Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޔާމީންގެ ވާހަކަފުޅު

ދީނީ އިލްމުވެރިން ކޮށްފައި ނުކުރާނެ ކަމެއް ނޯންނާނެ: ރައީސް ޔާމީން

ކެމްޕޭން ދުވަސްވަރު ދީން ނެގެހެއްޓުމަށް ނަޝިދަށް ވޯޓް ދިނުމަށް ގޮވަމުން ދިޔަ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2017 | ހޯމަ 20:03
ފިޔާތޮށި ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިޔާތުގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ

ފިޔާތޮށި ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިޔާތުގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ

ބައެއް ދީނީ އިލްމްވެރިން ކޮށްފައި ނުކުރާނެ ކަމެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ޕީޕީއެމްގެ "ފިޔާތޮށީ" ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު އިސްލާމްދީނާއި އިސްލާމީ އަގީދާ ރައީސް މައުމޫނަކަށް ހިމާޔަތެއް ނުކުރެވޭނެ ކަމަށް ބައެއް ދީނީ އިލްމުވެރިން ވަހަކަ ދެއްކެވި ކަމަށެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ބައެއް ދީނީ އިލްމުވެރިން، ދީން ހަތިޔާރަކަށް ހަދައިގެން ސިޔާސީ ބޭނުމުގައި ވާހަކަ ދެއްކެވިކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ ބައެއް ދީނީ އިލްމްވެރިން ކޮށްފައި ނުކުރާނެ ކަމެއް ނޯންނާނެކަމަެވެ.

Advertisement - newsAdvertisement
"ރައީސް މައުމޫންގެ ފަހު ޓާމްގެ ފަހު ދުވަސްވަރު އައިރު، މުޅި ރާއްޖެ ގޮވަމުން އައި ދެ ގޮވުމެއް އެބައޮތް، ވަރަށް އިލްމުވެރި ބޭފުޅުން އެބޭފުޅުންގެ ނިދި ނަގާލާފައި ކުރައްވަމުން ގެންދިޔަ ދުޢާ އަކީ، ވާރެއާއި އަވީގައި ކުރައްވަމުން ގެންދިޔަ ދުޢާ އަކީ، އިސްލާމް ދީން ހިމާޔަތް ކުރުމަށްޓަކައި، އިސްލާމީ އަގީދާ ދިވެހިރާއްޖޭގައި ދެމެހެއްޓުމަށްޓަކައި، މުހައްމަދު ނަޝީދު ރައީސްކަމަށް އިންތިޙާބް ކޮށްދެއްވާށޭ، ވަރަށް އަސަރުގަދަ ތަގްރީރްތަށް ކުރެއްވި ޝެއިހުން އޭރު ރާއްޖޭގައި މަދެއް ނޫން، އޭރުވެސް ރައީސް ނަޝީދަކީ ކޮންކަހަލަ ފިކުރެއްގައި ކިހާވަރަކަށް ދީނީ ކަންކަމުގައި ސަމާލުކަން ދެއްވާ ބޭފުޅެއްކަން ނޭގޭ މީހުން މަދެއް ނުވާނެ" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި 2008ގެ ކެމްޕެއިން ދުވަސްވަރު، ދިނީ އިލްމުވެރިން ގޮވަމުން ދިޔައީ އިސްލާމް ދީން ހިމާޔަތްކޮށް، އިސްލާމް ދީން ނެގެހެއްޓުމަށް ނަޝީދަށް ވޯޓުދިނުމަށެވެ. ރައީސް ނަޝީދަކީ ދީނީ ކަންކަމަކަށް ކިހާވަރަކަށް ސަމާލުކަންދޭ ބޭފުޅެއްކަން އެނގިވަޑައިގެން ތިބެ އެވާހަކަތަށް ދެއްކެވި ދީނީ އިލްމުވެރިން ދުނިޔޭގެ އިލްމު ދަސްކުރަންޖެހޭ ކަމަށް އެމަނިކުފާން ވިދާޅުވިއެވެ.

ފިޔާތޮށި ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިޔާތުގެ ތެރެއިން

"އިލްމުވެރިންގެ ތެރެއިން އެކަން އެނގިވަޑައިނުގެން ވާހަކަ ދެއްކެވި ބޭފުޅުން ޖެހޭނެ ކަންނޭނގެ، ދުނިޔޭގެ އިލްމު ދަސްކުރަން ފިލާވަޅެއް ނަގަން، އެހެންވީމަ އޭރު އެންމެ ވަރުގަދަ އަށް، ގޮވަމުން ދިޔަ ގޮވެއްޔަކީ، އަޅުގަނޑުމެން މި ކުޑަ ދިވެހި ރާއްޖެއަކީ އިސްލާމް ދީނަން ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ގައުމަކަށްވަތީ، އެމީހުންގެ ހިތުގެ އެންމެ ހިމަ ނާރުތަކާއި މި ކުޅެލީ، އެހެންވީމަ މި ދެންނެވި ކަހަލަ ޝެއިޚުން ވެސް ކޮށްފައި ނުކުރާނެ ކަމެއް ނޯންނާނެ" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ނަޝީދު އާއި އެކު އޭރު އުޅުއްވި ދީނީ އިލްމުވެރިންނަން ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ބައެއް ދީނީ އިލްމުވެރިން އޭރު ބުނަމުން ދިޔައީ، ރައީސް މައުމޫން އިސްލާމްދީން ހިމާޔަތް ކުރުމަށް ކުރި މަސަކަތުގައި " ބާގަނޑުތަށް އަޅާއިފި" ކަމަށެވެ.

"ނަޝީދަކީ ކޮން ކަހަލަ ބޭފުޅެއްކަން، ކޮން ކަހަލަ ސިފަތަކެއް އެކުލެވިފައިވާ ޝަހްސިއްޔަތެއްކަން އެނގި ތިބެގެން އިލްމުވެރިން ގޮވަމުން ދިޔައީ ރައީސް މައުމޫން އިސްލާމް ދީން ހިމާޔަތް ކުރެއްވުމަށް ކުރެއްވި މަސައްކަތުގައި ބާގަނޑުތައް އަޅައިފިއޭ، ލޯވަޅުތައް އަޅައިފިއޭ، ބާގަނޑުތަކަށްވެއްޖެއޭ. އެހެންވީމަ ރައީސް މައުމޫނަކަށް އިސްލާމް ދީނާއި އިސްލާމީ އަގީދާ މިހާރު ހިމާޔަތެއް ނުކުރެވޭނެއޭ،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ ރައީސް ނަޝީދު ވެރިކަމުގައި ނަސޯރާ ދީނުގެ ބަޔަކު ރާއްޖެ ގެނައި ކަމަށެވެ. އަދި އޭރު ރައީސް ނަޝީދު ރާއްޖެ ގެނައީ މައުމޫން ވެރިކަމުގައި ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓުކޮށްފައި ތިބި ނަސޯރާ ދީނުގެ ބައެއް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު