Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޮޑިޓް އޮފީހުގެ ބަޖެޓް

އޮޑިޓް އޮފީހުގެ ބަޖެޓް މަޖިލީހުން ފާސްކުރުމަށް މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

22 އޮކްޓޯބަރު 2017 | އާދީއްތަ 09:12

މިއަހަރަށް ފާސްކުރީ 45 މިލިއަން ރުފިޔާ، އަންނަ އަހަރަށް 50.5 މިލިއަން ރުފިޔާ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 22 އޮކްޓޯބަރު 2017 | އާދީއްތަ 09:12
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އަންނަ އަހަރުގެ ބަޖެޓް އެ އޮފީހުން ހުށަހެޅި ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސްކުރުމާގުޅިގެން މަޖިލީހުން ފާސްކުރުމަށް ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިމަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި އޮޑިޓް އޮފީހަށް އަންނަ 2018 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ކަމަށްވާ 50،599،995.00ރ، އެ އޮފީހުން ހުށަހަޅާފައިވާ ގޮތަށް ފާސްކޮށްފައި ވަނީ އެކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުގެ އިއްތިފާގުންނެވެ. އޮޑިޓް އޮފީހުގެ އެ ބަޖެޓަށް ސަރުކާރަށް ނިސްބަތްވާ މެމްބަރުންނާއި އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ވެސް ދެ ކޮޅަށް ވާހަކަ ދައްކަވާފައެއް ނުވެއެެވެ.

Advertisement - newsAdvertisement

ހިނގަމުންދާ 2017 ވަނަ އަހަރު އޮޑިޓް އޮފީހަށް 45 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، އިތުރަށް ދެ މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އެހެންކަމުން އަންނަ އަހަރަށް ލަފާކުރާ އޮޑިޓް އޮފީހުގެ ބަޖެޓްގައި އިތުރުވެފައި ވަނީ ތިން މިލިއަން ރުފިޔާ އެވެ.

އޮޑިޓް އޮފީހުގެ ބަޖެޓާ ގުޅިގެން މައިގަނޑު ގޮތެއްގައި މެމްބަރުންވެސް ވިދާޅުވެފައި ވަނީ އަހަރުން އަހަރަށް ކުރަންޖެހޭ ޚަރަދުތައް ބޮޑުވަމުންދާއިރު، އޮޑިޓް އޮފީހުގެ ބަޖެޓްގައި ކަންބޮޑުވާކަމެއް ނެތް ކަމަށެވެ. މިއަހަރުގެ ބަޖެޓާއި އަޅާބަލާއިރު އަންނަ އަހަރަށް ބޮޑުވެފައި ވަނީ މުވައްޒަފުންގެ މުސާރައާއި ދަތުރުފަތު ކުރުމުގެ ޚަރަދު އެކަނި ކަމަށްވެސް މެމްބަރުން ވިދާޅުވި އެވެ.

މީގެއިތުރުން މެމްބަރުން ވިދާޅުވެފައި ވަނީ އޮޑިޓް އޮފީހުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކޮށްފައިވާކަން ވެސް ފާހަގަ ކުރެވޭ ކަމަށެވެ.

އޮޑިޓް އޮފީހުން މިހާތަނަށް 627 އޮޑިޓް ރިޕޯޓެއް ނިންމާފައިވާއިރު، މިއަހަރުގެ މިހާތަނަށް 78 އޮޑިޓް ރިޕޯޓް ނިންމާފައިވެ އެވެ.

އޮޑިޓް އޮފީހަކީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ޖަވާބުދާރީވާންޖެހޭ ކޮމެޓީ އެކެވެ. އަދި އޮޑިޓް އޮފީހުން ނިންމާ ރިޕޯޓްތައް މާލިއްޔަތު ކޮމެޓީއަށް ހުށަހަޅަން ޖެހެއެވެ. އަދި އޮޑިޓް ރިޕޯޓް ތަކުގައިވާ ކަންކަން ތަންފީޒު ކުރުމަކީ މާލިއްޔަތު ކޮމެޓީއާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކުރަންޖެހޭ ކަމެކެވެ.

މީގެ އިތުރުން އޮޑިޓް އޮފީހުގެ ބަޖެޓް ދިރާސާ ކުރުމާއި ފާސްކުރުމަކީ ވެސް މާލިއްޔަތު ކޮމެޓީން ނިންމަންޖެހޭ ކަމެކެވެ.

މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު ނުވަތަ ފަހު ދައުރުގެ ޖަލްސާތައް މިމަހުގެ ނުވަ ވަނަ ދުވަހު ފަށާފައިވާއިރު، މި ދައުރުގައި މައިގަނޑު ގޮތެއްގައި އޮންނާނީ ވެސް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރުމާއި، ފާސްކުރުމުގެ މަސައްކަތެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މިމަހުގެ 31 ވަނަ ދުވަހުގެ ކުރިން މަޖިލީހަށް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީ މަސަކަތް ކުރަމުންދާ ކަމަށް އެމިނިސްޓްރީން ވަނީ ބުނެފަ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހެޅުމުގެ ތައްޔާރީތައް ވަމުންދާއިރު، މި އަހަރު ނިމެން ދެމަސް ދުވަހަށް ކައިރިވެފައި ވަނިކޮށް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމުގެ އަޑުތައްވަނީ ފެތުރިފަ އެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވެފައިވަނީ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެ އިތުރު ތަފްސީލެއް ރިޔާޒު ވެސް އަދި ކަމާބެހޭ އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

އާއްމު އުސޫލުން ބަޖެޓް ދިރާސާ ކުރަނީ މާލިއްޔަތު ކޮމެޓީއާއި އިގްތިސާދީ ކޮމެޓީ އެއްކޮށްލައިގެން އުފައްދާ ބަޖެޓް ކޮމެޓީން ނެވެ.

މަޖިލީހަށް ބަޖެޓް ހުށަހަޅުއްވާނީ ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
25 ޖެނުއަރީ 2017

ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

25 ޖެނުއަރީ 2017
ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި

16 ޖެނުއަރީ 2017
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް