Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް މުސާރަ ބޮޑު ކުރި ކަމަށްބުނެ ދިން ސިޓީތައްވެސް އަތުލައިފި

23 އޮކްޓޯބަރު 2017 | ހޯމަ 05:57

މުސާރަ ވެސް ބޮޑެއްނުވި، ދިން ސިޓީތައްވެސް އަތުލައިފި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 23 އޮކްޓޯބަރު 2017 | ހޯމަ 05:57
މަޖިލީހުގެ ރިޔާސަތާއި އިދާރީ މުވައްޒަފުން ހިމެނޭ ސަރަހައްދުގެ ކުރީގެ ފޮޓޯއެއް

މަޖިލީހުގެ ރިޔާސަތާއި އިދާރީ މުވައްޒަފުން ހިމެނޭ ސަރަހައްދުގެ ކުރީގެ ފޮޓޯއެއް

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ގިނަ މުވައްޒަފުންތަކެއްގެ މަގާމު މަތިކޮށް، މުސާރަ ބޮޑު ކުރިމަށް ބުނެ އެ މުވައްޒަފުންނަށް މަޖިލީހުގެ އިދާރާއިން ދިން ސިޓީތައް އަތުލައިފި އެވެ.

"ރާއްޖެއެމްވީ" އަށް އެނގިފައިވާ ގޮތުގައި މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ މަގާމާއި މުސާރަ ބޮޑު ކުރިމަށް ބުނެ މަޖިލީހުގެ އިދާރާއިން ދީފައިވާ ސިޓީތައް އަނބުރާ އަތުލާފައި ވަނީ އެކިއެކި ގޮންޖެހުންތަކާ ހެދި މުސާރަ ބޮޑުކުރެވެން ނެތިގެންނެވެ.

Advertisement - newsAdvertisement

މަޖިލީހުގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ނިންމެވި ނަމަވެސް ފިނޭންސް މިނިސްޓްރީން ވަނީ އެކަން ކުރިޔަ ނުދީ ހިފަހައްޓާފަ އެވެ.

އެނގިފައިވާ ގޮތުގައި މަޖިލީހުގެ 131 މުވައްޒަފަކަށް މަގާމުގެ ކުރިއެރުން ދީ، މި ދިޔަ ސެޕްޓެމްބަރު މަހުގެ މުސާރަ ބޮޑުވާނެ ކަން އެންގިތާ މާ ގިނަ ދުވަސްތަކެއް ނުވެ، މަޖިލީހުގެ މުވައްޒަފުންނަށް ބޮޑު ކުރި މުސާރަ ނުދޭން ފިނޭންސް މިނިސްޓްރީން ވަނީ މަޖިލީހުގެ އިދާރާ އަށް އަންގައި ބޮޑު ކުރި މުސާރަ ހިފަހައްޓައިފަ އެވެ. ފިނޭންސް މިނިސްޓްރީ އަންގާފައިވަނީ މުވައްޒަފުންނަށް މިހާރުވެސް ދެމުންދާ މުސާރަ ދިނުމަށް ކަމަށް އެނގިފައި އެވެ.

މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމިއިރު، ގިނަ މުވައްޒަފުންތަކަށް މަގާމުގެ ކުރިއެރުން ވެސް ވަނީ ދީފަ އެވެ. އަދި މުވައްޒަފުންނަށް 1000 ރުފިޔާއާއި 5000 ރުފިޔާ އާދެމެދުގެ މިންވަރަކަށް މުސާރައިގެ ކުރިއެރުން ދިނުމަށް ނިންމާފައި ވެއެވެ.

މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް މުސާރަ ބޮޑުކޮށްފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައިވަނިކޮށް، އެމައްސަލައަށް ވޯޓަށް އެހުމެއް ނެތި މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދާ ދަނޑިވަޅެއްގައެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ވޯޓަށް އެހުމެއް ނެތި، މަސީހު މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައިގެން ޖަލްސާތައް ކުރިއަށް ގެންގޮސްފައި ވަނީ ގިނަ އަދަދެއްގެ ސިފައިން ޖަލްސާ ކުރާ މާލަމަށް ވައްދައިގެންނެވެ.

މީގެއިތުރުން މަޖިލީހުގެ ޖަލްސާތަކުގެ ހަމަނުޖެހުން ބޮޑުވުމާއި ގުޅިގެން މަޖިލީހުގެ އިދާރާއިން ވަނީ މަސީހު އިންނަވާ ރިޔާސަތުގެ މޭޒުކޮޅާއި އިދާރީ މުވައްޒަފުން ތިއްބަވާ މޭޒުކޮޅުތައް ހިމެނޭ ސަރަހައްދު ވަށައިގެން ފަސް ފޫޓެއްހާ އުސްމިނުގައި "ލަކުޑިން ކޮށިގަނޑެއް" ޖަހާފަ އެވެ.

މަޖިލީހުގެ އިދާރާގައި ހިނގާ މިފަދަ ކަންކަމުގެ މައުލޫމާތު އެ އިދާރާއިން ހާމަކުރުމަށް ދެކޮޅު ހަދާއިރު، މިކަންކަމާއި ގުޅޭގޮތުން މަޖިލީހުގެ އިދާރާގެ އިސްވެރިއެއްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް