Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަޕްލިމެންޓަރީ ބަޖެޓް

ސަޕްލިމެޓްރީ ބަޖެޓް: ފޮނުވާފައިވަނީ 493 މިލިއަން ރުފިޔާ، މައިގަނޑު ގޮތެއްގައި ކަނޑައަޅާފައިވަނީ އެންސްޕާއަށާއި ބައި-އިލެކްޝަން ތަކަށް!

23 އޮކްޓޯބަރު 2017 | ހޯމަ 19:47

މިއީ މިފަހަކުން މަޖިލީހަށް ހުށަހެޅި ފުރަތަމަ ސަޕްލިމެންޓްރީ ބަޖެޓް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 23 އޮކްޓޯބަރު 2017 | ހޯމަ 19:47
މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން

މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން

އަހަރު ނިމެން ދެ މަސްދުވަހަށް ވާން ކައިރިވެފައިވަނިކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއްކަން ރާއްޖެއެމްވީއަށް އެނގިއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމް ޕަލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިންމަނިކު ވިދާޅުވީ، ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓުގެ މައިގަނޑު ބޮޑުބައެއް ކަނޑައަޅާފައި ވަނީ އެންސްޕާއަށް ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ބޭއްވުމަށް ނިންމާފައިވާ ބައި-އިލެކްޝަންތައް ބޭއްވުމަށްވެސް ސަޕްލިމެންޓްރީ ބަޖެޓްގައި ހިމަނާފައިވާ ކަމަށް ނިހާނު ވިދާޅުވިއެވެ.

ނަމަވެސް މަޖިލީހަށް މިހާރު ފޮނުވާފައިވާ ސަޕްލިމެންޓްރީ ބަޖެޓަކީ ކިހާ އަދަދެއްގެ ބަޖެޓެއްކަން ނިހާނު ވިދާޅެއް ނުވެއެވެެ.

ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ އެންސްޕާއަށް މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައި ވަނީ 731 މިލިއަން ރުފިޔާއެވެ. މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަސް ގާތްގަނޑަކަށް ނިމުނުއިރު، ލަފާކުރި ވަރަށް ވުރެ ވެސް ބޮޑު އަދަދެއް، އެންސްޕާ އާއި އާސަންދައަށް ހޭދަވެފައިވާ ކަމަށް ނިހާނު ވިދާޅުވިއެވެ.

ނިހާނު ވިދާޅުވީ އެންސްޕާ އާއި އާސަންދައަށް ބަޖެޓް މުހިންމުވީ، ރައްޔިތުންގެ ބޭސްފަރުވާގެ އެއްވެސް ކަމެއް ލަސްވާން ސަރުކާރުން ބޭނުން ނުވާތީ ކަމަށެވެ. އެގޮތުން މި އަހަރުގެ ބާކީ އޮތް ދުވަސްތަކަށް ފައިސާ ނުލިބިއްޖެ ނަމަ، އާސަންދައިން މިދިޔަ އަހަރާއި މި އަހަރުގެ ބައެއް ބިލްތަކަށް ވެސް ފައިސާ ދެއްކުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށް ނިހާނު ވިދާޅުވިއެވެ.

އާސަންދައިން ބުނެފައިވާ ގޮތުގައި އެތަނަށް ކަނޑައެޅި ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ރާއްޖޭގެ ފާމަސީތަކާއި ބޭރުގެ ހޮސްޕިޓްލަތަކަށެވެ.

އަންގަރާ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ސަޕްލިމެންޓްރީ ބަޖެޓްގެ ފުރަތަމަ ކިޔުން އިއްވުމަށް އެޖެންޑަ ކޮށްފައިވާއިރު، ހަމަ އަންގާރަ ދުވަހު އާއްމު ކޮމެޓީގެ ބައްދަލުވުމެއް ބާއްވާ، ސަޕްލިމެންޓްރީ ބަޖެޓަށް މެމްބަރުން ވާހަކަ ދެއްކުމުގެ ވަގުތު ކަނޑައެޅުމަށް ވަނީ އެކޮމެޓީގެ ބައްދަލުވުމަށް އެޖެންޑަ ކޮށްފައެވެ.

ސަޕްލިމެންޓްރީ ބަޖެޓް ފާސް ކުރުމަށް ބޭނުންވަނީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެން، ވޯޓް ދެއްވާ މެމްބަރުންގެ އަޣްލަބިއްޔަތެވެ.

މަޖިލީހުގެ ރިޔާސަތުގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިންނަވާ ޖަލްސާތަކުގައި ބައިވެރިވެ، ވޯޓުގައި ވެސް ބައިވެރި ނުވާނެ ކަމަށް އިދިކޮޅު ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ވިދާޅުވަމުން ގެންދަވާތީ، އެހެންކަމުން ސަރުކާރުން ބޭނުންވާ ގޮތަށް ސަޕްލިމެންޓްރީ ބަޖެޓް ފާސް ވުމަކީ އެކަށިގެންވާ ކަމެކެވެ.

މަޖިލީހުގެ މެޖޯރިޓީއަށްވުރެވެސް ގިނަ މެމްބަރުން ވަނީ މަސީހުގެ އިތުބާރު ނެތްކަމަށް ބުނެ މަޖިލީހަށް އެމައްސަލަ ވައްދާފައެވެ. ނަމަވެސް އެމައްސަލައަށް ވޯޓަށް އެހުމެއްނެތި މަސީހު ގެންދަވަނީ މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ޖަލްސާތައްވެސް ބާއްވަމުންނެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާފައިވަނިކޮށް، މަސީހު ރިޔާސަތުގައި އިންނާވާ ބޭއްވި ޖަލްސާތަކުން ނިންމާފައިވާ ނިންމުންތައް ބާތިލް ކުރާނެ ކަމަށް އިދިކޮޅު މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް