Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަޕްލިމެންޓްރީ ބަޖެޓް

ސަރުކާރުން ހުށަހެޅި ބަޖެޓަށް "ބަހުސްކޮށްލާނެ" މެމްބަރެއް މިއަދުގެ ޖަލްސާގައި ނެތް!

26 އޮކްޓޯބަރު 2017 | ބުރާސްފަތި 07:24

އިދިކޮޅު މެމްބަރުން ވަނީ އިއްޔެ ޖަލްސާއާއި މިއަދުގެ ޖަލްސާވެސް ބޮއިކޮޓް ކޮށްފަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 26 އޮކްޓޯބަރު 2017 | ބުރާސްފަތި 07:24
ފިނޭންސް މިނިސްޓަރު މުނައްވަރު މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަނީ

ފިނޭންސް މިނިސްޓަރު މުނައްވަރު މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަނީ

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓަށް އެއްވެސް ވެސް މެމްބަރަކު ބަހުސް ކުރުމަށް އެދިނުލެއްވުމުން ބަޖެޓަށް ބަހުސްކުރުމުގެ މަރުހަލާ ނިންމާލައިފި އެވެ.

ބަޖެޓް ދިރާސާ ކުރާ ބަޖެޓް ކޮމެޓީން ސަޕްލިމެންޓްރީ ބަޖެޓް ދިރާސާކޮށް ނިންމާ، ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ބަޖެޓް ކޮމެޓީން ފާސްކޮށްފައިވަނީ ބުދަ ދުވަހު އެކޮމެޓީން ބޭއްވި ބައްދަލުވުމުގަ އެވެ. އަދި ކޮމެޓީގެ އެ ރިޕޯޓް، ބުރާސްފަތި ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރުމުން ބަޖެޓް ކޮމެޓީގެ މުގައްރިރު ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިންމަނިކު ވަނީ ކޮމެޓީގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވާ ދެއްވާފަ އެވެ.

Advertisement - newsAdvertisement

ސަޕްލިމެންޓްރީ ބަޖެޓް ރިޕޯޓަށް ބަހުސް ކުރުމަށް ބުރާސްފަތި ދުވަހުގެ ޖަލްސާގައި ބަހުސް ކުރުމަށް ދެއްވާފައިވަނީ ކޮންމެ މެމްބަރަކަށް ވެސް ތިން މިނެޓްގެ ފުރުސަތެކެވެ. ނަމަވެސް އެއްވެސް މެމްބަރަކު ބަޖެޓަށް ބަހުސް ކުރެއްވުމަށް ފުރުސަތަކަށް އެދިވަޑައިގަންނަވާފައި ނުވުމުން، މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވަނީ ސަޕްލިމެންޓަރީ ބަޖެޓަށް ބަހުސްކުރުމުގެ މަރުހަލާ ނިމުނު ކަމަށް އިއުލާން ކުރައްވާފަ އެވެ.

ބުރާސްފަތި ދުވަހުގެ ޖަލްސާ ފަށާފައިވަނީ 28 މެމްބަރުންނާއެކުގަ އެވެ. ނަމަވެސް ސަރުކާރަށް ނިސްބަތްވާ އެ 28 މެމްބަރުންގެ ތެރެއިން އެއްވެސް މެމްބަރަކު ބަޖެޓަށް ބަހުސް ކުރައްވަން ބޭނުންފުޅު ނުވިއެވެ. އަދި ބުދަ ދުވަހު ބޭއްވި ޖަލްސާގައި ބަޖެޓްގެ އިބްތިދާއީ ބަހުސް މަރުހަލާގައިވެސް ބަޖެޓަށް ބަހުސް ކުރަށްވާފައި ވަނީ ވެސް އެންމެ 14 މެމްބަރުންނެވެ.

ބުދަ ދުވަހުގެ ޖަލްސާއެކޭ އެއްގޮތަށް ބުރާސަފަތި ދުވަހުގެ ޖަލްސާވެސް އިދިކޮޅު މެމްބަރުން ވަނީ ބޮއިކޮޓް ކޮށްފަ އެވެ.

ބަޖެޓް ކޮމެޓީން ބަޖެޓް ދިރާސާ ކުރިއިރު، ސަޕްލިމެންޓަރީ ބަޖެޓާއި ގުޅިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރާއި އޮޑިޓަރ ޖެނަރަލްގެ ލަފާފުޅެއް ލިޔުމުން ހޯއްދަވާފައިވާ ކަމަށާއި އަދި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ކޮމެޓީއަށް ހާޒިރުކޮށް ބަޖެޓާއި އަދި ރާއްޖޭގެ އިގްތިޞާދާ ގުޅޭގޮތުން ކަންކަން އޮޅުންފިލުވުމަށް މެމްބަރުންނަށް ފުރުސަތު ދެއްވާފައިވާ ކަމަށް ބަޖެޓް ކޮމެޓީގެ މުގައްރިރު ނިހާނު ވިދާޅުވި އެވެ.

ބުދަ ދުވަހުގެ ބަޖެޓް ކޮމެޓީ ބައްދަލުވުމަށް ފިނޭންސް މިނިސްޓަރު ވަޑައިގެން ވިދާޅުވެފައިވަނީ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ދަށުން ސަރުކާރުން ހިންގަންރާވާފައިވާ މަޝްރޫއުއިން 500 މިލިއަން ޑޮލަރު ނުލިބިފައި ތާށިވެފައިވާ ކަމަށެވެ. ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ސިޔާސީ ހަމަނުޖެހުންތައް ބޮޑުކަމުން އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ޖެހިލުންވުން ކަމަށެވެ.

ދައުލަތުގެ ބަޖެޓަށް ވުރެ އިތުރަށް ޚަރަދުވާނެ ކަމަށް ލަފާކުރެވޭތީ، 2017 ވަނަ އަހަރުގެ ބަޖެޓަށް ޚަރަދު އިތުރުކޮށް، 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވަނީ ހުށަހަޅުއްވައިދެއްވާފަ އެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް