Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިވިލް ސަރވިސް

ސިވިލް ސަރވިސް މުވައްޒަފުންނަށް ދޫކުރާ ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޖެނުއަރީ 15 ގެ ނިޔަލަށް ފޯމް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 1 ނޮވެމްބަރު 2017 | ބުދަ 13:37
ފްލެޓް: ސިވިލް ސަރވިސް މުވައްޒަފުންނަށް ވަނީ ފްލެޓަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައި

ފްލެޓް: ސިވިލް ސަރވިސް މުވައްޒަފުންނަށް ވަނީ ފްލެޓަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައި

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ދޫކުރާ 1،000 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހުޅުމާލޭގައި އަލަށް އިމާރާތްކުރާ 7،000 ފްލެޓްގެ ތެރެއިން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ޚާއްސަކުރި 1،000 ފްލެޓަށް އަންނަ ޖެނުއަރީ 15 ގެ ނިޔަލަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ދިރިއުޅުމުގެ ހާލަތު ވަޒަން ކުރުމަށް ފަހު އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ފައިނަލް ލިސްޓު އިއުލާނު ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ފްލެޓަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި، ރާއްޖޭގެ އެއްވެސް ރަށަކުން 600 އަކަފޫޓުގެ ނުވަތަ އެ އަށް ވުރެ ބޮޑު ގޯއްޗެއް ނެތުން އަދި އެ އަށް ވުރެ ކުޑަ ގޯއްޗެއް އޮންނަ ނަމަ، އެ ގޯތި ދޫކޮށްލަން އެއްބަސްވުން ހިމެނެ އެވެ.

ސިވިލް ސާވެންޓުންނަށް ފްލެޓް ދޫކުރަނީ ކޮންމެ މިނިސްޓްރީއެއްގައި ވެސް މަސައްކަތް ކުރާ މުވައްޒަފަކަށް ބަލައި، ހަމަހަމައަށް ބަހާލައިގެންނެވެ. އަދި ކޮންމެ މިނިސްޓްރީއަކުން ވެސް ތިން ކެޓަގަރީއަކުން ފްލެޓް ދެ އެވެ. އެއީ އިދާރީ މަގާމުތަކުގެ ތިބި މީހުންނަށް ދޭ 300 ފްލެޓާއި ފަންނީ އަދި މެނޭޖީރިއަލް ލެވެލްގެ މުވައްޒަފުންނަށް ދޭ 300 ފްލެޓާއި ސަޕޯޓް ސާވިސް ލެވެލްގެ މުވައްޒަފުންނަށް ދޭ 400 ފްލެޓެވެ.

މިއިން ކޮންމެ ކެޓަގަރީއަކުން ވެސް ޕޮއިންޓް ލިބޭ އުސޫލު އާއްމުކޮށްފައިވާއިރު، ކޮންމެ ބަޔަކުން ވެސް އެންމެ ގިނަ ޕޮއިންޓް ލިބެނީ އެންމެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ މީހުންނަށާއި ތައުލީމީ ގޮތުން މަތީ މީހުންނަށެވެ. އެކަމަކު ސަޕޯޓް ސާވިސް ލެވެލްގެ މުވައްޒަފުންނަށް ޕޮއިންޓް ދިނުމުގައި ދަރިން ތިބޭ އަދަދަށް ބަލަ އެވެ.

ސިވިލް ސާވެންޓުންނަށް ހުޅުމާލެ އިން ފްލެޓް ދޭނެ ކަން މި މަހު ކުރީކޮޅު އިއުލާނުކޮށް، ފްލެޓް ދޭނެ އުސޫލު ވަނީ އާއްމުކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

31 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު