Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރެމްލިން ކަޕް 2017

ކްރެމްލިން ކަޕްގެ ޗެމްޕިއަންކަން ޖޫލިއާ ގޯގެސް ހޯދައިފި

މިއީ 2011 ވަނަ އަހަރުގެ ފަހުން ގޯގެސް ކާމިޔާބުކުރި ފުރަތަމަ ޑަބްލިއުޓީއޭ މުބާރާތް

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 21 އޮކްޓޯބަރު 2017 | ހޮނިހިރު 23:03
ކްރެމްލިން ކަޕް 2017 ގެ ޗެމްޕިއަން ޖަރުމަނުގެ ޖޫލިއާ ގޯގެސް، މުބާރާތުގެ ތަށި އުފުލާލަނީ

ކްރެމްލިން ކަޕް 2017 ގެ ޗެމްޕިއަން ޖަރުމަނުގެ ޖޫލިއާ ގޯގެސް، މުބާރާތުގެ ތަށި އުފުލާލަނީ

ރަޝިއާގެ މޮސްކޯގައި ބޭއްވި ކްރެމްލިން ކަޕްގެ ޗެމްޕިއަންކަން ޖަރުމަނުގެ ޖޫލިއާ ގޯގެސް ހޯދައިފި އެވެ.

މިމުބާރާތުގެ ޗެމްޕިއަންކަން ގޯގެސް ހޯދީ، ފައިނަލްގައި ރަޝިއާގެ ޑާރިއާ ކަސަޓްކީނާގެ މައްޗަށް ސީދާ ދެސެޓުން ކުރި ހޯދައިގެންނެވެ. މުބާރާތުގެ ހަތްވަނަ އަށް ސީޑުކޮށްފައިވާ ގޯގެސް، އެއް ގަޑިއިރާއި ހަ މިނިޓަށް ދެމިގެންދިޔަ މިމެޗު ކާމިޔާބު ކުރީ 6-1، 6-2 ންނެވެ.

މިދެ ކުޅުންތެރިން މިހާތަނަށް ބައްދަލުކުރި ފަސް މެޗުގެ ތެރެއިން ތިން މެޗު ނިމިފައިވަނީ ގޯގެސް ކޮޅަށް ބުރަވެގެންނެވެ.

މިއީ ދުނިޔޭގެ 27 ވަނަ އަށް ރޭންކް ކޮށްފައިވާ ގޯގެސް، 2011 ވަނަ އަހަރުގެ ފަހުން ކާމިޔާބު ކުރި ޑަބްލިއުޓީއޭގެ ފުރަތަމަ މުބާރާތެވެ. އޭނާގެ ކެރިއަރުގައި މިހާތަނަށް ޑަބްލިއުޓީއޭ މުބާރާތްތަކުގެ އަދަދު ވަނީ ތިނަކަށް އަރާފައެވެ.

މިއަހަރު ހަތަރު ފައިނަލެއްގައި ވާދަކޮށްފައިވާ ގޯގެސް އެންމެ ފަހުން ކުޅުނު ތިން މުބާރާތްވެސް ނިންމާލީ ފައިނަލުން ބަލިވެ، މުބާރާތުގެ ރަނަރަޕްގެ ގޮތުގައެވެ.

މިމޮޅާއެކު އޭނާ ދުނިޔޭގެ ރޭންކިންގެ ގަދަ 20 ން ޖާގަ ލިބޭނެ އެވެ. މީގެ އިތުރުން ޖަރުމަނުގެ އެއްވަނަ މަގާމުގައިވާ އެންޖެލީކޭ ކެރްބަރ އަތުން، އެމަގާމް ގޯގެސް އަށް ލިބޭނެ އެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2017

ސާދަ އަހަރުންދަށާއި ނަވާރަ އަހަރުންދަށުގެ ޗެމްޕިއަންކަން އަހުމަދިއްޔާ އަދި ތާޖުއްދީނަށް

13 މާރިޗު 2017
ސާދަ އަހަރުންދަށާއި ނަވާރަ އަހަރުންދަށުގެ ޗެމްޕިއަންކަން އަހުމަދިއްޔާ އަދި ތާޖުއްދީނަށް
28 ފެބުރުއަރީ 2017

އެމްބީއޭ ކަޕުގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައިފި

28 ފެބުރުއަރީ 2017
އެމްބީއޭ ކަޕުގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައިފި
27 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕްގެ ސެމީ ފައިނަލްގައި ޓީސީ އަދި މަނަންގް ބައްދަލުކުރާ މެޗު ރާއްޖެ ޓީވީން ވަގުތުން

27 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގެ ސެމީ ފައިނަލްގައި ޓީސީ އަދި މަނަންގް ބައްދަލުކުރާ މެޗު ރާއްޖެ ޓީވީން ވަގުތުން
25 ފެބުރުއަރީ 2017

ސްޓްރީޓް ސޮކާ 2017: ޕެނަލްޓީ ޖަހައިގެން ފެލްކަން ބަލިކޮށް ޑީސީ ޗެމްޕިއަންކަން ހޯދައިފި

25 ފެބުރުއަރީ 2017
ސްޓްރީޓް ސޮކާ 2017: ޕެނަލްޓީ ޖަހައިގެން ފެލްކަން ބަލިކޮށް ޑީސީ ޗެމްޕިއަންކަން ހޯދައިފި
25 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި

25 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި
18 ފެބުރުއަރީ 2017

ފުޓްބޯލް ފިއެސްޓާ 2017: ގްރޭޑް 2 ގެ ޗެމްޕިއަންކަން ކަލާފާނަށް، ގްރޭޑް 3 ބިލަބޮންގަށް

18 ފެބުރުއަރީ 2017
ފުޓްބޯލް ފިއެސްޓާ 2017: ގްރޭޑް 2 ގެ ޗެމްޕިއަންކަން ކަލާފާނަށް، ގްރޭޑް 3 ބިލަބޮންގަށް
14 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި

14 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި
07 ފެބުރުއަރީ 2017

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ
03 ފެބުރުއަރީ 2017

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު