Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑަބްލިޔުސީސީ

އަންހެން ވިޔަފާރިވެރިންގެ ޖަމިއްޔާ، "އެމްޑަބްލިޔުސީސީ" އިފްތިތާހް ކޮށްފި

27 އޮކްޓޯބަރު 2017 | ހުކުރު 04:10

މި ޖަމިއްޔާގެ މަގުސަަދަކީ އަންހެނުން ވިޔަފާރީގެ ދާއިރާއިން ކުރިއަށް ދިއުމަށް އެހީތެރިވެދިނުން

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 27 އޮކްޓޯބަރު 2017 | ހުކުރު 04:10
އެމްޑަބްލިއުސީސީގެ އިސްވެރިން، އެ ޖަމިއްޔާ އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިޔާތުގައި

އެމްޑަބްލިއުސީސީގެ އިސްވެރިން، އެ ޖަމިއްޔާ އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިޔާތުގައި

ވިޔަފާރީގެ ރޮނގުން އަންހެނުން ކުރިއެރުވުމުގެ މަގުސަދުގައި "މޯލްޑިވްސް ވޮމެންސް ޗެމްބަރ އޮފް ކޮމާސް( އެމްޑަބްލިޔުސީސީ)"ގެ ނަމުގައި އަންހެނުންގެ ވިޔަފާރިވެރިންގެ ޖަމިއްޔާއެއް އުފައްދައި، އިފްތިތާހްކޮށްފި އެވެ.

މި ޖަމިއްޔާ އިފްތިތާހް ކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ޗަމްޕާ ހޮޓެލްގައި ބޭއްވި ހަފްލާގައި އެ ޖަމިއްޔާގެ ރައީސް ޝީޒާ އިމާދު ވިދާޅުވީ އެ މަޖަމިއްޔާގެ އެންމެ ބޮޑު މަގުސަދަކީ އަންހެނުން ވިޔަފާރީގެ ދާއިރާއިން ބާރުވެރިކޮށް ވިޔަފާރީގެ ރޮނގުން ކުރިއަށް ދިއުމަށް އެހީތެރިވެދިނުން ކަމަށެވެ. ވިޔަފާރީގެ ރޮނގުން ކުރިއަށްދާން ބޭނުންވާ މީހުންނަށް އެކަމުގައި ކުރިއަށް ދެވޭނެ ގޮތުގެ ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް ޝިޒާ ފާހަގަ ކުރެއްވި އެވެ.

Advertisement - newsAdvertisement

"ރާއްޖޭގައި ވިޔަފާރި ކުރުމަށް ޝައުގުވެރިވާ އަންހެނުން އެބަ ތިބި، ބޭނުންވަނީ މި ދައިރާއިން ކުރިއަށްދިއުމުގައި އެހީވެ ދިނުން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަންހެނުން ވިޔަފާރީގެ ދާއިރާގައި ކުރިއަށް ދިއުމަށް ރާއްޖޭގައިވެސް ގޮންޖެހުންތަކެއް އެެބަ ހުއްޓެވެ. އަދި ވިދާޅުވީ މި ޖަމިއްޔާގެ ފައުންޑަރުންގެ ގޮތުގައި ތިއްބެވީ ވަރަށް ކުޅަދާނަ އަދި ތަޖުރިބާ ހުރި އަންހެން ކަނބަލުންކަން ޝިޒާ ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން މި ޖަމިއްޔާގައި ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ އަދި އެހެނިހެން ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް މެމްބަރުންނަށް ވެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހަފްލާގައި ޝަރަފްވެރި މެހްމާނެއްގެ ގޮތުގައި ބައިވެރިވެރިވެވަޑައިގެންވި ހައްގުން މަސައްކަތް ކުރައްވާ، އަދި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަދި ކުރީގެ މިނިސްޓަރު އަނީސާ އަހުމަދު ވިދާޅުވީ އަންހެނުން ކުރިއަށް ހުރަސްތަކެއް އެބަ ހުރި ކަމަށެވެ. އެއީ ހަމަ އެކަނި މި ގައުމުގައި އެކަނި ނޫން ކަމަށާއި އެހެނިހެން ހުރިހާ ތަނެއްގައިވެސް ހުރި ގޮންޖެހުމެއް ކަން އަނީސާ ވަނީ ފާހަގަ ކުރައްވާފަ އެވެ. އޭގެ އިތުރުން ސިޔާސީ މައިދާނުގައި އަންހެނުނަށް ހުރި އެއް ގޮންޖެހުމަކީ މާލީ ތަނަވަސްކަން ނެތުންކަން އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ. އެހެން ކަމުން އަންހެނުންނަކީ ވިޔަފާރީގެ ރޮނގުންވެސް ކުރިއަށްދާން ޖެހޭ އަދި ކުރިއަށް ދެވިދާނެ ބައެއްކަމަށް ވެސް އަނީސާ ވިދާޅުވި އެވެ.

މިދިޔަ އަހަރު ރަޖިސްޓްރީ ކުރި މި ޖަމިއްޔާގެ ރައީސްކަން ޝީޒާ ކުރައްވާއިރު ނައިބު ރައީސާއަކީ ކުރީގެ ހެލްތް މިނިސްޓަރ ޑރ.މަރިޔަމް ޝަކީލާ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

05 މެއި 2017

އައްޑޫގައި އަންހެން ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެ

05 މެއި 2017
އައްޑޫގައި އަންހެން ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެ
13 އެޕްރީލު 2017

ކަނޑަށް އެރެންދިޔަ ކުޑަ އަންހެން ކުއްޖަކު ސަލާމަތްކޮށްފި

13 އެޕްރީލު 2017
ކަނޑަށް އެރެންދިޔަ ކުޑަ އަންހެން ކުއްޖަކު ސަލާމަތްކޮށްފި
26 މާރިޗު 2017

މަސީޙުގެ ވޯޓު އޮބްޒަރވް ކުރުމަށް ނޫސްވެރިންނާއި ޖަމިއްޔާތައް ދިއުމަށް އިބޫ ގޮވާލައްވައިފި

26 މާރިޗު 2017
މަސީޙުގެ ވޯޓު އޮބްޒަރވް ކުރުމަށް ނޫސްވެރިންނާއި ޖަމިއްޔާތައް ދިއުމަށް އިބޫ ގޮވާލައްވައިފި
19 މާރިޗު 2017

އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިފައިވާ އަންހެން މީހާގެ ހާލު އަދިވެސް ސީރިއަސް: އައިޖީއެމްއެޗް

19 މާރިޗު 2017
އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިފައިވާ އަންހެން މީހާގެ ހާލު އަދިވެސް ސީރިއަސް: އައިޖީއެމްއެޗް
15 މާރިޗު 2017

ހާލު ބޮޑުވި އަންހެންމީހާގެ ދަރިފުޅު ފަސް މަހުގައި ނަގާއިފި

15 މާރިޗު 2017
ހާލު ބޮޑުވި އަންހެންމީހާގެ ދަރިފުޅު ފަސް މަހުގައި ނަގާއިފި
08 މާރިޗު 2017

ރާއްޖެޓީވީ ހިނގަމުންދަނީ އަންހެން ކަނބަލުންގެ ހިތްވަރުން: އެމްޑީ ސަލީމް

08 މާރިޗު 2017
ރާއްޖެޓީވީ ހިނގަމުންދަނީ އަންހެން ކަނބަލުންގެ ހިތްވަރުން: އެމްޑީ ސަލީމް
08 މާރިޗު 2017

ވެރިކަން ބަދަލުކޮށް އަންހެންވެރިންނަން އަނިޔާކުރި ފުލުހުންނާއި ސިފައިން ލަދުގަންނަންޖެހޭ: ޝިފާ

08 މާރިޗު 2017
ވެރިކަން ބަދަލުކޮށް އަންހެންވެރިންނަން އަނިޔާކުރި ފުލުހުންނާއި ސިފައިން ލަދުގަންނަންޖެހޭ: ޝިފާ
26 ފެބުރުއަރީ 2017

ބަރަހަނާ ފޮޓޯތަކެއް ލީކުވެ އަންހެން ފުލުހަކު ވަޒީފާއިން ވަކިކޮށްފި

26 ފެބުރުއަރީ 2017
ބަރަހަނާ ފޮޓޯތަކެއް ލީކުވެ އަންހެން ފުލުހަކު ވަޒީފާއިން ވަކިކޮށްފި
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް