Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭޓީޕީ ވޯލްޑް ޓުއާ

ނަދާލް މިއަހަރު ނިންމާލާނީ ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާގެ ގޮތުގައި

31 އޮކްޓޯބަރު 2017 | އަންގާރަ 06:20

ނަދާލްއަށް އެއްވަނަ ކަށަވަރު ވެގެން ދިޔައީ ފެޑެރާ ޕެރިސް މާސްޓާސްގައި ނުކުޅެން ނިންމުމުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 31 އޮކްޓޯބަރު 2017 | އަންގާރަ 06:20
ނަދާލް އަދި ފެޑެރާ - ފެޑެރާ ޕެރިސް މާސްޓާސްއިން ވަކިވުމާ ގުޅިގެން ނަދާލްއަަށް ވަނީ މި އަހަރު ދުނިޔޭގެ ރޭންކިންގެ އެއްވަނަ ކަށަވަރު ވެފައި

ނަދާލް އަދި ފެޑެރާ - ފެޑެރާ ޕެރިސް މާސްޓާސްއިން ވަކިވުމާ ގުޅިގެން ނަދާލްއަަށް ވަނީ މި އަހަރު ދުނިޔޭގެ ރޭންކިންގެ އެއްވަނަ ކަށަވަރު ވެފައި

ސްޕެއިންގެ ރަފައޭލް ނަދާލް މިއަހަރު ނިންމާލާނީ ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ކަން ކަށަވަރު ވެއްޖެއެވެ.

ނަދާލްއަށް ދުނިޔޭގެ ރޭންކިންގެ އެއްވަނަ ކަށަވަރު ވެގެން ދިޔައީ ދެ ވަނައިގައި ރޭންކް ކުރެވިފައި އޮތް ސުވިޓްޒަލޭންޑުގެ ރޯޖާ ފެޑެރާ އަންނަ ހަފްތާގައި ފްރާންސްގެ ޕެރިހުގައި ފަށާ ޕެރިސް މާސްޓާސްގައި ނުކުޅެން ނިންމުމާ ވިދިގެންނެވެ. މިދިޔަ އާދިއްތަ ދުވަހު ފެޑެރާ ވަނީ އަށް ވަނަ ފަހަރަށް ސުވިޒް އިންޑޯ ބަސެލް މުބާރާތް ކާމިޔާބުކޮށް ނަދާލްއާ ދެމެދުވާ ޕޮއިންޓްގެ ފަރަގު ކުޑަކޮށްފައެވެ. އެގޮތުން ނަދާލްއާ ފެޑެރާއާ ދެމެދު އޮތް ޕޮއިންޓްގެ ފަރަގަކީ މިވަގުތު 1460 ޕޮއިންޓްއެވެ.

އަންނަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު ފަށާ އޭޓީޕީ ވޯލްޑް ޓުއާ ފައިނަލްސް މުބާރާތް ކާމިޔާބު ކޮށްގެން ފެޑެރާއަށް 1500 ޕޮއިންޓް ހޯދެން އޮތް ނަމަވެސް ނަދާލް ވެސް އެ މުބާރާތުގައި ވާދަކުރާތީ ފެޑެރާ އެއްވަނަ މާގާމް ހޯދަން ބޭނުންވި ނަމަ ޕެރިސް މާސްޓާސް ކާމިޔާބު ކުރަން ޖެހޭނެއެވެ. ގިނަ ބަޔަކު ދެކެމުން އައި ގޮތުގައި އޭޓީޕީ ޓެނިސް ރޭންކިންގެ އެއްވަނައިގައި އޮވެގެން މިއަހަރު ނިންމާލާނެ ކުޅުންތެރިޔާ އެނގިގެން ދާނީ ސީޒަނުގެ އެންމެ ފަހު މުބާރާތް ކަމަށްވާ، އޭޓީޕީ ވޯލްޑް ޓުއާ ފައިނަލްސްއަށް ފަހުއެވެ.

މިދިޔަ ސީޒަނުގައި ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާގެ ގޮތުގައި އޮވެގެން ނިންމާލި އެންޑީ މަރޭ އެ މަގާމު ކަށަވަރު ކުރީ މިދިޔަ ސީޒަނުގެ އޭޓީޕީ ވޯލްޑް ޓުއާ ފައިނަލްސްގެ ފަހު މެޗުގައި ސާބިއާގެ ނޮވަކް ޖޮކޮވިޗް ބަލިކޮށްގެންނެވެ.

އެހެނަސް ފެޑެރާ ބުނެފައިވަނީ ޕެރިސް މާސްޓާސްގައި އޭނާ ވާދަ ނުކުރަން ނިންމީ އޭޓީޕީ ވޯލްޑް ޓުއާ ފައިނަލްސް އާއި 2018 ވަނަ އަހަރުގެ ސީޒަނަށް ފިޓުކޮށް ހުރުމުގެ ގޮތުން ކަމަށެވެ. އަދި ސްވިޒް އިންޑޯ ބަސެލް މުބާރާތުގައި ހަ ދުވަހުގެ ތެރޭގައި ފަސް މެޗު ކުޅެން ޖެހުމުން ހަށިގަނޑަށް ވަރަށް ބޮޑަށް ވަރުބަލިކަން އިހުސާސު ކުރެވިފައިވާ ކަމަށާއި ރޭންކިންއާ މެދު ވިސްނި ނަމަވެސް މާ ބޮޑަށް ފަހަތުގައި އޮތުމުގެ ސަބަބުން ކުރެވޭނެ ކަމެއް އޭރު ނެތް ކަމަށް ފެޑެރާ ބުނެފައިވެއެވެ.

ފެޑެރާގެ ކެރިއަރުގައި މިހާތަނަށް ފަސް އަހަރެއްގެ މަތިން އޭނާ ވަނީ ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮވެގެން އަހަރު ނިންމާލާފައެވެ. ފެޑެރާއަށް ވުރެ ގިނައިން އެއްވަނައިގައި ރޭންކް ކުރެވިގެން އަހަރު ނިންމާފައިވާ ހަމައެކަނި ކުޅުންތެރިޔަކީ އެމެރިކާގެ ޕީޓް ސަމްޕްރާސްއެވެ. އޭނާ ވަނީ ހަ ފަހަރެއްގެ މަތިން ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮވެގެން އަހަރު ނިންމާލާފައެވެ.

ފެޑެރާ ދެ ވަނައިގައި އޮވެގެން އަހަރު ނިންމާލި ނަމަވެސް އޭނާއަކީ ދުނިޔޭގެ އެންމެ ކާމިޔާބު ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ކުޅުންތެރިޔެކެވެ. އެގޮތުން އޭނާ ވަނީ 19 ގްރޭންޑްސްލޭމް މުބާރާތް ކާމިޔާބުކޮށް އަދި މުޅި ޖުމްލަ 95 މުބާރާތް ކާމިޔާބުކޮށް އޭޓީޕީ ރޭންކިންގެ އެއްވަނަ 302 ހަފްތާ ވަންދެން ހިފަހައްޓާފައެވެ.

ނަދާލް ޕެރިސް މާސްޓާސްގައި ވާދަކުރާއިރު އޭނާގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ސައުތް ކޮރެއާގެ ހިޔޮން ޗޮންގްއާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ

22 ފެބުރުއަރީ 2017
ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ
12 ފެބުރުއަރީ 2017

މިއަހަރުގެ ކިޑްސް ފިއެސްޓާގައި 17 ސްކޫލް ބައިވެރިވެއްޖެ

12 ފެބުރުއަރީ 2017
މިއަހަރުގެ ކިޑްސް ފިއެސްޓާގައި 17 ސްކޫލް ބައިވެރިވެއްޖެ
04 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް ބަލިކޮށް އެއްވަނައިގައި ޗެލްސީ އަށް 13 ޕޮއިންޓްގެ ލީޑެއް

04 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް ބަލިކޮށް އެއްވަނައިގައި ޗެލްސީ އަށް 13 ޕޮއިންޓްގެ ލީޑެއް
31 ޖެނުއަރީ 2017

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ
26 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

26 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން
24 ޖެނުއަރީ 2017

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
07 ޖެނުއަރީ 2017

ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

07 ޖެނުއަރީ 2017
ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް