ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބަޔާން ބަދަލުކޮށްފި
02 ފެބުރުއަރީ 2017

ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

02 ފެބުރުއަރީ 2017
ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި
02 ފެބުރުއަރީ 2017

ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!

02 ފެބުރުއަރީ 2017
ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް