Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުވިލިނގިލީ ރައިވެރިބެ

ގއ. ވިލިނގިލީ ރައިވެރިބެ: އާދައިގެ ޝަހްސިއްޔަތެއް ނޫން!

24 އޮކްޓޯބަރު 2017 | އަންގާރަ 17:41

ވިލިނގިލީ ރައްޔިތުން ދެކޭ ގޮތުގައި ހަބީބަކީ ފިސާރި ބޭފުޅެެއް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 24 އޮކްޓޯބަރު 2017 | އަންގާރަ 17:41
 ގއ. ވިލިނގިއްޔަށް އުފަން ހަބީބު ހަސަން: ކައުންސިލް ހުވާ ކުރެއްވުމަށް ފަހު ކޯޓްފަޓްލޫނުގައި ރުކުގައި

ގއ. ވިލިނގިއްޔަށް އުފަން ހަބީބު ހަސަން: ކައުންސިލް ހުވާ ކުރެއްވުމަށް ފަހު ކޯޓްފަޓްލޫނުގައި ރުކުގައި

މިއަހަރުގެ ޖޫން މަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކޮށް ގއ. ވިލިނގިއްޔަށް އުފަން ހަބީބު ހަސަން ކައުންސިގެ ގޮނޑި ކާމިޔާބުކުރީ ރައްޔިތުންގެ ފުރިހަމަ ތާއީދާ އެކުއެވެ.

ކައުންސިލަރަކަށް ވުމުގެ ކުރީން ވެސް ހަބީބަކީ ތަފާތު ބޭފުޅެކެވެ. ހުނަރުވެރިއެކެވެ. އޭނާ ކުރަން ނުދަންނަ މަސައްކަތެއް ނެތެވެ. މަސްވެރިކަމާއި، ކޮންސްޓްރަކްޝަންގެ ހުރިހާ މަސައްކަތެކެވެ. ކުކުޅު ގެންގުޅުމާއި، ރާވެރިކަމާއި މިނޫނަސް ތަފާތު އެތައް މަސައްކަތެކެވެ. ހަބީބު ވިދާޅުވާ ގޮތުންނަމަ އޭނާގެ ދެއަތުން ކުރަން ނުދަންނަ ހަމަ އެއްވެސް މަސައްކަތެއް ނޯންނާނެއެވެ. މީގެ އިތުރުން ރަށުގެ ރައްޔިތުންގެ ލޯބި އިންތިހާއަށް އޭނާއަށް ވަނީ ލިބިފައެވެ. ހަބީބަކީ އެރަށުގެ ގޭގޭގެ އާބާތުރަ ފިލުވުމުގެ ބައިވެރިއެކެވެ. މީސްމީހުނަށް އެހީތެރިވުމުގައި ނަމޫނާއެކެވެ. ހަބީބުގެ ފާހަގަކޮށްލެވޭ އެންމެ މުހިއްމު އެއް ސިފައަކީ، އޭނާ މީސްމީހުނަށް ކޮށްދޭ ކިތަންމެ ބޮޑުކަމެއްގައި ވެސް އަގެއް ނުނަގާކަމެވެ. މީހަކު ކަމަކު އެދެފިނަމަ ދުވަހަކު ވެސް ފަހަތަކަށް ނުޖެހެވެ. އެކަމެއް ކޮށްދިނުމަކީ ހަބީބުގެ އުފަލެކެވެ.

ނަތީޖާއަކަށްވީ ހަބީބު ވިލިނގިލީ ރައްޔިތުންގެ ލޯބި ހޯއްދެވުމެވެ. ކައުންސިލަށް ކުރިމަތިލެއްވީ ވެސް ރައްޔިތުންނާއި ގާތުން ޚިދުމަތްކޮށްދެއްވުމުގެ މަގުސަދުގައެވެ. މޮޅަށް ކިޔެވިފައި ނެތަސް ހަބީބު ދެކިލައްވާ ގޮތުގައި ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމަކީ އޭނާ އަބަދުވެސް ހިތްހަމަޖެހިވަޑައިގަންނަވާ ކަމެކެވެ. ކައުންސިލަށް ކުރިމަތިލެއްވީ އެގޮތުގެ މަތީންނެވެ. އެއްގޮތަކަށް ވެސް ހޮވޭނެ ކަމަކަށް ނޫނެވެ. އެހެެންނަމަވެސް ހީކުރެއްވި ގޮތާ ޚިލާފަށް، ރައްޔިތުންނަށް ހުރިހާ ދުވަހު ހަބީބުގެ ފަރާތުން ލިބުނު ޚިދުމަތުގެ އަގު ރައްޔިތުން އަދާކޮށް، ބޮޑު ތާއީދަކާ އެކު އޭނާ ކައުންސިލަށް ހޮވިއެވެ.

ސޯޓްގަނޑެއްގައި ރުކަށް އަރައި އުޅުނު ރާވެރިބެ، ކޯޓް ފަޓްލޫނުގައި ކައުންސިލްގެ ގޮނޑީގައި އިށީނދެ ވަޑައިގަތެވެ. ރަށުގެ ރައްޔިތުންގެ ފުރިހަމަ ތާއީދާއި ލޯތްބާ އެކުގައެވެ. ކައުންސިލަށް ހޮވުމަށްފަހުގައި ވެސް ހަބީބު ރުއްއެރުން ދޫކޮށެއް ނުލައްވައެވެ. ހަބީބު ވިދާޅުވީ ކައުންސިލަށް ކުރިމަތިލީ ލާރި ހޯދާކަށްނޫނެވެ. ރައްޔިތުންނަށް ޚިދުމަތްކުރުމަށެވެ.

ހަބީބު ވިދާޅުވީ، އެންމެ ރުކަކަށް އަރައިގެން ރާވެރިކަން ކުރުމުން ލިބޭ އާމްދަނީ އާއި ކައުންސިލްކަމުން ލިބޭ އާމްދަނީއާ ނުބައްދަލު ކަމަށެވެ. އެންމެ ރުކަކުން ވެސް އެއަށްވުރެ މާ ބޮޑު އާމްދަނީއެއް ލިބެއެވެ. ކައުންސިލަރަކަށްވުމަކުން ހަބީބު ކުރިން ކުރެއްވި އެއްވެސް މަސައްކަތެއް ދޫކޮށެއް ނުލައްވައެވެ. ވަގުތު ލިބޭ މިންވަރަކުން ކުރިން ކުރަމުން އައި ހުރިހާ ކަމެއް ވެސް ކުރައްވައެވެ.

ރާވެރިބެ ހަބީބު ކައުންސިލަރަކަށް ހޮވިވަޑައިގަތުމަށް ފަހު ފުރަތަމަވެސް ހުންނެވި ކޯޓް ފަޓްލޫނުގައި އެރުއްވީ ރުކަށެވެ. އަދި ރާ ބަނދެލިއެވެ. އެ މަންޒަރު ރަށުގެ ރައްޔިޔުންނަށްވީ ތަފާތު މައްޒަރަކަށެވެ. އެއްބަޔަކު އެމަންޒަރު ދިޔައީ ވީޑިއޯކުރަމުންނެވެ. އަނެއްބަޔަކު ތަރުހީބުދެނީއެވެ. މުޅި ރާއްޖޭގެ ސަމާލުކަން އެ މަންޒަރަށް ލިބިގެންދިޔައެވެ.

ކައުންސިލް ހުވާކުރެއްވުމަށް ފަހު ހިނގައިދިޔަ މި ކަންކަން ކެމެރާތަކުގައި ހުރީ ރެކޯޑްކުރެވިފައެވެ. އެ މަންޒަރުތައް ފެނި، ހަބީބު ވިދާޅުވީ، ހުސްގަޔާ ރުކަށް އަރާ ރާވެރިކަން ކުރަމުން ދަނިކޮށް، ވިލިނގިލީ ރައްޔިތުން ކޯޓް ފަޓްލޫނު ދިން ކަމަށްޓަކައި ޝުކުރު ދަންނަވާ ކަމަށެވެ..

"އެއްޗެެއް އެނގުނަސް އަދި ނޭނގުނަސް ރައްޔިތުން މި ވަނީ، ވިލިނގިލީ ކައުންސިލް މެންބަރަކަށް އަޅުގަނޑު ހޮއްވަވާފަ. ބަޔަކު މޭ ކެރިޔަސް ރައްޔިތުން ގާތަށް ޚިދުމަތްކުރުމަށް ﷲ ގެ ވާގިފުޅާއެކު، ކުރިއަށް އޮތް ތިން އަހަރު ސާބިތުކަމާއެކު ދެމި ހުންނާނެކަމުގެ ޔަގީންކަން ވިލިނގިލީ ރައްޔިތުންނަށް އަރުވަން. ތަފާތު ވާނެ، ތަފާތު ދައްކާނަން،" އޭނާ ވިދާޅުވި އެވެ.

ހަބީބު ވިދާޅުވާ ގޮތުގައި، އާދައިގެ ރާވެރިޔަކަސް ރައްޔިތުންނަށް އިޚްލާސްތެރިކަމާ އެކު ޚިދުމަތްކުރެވޭ ނަމަ އެ ރައްޔިތުންގެ އިތުބާރާއި ލޯބި ލިބޭނެއެވެ. މިއަދު ގއ. ވިލިނގިލީ ރައްޔިތުން ތިބީ ހަބީބުގެ ޚިދުމަތް ބަލައިގަނެ، އެ މަގާމަށް ހަބީބު ހޮވުނީތީ އުފަލުންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

24 މެއި 2017

މި ވީގޮތަކީ ދެ ބުޅާ އަރައިރުމުގައި ވަނިކޮށް ރާމާމަކުނު ބޯކިބާ ކާލީ ނޫންތޯއެވެ؟

24 މެއި 2017
މި ވީގޮތަކީ ދެ ބުޅާ އަރައިރުމުގައި ވަނިކޮށް ރާމާމަކުނު ބޯކިބާ ކާލީ ނޫންތޯއެވެ؟
03 މެއި 2017

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން
05 އެޕްރީލު 2017

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!
17 މާރިޗު 2017

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!
16 މާރިޗު 2017

ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

16 މާރިޗު 2017
ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!
12 މާރިޗު 2017

5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!

12 މާރިޗު 2017
5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!
31 ޖެނުއަރީ 2017

އަމިއްލައަށް ހެދޭ ގޯހެއް ރަނގަޅުކުރުމަކީ ބަލިވުމެއް ނޫން!

31 ޖެނުއަރީ 2017
އަމިއްލައަށް ހެދޭ ގޯހެއް ރަނގަޅުކުރުމަކީ ބަލިވުމެއް ނޫން!
26 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން

26 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން
25 ޖެނުއަރީ 2017

މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި

25 ޖެނުއަރީ 2017
މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި
14 ޖެނުއަރީ 2017

އޭސީސީ އަށް: މިނިވަން ވާންވީ އިންސާނާ، ނަން ބޯޑުތަކެއް ނޫން!

14 ޖެނުއަރީ 2017
އޭސީސީ އަށް: މިނިވަން ވާންވީ އިންސާނާ، ނަން ބޯޑުތަކެއް ނޫން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް