Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހދ ކުޅުދުއްފުށި

ކުޅުދުއްފުށީ ކުޅި: އީ.އައި.އޭ ރިޕޯޓް ހިއްސާކޮށް، ފަނާކުރަނިވި ވިސްނުން ދޫކޮށްލުމަށް ގޮވާލައިފި

24 އޮކްޓޯބަރު 2017 | އަންގާރަ 06:15

ދެމެހެއްޓެނެވި ތަރައްޤީގެ އިމުންބޭރު ސިޔާސަތަކުން ދުރަށްދިއުމަށް ސަރުކާރަށް ވަނީ ގޮވާލައިފައި

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 24 އޮކްޓޯބަރު 2017 | އަންގާރަ 06:15
ކުޅުދުއްފުށީ ކުޅި: ކުޅި ހިއްކައިގެން އެއާޕޯޓް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައި

ކުޅުދުއްފުށީ ކުޅި: ކުޅި ހިއްކައިގެން އެއާޕޯޓް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައި

ހދ. ކުޅުދުއްފުށީގެ ކުޅި ހިއްކުމާއި ގުޅޭގޮތުން ތިމާވެށީގެ ހާލަތުދެނެގަތުގެ ރިޕޯޓް ( އީ. އައި. އޭ) ހޯދުންތަށް ރައްޔިތުންނާއި ހިއްސާކޮށް މަޝްވަރާކުރުމުގެ ފުރުސަތު މިހާތަނަން ލިބިފައިނުވާތީ މަދަނީ ބައެއް ޖަމިއްޔާތަކުން ކަންބޮޑުވުންފާޅުކޮށްފިއެވެ.

ކުޅި ހިއްކުމާއި ދެކޮޅަށް ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފައި ވަނީ ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތް ކުރާ ހަތަރު ޖަމިއްޔާ ކަމަށްވާ ވޮއިސް އޮފް ވުމަން، އީކޯކެއާ މޯލްޑިވިސް، ބީލީފް ، ބުލޫ ޕީސް ، އުތެމަ ގުޅިގެންނެވެ.

Advertisement - newsAdvertisement

ހަތަރު ޖަމިއްޔާއިން ނެރެފައިވާ ބަޔާނެންގައި ބުނެފައި ވަނީ ކުޅިދުއްފުށީ ކުޅި ދާއިމަށް ފަނާކުރަނިވި ވިސްނުމެއްގައި ތަރައްޤީގެ ނަމުގައި އިޔާދަނުކުރެވޭނެފަދަ ގެއްލުން ލިބޭނެ ގޮތަކަށް،ނައްތާލާއިރު ދެމެހެއްޓެނެވި ތަރައްޤީގެ އިމުންބޭރު ސިޔާސަތަކުން ދުރަށްދިއުމަށް ސަރުކާރަށާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް އިލްތިމާސްކުރާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ކުޅުދުއްފުށީގެ ކުޅި އަކީ ހަމައެކަނި އެރަށުގެ ތަރިކައެއް ނޫން ކަމަށާއި، އެއީ މުޅި ރާއްޖެއަށް މުހިންމު ޤައުމީ ތަރިކައެއް ކަމަށެވެ. އަދި އެ ކުޅި އަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު މަށިކުޅި ކަމަށްވާއިރު އެއީ ތާރީޙީ އަދި ހިމާޔަތްކުރަންޖެހޭ އަގުހުރި ޤައުމީ ޤުދުރަތީ ތަރިކައެއް ކަމަށެވެ. އެ ބަޔާންގައި ބުނެފައި ވަނީ ދުނިޔޭގެ ފެންވަރުގައި ކުޅީގެ ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ޖަމުއިއްޔާއެއް ކަމުގައިވާ އައި. ޔޫ. ސީ އެން އިން ނެތިހިނގައިދާނެ ކަމުގު ބިރު ފާހަގަކުރާ ލިސްޓުގައި ހިމެނޭ 8 ބާވަތެއްގެ ގަސް އެ ކުޅީގައި ހުންނަ ކަމަށެވެ.

މީގެ އިތުރުން ކުޅުދުއްފުށީ ކުޅިއަކީ ދުނިޔޭގެ އެހެންކަންކޮޅުތަކުން ހިޖުރަކުރާ ދޫނީގެ މަންޒިލަކަށް ވާހިނދު، ކުޅީގެ މުހިންމުކަން އޮތީ ހަމައެކި ދިވެހި ރާއްޖެއަށް ނޫންކަން ވެސް އެ ބަޔާންނުގައި ފާހަގަކޮށްފައިވެއެވެ.

ކުޅީގެ މުހިންމު ކަމާއި ގުޅޭގޮތުން އެ ބަޔާނުގައި ފާހަގަކޮށްފައިވާ މުހިންމު ޕޮއިންޓުތަކަކީ ...

ކުޅުދުއްފުށީ އަންހެނުންގެ ދިރިއުޅުމާއި ގުޅިފައިވާ ތަނެން

ކުޅުދުއްފުށީ ކުޅިއަކީ އެރަށުގެ އެތަށް އަންހެނުންނެއްގެ ދިރިއުޅުމާއި އާމުދަނީ އެތަނުގެ މައްޗަށް ބިނާވެފައިވާ ތަނެކެވެ. ޒަމާނުންސުރެ އެރަށުގެ އަންހެންނުން އެކުޅި ބޭނުންކުރަމުންދަނީ ބޮނބިފާކޮށް ރޯނުވެށުމާއި ބުރެވިކޮށުމުގެ ތިމާވެއްޓާއި ރައްޓެހި އަގުހުރި މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ. ކުޅި ހިއްކާ ނައްތާލާއިފިނަމަ އެމީހުންނަށް އިޔާދަނުކުރެވޭނެ އާމުދަނީގެ ދަތިކަން އިހުސާސުވާނެކަމުގެ ބިރުއޮތްކަން ވަނި ފާހަގަކޮށްފައެވެ.

ތިމާވެށީގެ ރައްކާތެރިކަމާއި ގުޅިފައިވާ އަސާސީ ގުނަވަނެން

ކުޅުދުއްފުށީގެ ޤުދުރަތީ ކުޅި އަކީ އެރަށުގެ ތިމާވެށީގެ ރައްކާތެރިކަމާއި ގުޅިފައިވާ އަސާސީ ގުނަވަނެކެވެ. ވަށައިގެންވާކަނޑާއި އޮޔާއި މޫސުމީ ބަދަލުތަކުން މުޅި ރަށާއި ރަށުގެ ފެންފަށަލައިގެ ނިޒާމު ހިމާޔަތް ކުރާ ޤުދުރަތީ ވަސީލަތީ އެ ކުޅިއެވެ. 2004 ގެ ސުނާމީފަދަ ނުރައްކާތެރި ޤުދުރަތީ ކާރިސާއެއް މާދަމާ ހިނގި ނަމަވެސް ރަށުގެ ސަލާމަތީ ނިޒާމަކަށް އޮތީ މި މުހިންމު ވަސީލަތެވެ. އަދި މޫސުމީ ވިއްސާރައިން ރަށުގައި ފެންބޮޑުވުމުގެ ހާލަތުން ސަލާމަތްކޮށް ރައްކާތެރިކޮށްދޭ މުހިންމު ގުނަ ވަނަކީވެސް އެ ކުޅިއެވެ.

ކުޅުދުއްފުށީ ކައުންސިލުން ބުނީ މި މަހުގެ 25 ވަނަ ދުވަހު އެމްޓީސީސީން އަލަށް ގެންނަ ޑްރެޖަރު (މަހާ ޖައްރާފާ) އެރަށް އަންނާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެއާޕޯޓްގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 17 ވަނަ ދުވަހު ކަމަށް ކައުންސިލުން ބުންޏެވެ. އެއީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިތާ ހަތަރު އަހަރު ފުރޭ ދުވަހެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

03 މާރިޗު 2017

ކުޅުދުއްފުށީ ހޮސްޕިޓަލުގައި ތެލެސީމިޔާއަށް ޓެސްޓްކޮށްދޭން ފަށައިފި

03 މާރިޗު 2017
ކުޅުދުއްފުށީ ހޮސްޕިޓަލުގައި ތެލެސީމިޔާއަށް ޓެސްޓްކޮށްދޭން ފަށައިފި
01 މާރިޗު 2017

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

01 މާރިޗު 2017
ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި
13 ފެބުރުއަރީ 2017

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

13 ފެބުރުއަރީ 2017
ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް
06 ފެބުރުއަރީ 2017

އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!

06 ފެބުރުއަރީ 2017
އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!
05 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

05 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް
02 ފެބުރުއަރީ 2017

ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި

02 ފެބުރުއަރީ 2017
ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި
26 ޖެނުއަރީ 2017

"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި

26 ޖެނުއަރީ 2017
"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި
25 ޖެނުއަރީ 2017

ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

25 ޖެނުއަރީ 2017
ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް