Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު17 އަހަރުން ދަށުގެ ވޯލްޑްކަޕް

17 އަހަރުން ދަށުގެ ވޯލްޑް ކަޕް: ސްޕެއިން އާއި އިންގްލޭންޑް ފައިނަލަށް

26 އޮކްޓޯބަރު 2017 | ބުރާސްފަތި 12:35

އިންގްލޭންޑުން ވަނީ ބްރެޒިލް 3-1 ގެ ނަތީޖާއަކުން ބަލިކޮށްފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 26 އޮކްޓޯބަރު 2017 | ބުރާސްފަތި 12:35
އިންގްލޭންޑުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ: މިއީ 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ފައިނަލުގައި އިންގްލޭންޑުން ވާދަކުރާ ފުރަތަމަ ފަހަރު

އިންގްލޭންޑުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ: މިއީ 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ފައިނަލުގައި އިންގްލޭންޑުން ވާދަކުރާ ފުރަތަމަ ފަހަރު

އަވަށްޓެރި އިންޑިއާގައި މިހާރު ކުރިޔަށްދާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުގެ ފައިނަލުން އިންގްލޭންޑާއި ސްޕެއިން ޖާގަ ހޯދައިފިއެވެ.

އިންގްލޭންޑުން ފުރަތަމަ ފަހަރަށް 17 އަހަރުން ދަށުގެ ވޯލްޑް ކަޕުގެ ފައިނަލުން ޖާގަ ހޯދީ މި މުބާރާތް ތިން ފަހަރު ކާމިޔާބު ކޮށްފައިވާ ބްރެޒިލް 3-1 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު 10 ވަނަ މިނެޓުގައި އިންގްލޭންޑަށް ކާމިޔާބު ކޮށްދިނީ ރަޔާން ބްރޫސްޓާއެވެ. މެޗުގެ 21 ވަނަ މިނެޓުގައި ބްރެޒިލްއަށް ނަތީޖާ ހަމަހަމަކޮށްދިނީ ވެސްލީ ޑޭވިޑްއެވެ. އެހެނަސް ބްރޫސްޓާ ވަނީ 39 ވަނަ މިނެޓުގައި ލަނޑެއް ޖަހާ އިންގްލޭންޑަށް އަލުން އަނބުރާ ލީޑު ނަގައިދީފައެވެ.

ފުރަތަމަ ހާފު 2-1 އިން ބްރެޒިލްގެ މައްޗަށް އިންގްލޭންޑް ކުރީގައި އޮވެގެން ނިމިގެން ދިޔައިރު މެޗުގެ 77 ވަނަ މިނެޓުގައި ބްރޫސްޓާ ވަނީ ލަނޑެއްޖަހާ އޭނާގެ ހެޓްރިކް ފުރިހަމަކޮށް އިންގްލޭންޑަށް ފައިނަލުގެ ޖާގައެއް ކަށަވަރު ކޮށްދީފައެވެ.

ޔޫރަޕުގެ ޗެމްޕިއަނުންގެ ގޮތުގައި މި މުބާރާތާ ކުރިމަތިލި ސްޕެއިން އިން ވަނީ މިދިޔަ އަހަރު މި މުބާރާތުގެ ފައިނަލުން ބަލިވި މާލީ 3-1 އަކުން ބަލިކޮށް ފައިނަލުގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު 19 ވަނަ މިނެޓުގައި ސްޕެއިންއަށް ކާމިޔާބު ކޮށްދިނީ އަބެލް ރުއިޒްއެވެ. މި ލަނޑަކީ ސްޕެއިންއަށް ލިބުނު ޕެނަލްޓީއަކުން އޭނާ ކާމިޔާބު ކޮށްދިން ލަނޑެކެވެ. ސްޕެއިންގެ ދެވަނަ ލަނޑު ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ވެސް ކާމިޔާބު ކޮށްދިނީ ރުއިޒްއެވެ. ސްޕެއިންގެ ތިން ވަނަ ލަނޑު 71 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ފެރާން ޓޮރޭސްއެވެ. މާލީގެ ހަމައެކަނި ލަނޑު 74 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ލަސާނާ އެންޑިޔާއެވެ.

މި މުބާރާތުގައި 24 ގައުމީ ޓީމަކުން ވާދަކުރިއިރު ޓީމުތައް ހަ ގްރޫޕަކަށް ބަހާލެވުނެވެ. ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނައިން ޕޮއިންޓް ހޯދި ދެ ޓީމު ނޮކްއައުޓް ރައުންޑަށް ކޮލިފައިވި އިރު މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.

މި މުބާރާތަކީ އިންޑިއާގައި ފިފާގެ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ. އިންޑިއާގެ ހަ ސިޓީއެއްގައި ކުރިޔަށްދާ މި މުބާރާތް ހުޅުއްވައި ދެއްވީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯޑީއެވެ. ފައިނަލް މެޗު ކުޅޭނީ ކޮލްކަތާގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

06 ފެބުރުއަރީ 2017
އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި
03 ފެބުރުއަރީ 2017

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް