Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުންގެ މަގާމުތަކަށް ބަދަލު

އޭސީޕީ މަންނާނު ވެސް މަގާމުން ދުރުކޮށްފި

1 ނޮވެމްބަރު 2017 | ބުދަ 05:51

ކޮމިޝަނަރ އޮފް ޕޮލިސް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ ކޯޅުންގަނޑެއް ބޮޑުވެ، އެމައްސަލަ ދަނީ ބަލަމުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 1 ނޮވެމްބަރު 2017 | ބުދަ 05:51
އޭސީޕީ މަންނާން ފުލުހުންގެ ބައްދަލުވުމެއްގައި

އޭސީޕީ މަންނާން ފުލުހުންގެ ބައްދަލުވުމެއްގައި

މޯލްޑިވްސް ޕޮލިސް ސާވިސްގެ ކޮމިޝަނަރސް ބިއުރޯގެ ވެރިޔަކަށް ހުންނެވި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް އެ މަގާމުން ދުރުކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި މަންނާން އެމަގާމުން ދުރުކޮށްފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ.

Advertisement - newsAdvertisement

މަންނާނު މަގާމުން ދުރުކުރިއިރު، ގާތްގާތުގައި ފުލުހުންގެ އިސްވެރިންތަކެެއް މަގާމު ބަދަލުކޮށް، ދަށްކޮށް، ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. އެގޮތުން އިންޓެގްރޭޓެޑް ސާވިސަސް ކޮމާންޑްގެ ވެރިޔާ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދު، އެމަގާމުން ދުރުކޮށް ޕްރޮޖެކްޓްސް އޮފިސަރެއްގެ ގޮތުގައި އައްޑުއަށް ފޮނުވާލަން ނިންމާފައިވާއިރު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ވަނީ ވަކިކޮށްފައެވެ.

މީގެ އިތުރުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން އާދަމްގެ މައްސަލައެއް ބަލައި ޗީފް ސްޕްރިންޓެންޑެންޓެއްގެ މަގާމަށް ވަނީ ދަށްކޮށްފައެވެ. އަދި ފުލުހުންގެ ތަހުގީގުތަކުގައި އިސްކޮށް އުޅުއްވި ޗީފް އެސްޕީ މުހައްމަދު ރިޔާޒު ވަނީ ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައެވެެ.

ފުލުހުންގެ ތެރެއަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ މިދަނޑިވަޅުގައި ދާދިދަފުން ވަނީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފާއި، ޑެޕިއުޓީ ކޮމިޝަނަ އަހުމަދު ސައުދީގެ ކޯޅުން ބޮޑުވެ އެ މައްސަލަ ރައީސް އޮފީހުން ޓީމެއް ނަގައިގެން ބަލަން ފަށާފައެވެ. މިމަހުގެ 29 ވަނަ ދުވަހު ފުލުހުންގެ ހަތަރު ޑިޕާޓުމެންޓެއްގެ ބައެއް އިސް މަގާމުތަކަށް ބަދަލު ގެނެސްފައިވާ ކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފަ އެވެ. އެގޮތުން ޑެޕިއުޓިީ ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަންގެ ޑެޕިއުޓީ ހެޑްގެ މަގާމުގައި ހުންނެވި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ އަހުމަދު ވަނީ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ އޮފް ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީގެ މަގާމަށް ހަމަ ޖައްސާފައެވެ. ޑެޕިއުޓިީ ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަންގެ މަގާމަށް ސްޕްރިންޓެންޑެންޓް މުހައްމަދު ބަޝީރު ވަނީ ހަމަޖައްސާފައެވެ. މީގެއިތުރުން އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޑައިރެކްޓްރޭޓްގެ ޑެޕިއުޓީ ހެޑްގެ މަގާމަށް ޗީފް ސްޕްރިންޓެންޑެންޓް އަހުމަދު ޝުހާދު ހަމަޖައްސާފައިވާއިރު، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓުމެންޓުގެ ވެރިޔާގެ މަގާމަށް ސްޕްރިންޓެންޑެންޓް ހަސަން ހަނީފު ވަނީ ހަމަޖައްސާފަ އެވެ.

މަންނާނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފެބަރުއަރީ 07، 2012 ވަނަ ދުވަހު ފުލުހުން ހިންގި ހަމަނުޖެހުންތަކުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރިކަމަށް ބުނާ މައްސަލާގައި ރައީސް ނަޝީދާ ދެކޮޅަށް، އެ ދައުވާ ސާބިތު ކުރުމަށް ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގައި ހެކިބަސް ދެއްވި ބޭފުޅެކެވެ.

ފުލުހުންގެ އިސް މަގާމުތަކަށް ގެނައި ބަދަލުތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ފުލުހުން ވަނީ ދެކޮޅު ހަދާފައެވެ. ފުލުހުން ބުނީ އިދާރި ގޮތުން ގެންނަ ބަދަލުތަކާ ބެހޭ މައުލޫމާތު މީޑިއާ އަށް ހާމަކުރާ ގޮތަށް ހަމަޖެހިފައި ނުވާ ކަމަށެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

08 މެއި 2017

ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރުގެ އަލީ ހާލިދު މަގާމުން ވަކިކޮށްފި

08 މެއި 2017
ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރުގެ އަލީ ހާލިދު މަގާމުން ވަކިކޮށްފި
20 އެޕްރީލު 2017

މާފުށީ ކައުންސިލްގެ ރައީސް މަގާމުން އިސްތިއުފާ ދެއްވައިފި

20 އެޕްރީލު 2017
މާފުށީ ކައުންސިލްގެ ރައީސް މަގާމުން އިސްތިއުފާ ދެއްވައިފި
20 އެޕްރީލު 2017

ހައިކޯޓުގެ ރަޖިސްޓްރާ ހަސަން އަލީ މަގާމުން ވަކިކޮށްފި

20 އެޕްރީލު 2017
ހައިކޯޓުގެ ރަޖިސްޓްރާ ހަސަން އަލީ މަގާމުން ވަކިކޮށްފި
26 މާރިޗު 2017

މަޖިލީހުގައި މަޝްވަރާގެ އުސޫލެއް ނެތް، މަސީހު މަގާމުން ދުރުކުރަންޖެހޭ:ޑރ. މަޖީދު

26 މާރިޗު 2017
މަޖިލީހުގައި މަޝްވަރާގެ އުސޫލެއް ނެތް، މަސީހު މަގާމުން ދުރުކުރަންޖެހޭ:ޑރ. މަޖީދު
26 މާރިޗު 2017

މަސީހު މަގާމުން ދުރުކުރެވޭނެ، ވީހާވެސް ގިނަ ރައްޔިތުން ހޯމަ ދުވަހު މާލެ އަރަންވީ: އަލީ ނިޔާޒު

26 މާރިޗު 2017
މަސީހު މަގާމުން ދުރުކުރެވޭނެ، ވީހާވެސް ގިނަ ރައްޔިތުން ހޯމަ ދުވަހު މާލެ އަރަންވީ: އަލީ ނިޔާޒު
24 މާރިޗު 2017

ޕީޕީއެމް މެމްބަރުންގެ އޯޑިއޯއެއް:"މަސީހަށް ކޮރަޕްޝަންގެ ތުހުމަތު، މަގާމުން ދުރުކުރަން ޖެހޭ"

24 މާރިޗު 2017
ޕީޕީއެމް މެމްބަރުންގެ އޯޑިއޯއެއް:"މަސީހަށް ކޮރަޕްޝަންގެ ތުހުމަތު، މަގާމުން ދުރުކުރަން ޖެހޭ"
15 މާރިޗު 2017

ގައުމަށްޓަކައި މަސީހް މަގާމުން ވަކިކުރަންޖެހޭ:ޝިދާތާ

15 މާރިޗު 2017
ގައުމަށްޓަކައި މަސީހް މަގާމުން ވަކިކުރަންޖެހޭ:ޝިދާތާ
11 މާރިޗު 2017

މަސީހު މަގާމުން ވަކިކުރެވޭ ވަރަށް ވޯޓް ހަމަވެއްޖެ:ފާރިސް

11 މާރިޗު 2017
މަސީހު މަގާމުން ވަކިކުރެވޭ ވަރަށް ވޯޓް ހަމަވެއްޖެ:ފާރިސް
28 ފެބުރުއަރީ 2017

އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނައިދު އިސްތިއުފާ ދެއްވައިފި

28 ފެބުރުއަރީ 2017
އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނައިދު އިސްތިއުފާ ދެއްވައިފި
24 ފެބުރުއަރީ 2017

އޭސީޕީ ނަވާޒްގެ މައްޗަށް ޒައިދުލް އަމީން ކުރާ ތުހުމަތުތައް ތަހުގީގު ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

24 ފެބުރުއަރީ 2017
އޭސީޕީ ނަވާޒްގެ މައްޗަށް ޒައިދުލް އަމީން ކުރާ ތުހުމަތުތައް ތަހުގީގު ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް