Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުފިޓްޒޯން

ފިޓް ޒޯންގެ މޫދު ކަސްރަތު ކުލާސްތަކަށް ބޮޑު ތަރުހީބެއް!

މޫދު ކަސްރަތު ޕްރޮގްރާމްގެ އަގަކީ 750ރ.

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 23 އޮކްޓޯބަރު 2017 | ހޯމަ 10:26
ފިޓް ޒޯންއިން ތަފާތު ގިނަ ކްލާސްތައް ހިންގަމުންގެންދޭ

ފިޓް ޒޯންއިން ތަފާތު ގިނަ ކްލާސްތައް ހިންގަމުންގެންދޭ

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޖިމްގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެންމެ ފުރަތަމަ ހުޅުވި ފިޓް ޒޯނުން މޫދު ކަސްރަތު ކުލާސްތައް ފަށަފިއެވެ.

ފިޓްޒޯންގެ މެނޭޖިން ޕާޓްނަރ އަހްމަދު ރިޔާޒް ވިދާޅުވީ މޫދު ކަސްރަތު ކްލާސްތަކަށް ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.

ދެ ގަޑިއަކަށް ބަހާލައިގެން ހުޅުމާލެ ބީޗުގައި ކުރިއަށްގެންދާ މި ޕްރޮގްރާމްތައް ހެނދުނާއި ހަވީރު ކުރިއަށްދާނެ އެވެ. އެގޮތުން ކޮންމެ ހޮނިހިރު، ހޯމަ، އަދި ބުދަ ދުވަހެއްގެ ހެނދުނު 6:00 އިން ފެށިގެން 7:00އަށް ކުރިއަށްދާއިރު ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ 17:00 އިން 18:00އަށް ކުރިއަށްދާނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

މިޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރު ވެސް ރިޖިސްޓަރ ކުރުމަށް ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

މޫދު ކަސްރަތު ޕްރޮގްރާމްގެ އަގަކީ 750ރ. އެވެ. އަދި މޫދު ކަސްރަތާ އެކު ޖިމްގެ ހިދުމަތް ބޭނުންވާ ފަރާތްތަކަށް 950ރ. އަށް ޕްރޮގްރާމްތަކުގައި ބައިވެރިވެވޭނެއެވެ. މީގެ އިތުރުން 1060 ރުފިޔާއަށް އަންލިމިޑެޓް ޕެކޭޖް ލިބޭނެ ކަމަށާއި އެއީ ފިޓްޒޯނުން ހިންގާ ހުރިހާ ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުޞަތު ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ފިޓް ޒޯންއިން ކުރިއަށްގެންދާ ގުރޫޕު ފިޓްނަސް ޕްރޮގްރާމްތަކަށް ވެސް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ގުރޫޕުގެ ފިޓްނަސްގެ ދަށުން ފިޓް ޒޯނުން ވަނީ ސްޓޫޑިއޯއެއް ހުޅުވާފައެވެ. އަންހެނުންނާއި ފިރިހެނުންނަށް ވަކިން ކްލާސްތައް ހިންގަމުން ގެންދާއިރު، ސްޓީލް ޕްރޮގްރާމާއި، ޒުންބާ ހިމެނެއެވެ. އަންހެނުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޒުންބާގެ ކްލާސްތައް ހެނދުނާއި ރޭގަނޑުގެ އެކި ގަޑިތަކުގައި ކުރިއަށްގެންދެއެވެ.

ސްޓީލް ކޮމްބެޓް، ސްޓީލް ޓޮނިކް، ސްޓީލް ޓްރެއިނިން ޕްރޮގްރާމް ހެނދުނާއި ރޭގަނޑުގެ އެކި ގަޑިތަކުގައި ކުރިއަށްގެންދާނެ ކަމަށާއި މިހާރު ވެސް ގިނަ ބައެއްގެ ތަރުހީބު މިކަމަށް ލިބެމުންދާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

މިޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގައި ފިޓް ޒޯންގެ ސެޓިފައިޓް އިންސްޓްރަކްޓަރުން ތިބޭނެ އެވެ.

2014 ވަނަ އަހަރުގެ ޑިސެމްބަރ މަހު ހުޅުވި ފިޓްޒޯންއަކީ ދުޅަހެޔޮ ކަމަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި ވަރަށް މަޤްބޫލު ތަނަކަށް ވަނީ ވެފައެވެ.

ފިޓް ޒޯންއިން ތަފާތު ގިނަ ހަރަކާތްތައް މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ހިންގާފައިވާއިރު އެންމެ ކާމިޔާބު އެއްޕްރޮގްރާމްގެ ތެރޭގައި ފިޓްޒޯނާއި ރާއްޖެޓީވީން ގުޅިގެން ކުރިއަށްގެންދިޔަ، "ސައްތަ ކިލޯ"ގެ ރިޔަލިޓީ ޝޯވް ހިމެނެއެވެ.

އިތުރަށް ކިޔާލަން

22 އެޕްރީލު 2019

ފިޓްޒޯނުން ރަމަޟާން މަހަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

22 އެޕްރީލު 2019
ފިޓްޒޯނުން ރަމަޟާން މަހަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި
28 ޖެނުއަރީ 2019

ފިޓް ޒޯން ''ފްރީ ވީކް'' ފަށައިފި

28 ޖެނުއަރީ 2019
ފިޓް ޒޯން ''ފްރީ ވީކް'' ފަށައިފި
28 ޑިސެމްބަރު 2018

ފިޓްޒޯންގެ އަހަރީ ޕްރޮމޯޝަން ވަރަށް ތަފާތު!

28 ޑިސެމްބަރު 2018
ފިޓްޒޯންގެ އަހަރީ ޕްރޮމޯޝަން ވަރަށް ތަފާތު!
08 އޯގަސްޓު 2018

ފިޓްޒޯން އިން 'ފިޓްމިކްސް' ކްލާސްތައް އާންމުންނަށް ހިލޭ ހުޅުވާލައިފި

08 އޯގަސްޓު 2018
ފިޓްޒޯން އިން 'ފިޓްމިކްސް' ކްލާސްތައް އާންމުންނަށް ހިލޭ ހުޅުވާލައިފި
23 ޖެނުއަރީ 2018

އެމަޒޯންގެ ސުޕަމާކެޓްގައި ކޭޝިއަރެއް ބޭނުމެއް ނުވޭ!

23 ޖެނުއަރީ 2018
އެމަޒޯންގެ ސުޕަމާކެޓްގައި ކޭޝިއަރެއް ބޭނުމެއް ނުވޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު