Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަޕްލިމެންޓްރީ ބަޖެޓް

ސަރުކާރުން ހުށަހެޅި ބަޖެޓަށް "ބަހުސްކޮށްލީ" އެންމެ 14 މެމްބަރުން!

25 އޮކްޓޯބަރު 2017 | ބުދަ 10:38

މަޖިލީހުގެ މެޖޯރިޓީ މެމްބަރުން ބުނަމުންދަނީ މަސީހަކީ މަޖިލީހުގެ ރައީސް ނޫން ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 25 އޮކްޓޯބަރު 2017 | ބުދަ 10:38
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަޙުމަދު ނިހާނު ޙުސައިން މަނިކު

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަޙުމަދު ނިހާނު ޙުސައިން މަނިކު

މިއަހަރަށް ކަނޑައެޅި ބަޖެޓަށް ވުރެ ދައުލަތުގެ ޚަރަދު އިތުރުވެފައިވާތީ، އިތުރަށް ފައިސާ ބޭނުންވާތީ، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓަށް ބަހުސް ކުރެއްވީ މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން އެންމެ 14 މެމްބަރުންނެވެ.

އެބަޖެޓަށް ބަހުސް ކުރުމަށް ބުދަ ދުވަހު ބޭއްވި ޖަލްސާގެ ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދެވެ. މަސީހަކީ މަޖިލީހުގެ ރައީސް ނޫންކަމަށާއި ޖަލްސާގެ ރިޔާސަތުގައި މަސީހު އިންނަވައިގެން ބާއްވާ ޖަލްސާތަކުގައި ބައިވެރި ނުވާނެކަމަށް މަޖިލީހުގެ މެޖޯރިޓީ މެމްބަރުން ބުނެފައިވަނިކޮށް، ސަރުކާރުން މިވަނީ މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅާފައެވެ.

Advertisement - newsAdvertisement

އެބަޖެޓުގައި ބުނެފައިވާގޮތުން އެބަޖެޓްގެ 493 މިލިއަން ރުފިޔާގެ ތެރެއިން 330 މިލިއަން ރުފިޔާ ޚަރަދު ކުރުމަށް ކަނޑައަޅާފައި ވަނީ އެންސްޕާ އާއި އާސަންދައަށެވެ. އާސަންދަ ބަޖެޓް މިއަހަރު ދެބައިވިއިރު ހުސްވުމާއި ގުޅިގެން ރައްޔިތުންގެ ސިއްހީ ފަރުވާ ދެވޭނެ ގޮތެއް ހަމަޖެއްސުމަށް އިދިކޮޅު މެމްބަރުންވެސް ދެކޮޅު ހެއްދެވުމެއްނެތި އެބަޖެޓަށް ބަހުސް ކުރަމުންދިޔައިރު އިދިކޮޅު މެމްބަރުން މަޖިލީހުގެ ޗެމްބަރަށް ވަޑައިގެން އިހުތިޖާޖު ކޮށްފައެއް ނުވެއެވެ. ނަމަވެސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅިފަހުން މަޖިލީހުން ބޭއްވި ޖަލްސާތަކުގައި އިދިކޮޅު މެމްބަރުން ވަނީ މަޖިލީހުގެ އިދާރާއާއި ޗެމްބަރުގެ ތެރޭގައި އިހުތިޖާޖު ކޮށްފައެވެ.

ސަޕްލިމެންޓްރީ ބަޖެޓަށް ސަރުކާރަށް ނިސްބަތްވާ 14 މެމްބަރުން ބަހުސްކުރެއްވިއިރު، "އޮއްޓަރުހުރި" ވާހަކައެއް ދެއްކިވި މެމްބަރެއް ނެތެވެ. މުޅި ޖަލްސާގައި އޮތީ އިދިކޮޅު މެމްބަރުންނާއި އިދިކޮޅު ސިޔާސީ ޕާޓީތަކާއި އެޕާޓިތަކުގެ ލީޑަރުން ފާޑު ވިދާޅުވުމެވެ. މީގެއިތުރުން ބަޖެޓަށް ބަހުސް ކުރެއްވި އެއްވެސް މެމްބަރަކު ރައީސް ޔާމީންއަށް ޝުކުރު ދަންނަވާ އަދި ސަނާ ކިޔުމަށްފަހު ނޫނީ އިށީނދެ ވަޑައިގަންނަވާފައެއް ނުވެއެވެ.

ސަޕްލިމެންޓްރީ ބަޖެޓަށް ބަހުސް ކުރެއްވި ސަރުކާރަށް ނިސްބަތްވާ މެމްބަރުން އިދިކޮޅު މެމްބަރުން ޖަލްސާތަކުގައި އިހުތިޖާޖުކޮށް، އަދި ބަޖެޓް ބަހުސްގައި ބައިވެރި ނުވުމުން ފާޑުވިދާޅުވިއިރު، ސަރުކާރަށް ނިސްބަތްވާ ގިނަ މެމްބަރުންތަކެއް ވެސް ޖަލްސާއަށް ހާޒިރުވެވަޑައިގެން ބަހުސް ކުރައްވާފައި ނުވެއެވެ.

ސަޕްލިމެންޓްރީ ބަޖެޓަށް ބަހުސް ކުރެއްވީ:

  1. ވިލިމާލެ ދާއިރާގެ މެމްބަރު އަޙުމަދު ނިހާނު ޙުސައިންމަނިކު
  2. ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް
  3. މާފަންނު ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ރިފާއު
  4. މިލަންދޫ ދާއިރާގެ މެމްބަރު ޙަސަން މުފީދު ޢަބްދުލްގާދިރު
  5. ނިލަންދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ހަލީލު
  6. އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު
  7. ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލު އުސްމާނު
  8. ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު
  9. މާފަންނުމެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު
  10. އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު
  11. ކަނޑިތީމު ދާއިރާގެ މެމްބަރު މުޙައްމަދު ޙުސައިން
  12. ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމްދީދީ
  13. ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާމަނިކު
  14. މަޑަވެލި ދާއިރާގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދުއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް