Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރޮހިންޖާ މުސްލިމުން

މިޔަންމާގެ މައްސަލައިގާ އދ ސެކިއުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ

12 ސެޕްޓެމްބަރު 2017 | އަންގާރަ 20:06

މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ބުދަދުވަހު

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 12 ސެޕްޓެމްބަރު 2017 | އަންގާރަ 20:06
ރޮހިންޖާ މުސްލިމުން: އަނިޔާއާ ނިކަމެތި ހާލުގައި

ރޮހިންޖާ މުސްލިމުން: އަނިޔާއާ ނިކަމެތި ހާލުގައި

މިޔަންމާގެ ރޮހިންޖާ މުސްލިމުންނަށް ކުރާ އަނިޔާތަކުގެ މައްސަލައިގާ އދ ސެކިއުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބުދަ ދުވަހު ބާއްވަން ނިންމައިފިއެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިންސާނީ ޙައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުން އެންގި އެންގުމާއި ގުޅިގެން މިޔަންމާގެ ރޮހިންޖާ މުސްލިމުންނަށް ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން އދ ގެ ސެކިއުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

އިނގިރޭސިވިލާތާއި ސްވިޑްން އިން އެދުނު އެދުމަކަށް ބާއްވާ މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ބުދަދުވަހުއެވެ.

އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ރޮހިންޖާގެ މުސްލިމުން އެޤައުމުގެ ޕޮލިސް ޕޯސްޓަކަށް ހަމަލާދިން ކަމަށް ބުނެ ރޮހިންޖާ މުސްލިމުން ނައްތާލުމަށް ދެމުންދާ އަނިޔާތަކުގެ ސަބަބުން ރަޚައިން ސްޓޭޓް ދޫކޮށް އަވައްޓެރި ބަންގްލަދޭޝްއަށް ވަނީ ރޮހިންޖާގެ ގާތްގަނޑަކަށް 37,0000 އެއްހާ މުސްލިމުން ހިޖުރަ ކޮށްފައެވެ.

އިންސާނީ ޙައްޤުތަކާބެހޭ އދ ގެ ހައިކޮމިޝަނަރ ޒައިދް ރައާދު އަލް ހުސައިން ވިދާޅުވީ މިޔަންމާގެ ކަމާ ބެހޭ ފަރާތްތަކުން ހިންގަމުންދަނީ ބައިނަލް އަޤްވާމީ ޤާނޫން ތަކާވެސް ފުށުއަރާ ކަންތައް ތަކެއް ކަމަށެވެ.

"އަޅުގަނޑު ގޮވާލަން މިޔަންމާ ސިފައިން ހިންގާ އޮޕަރޭޝަން ހުއްޓާލުމަށް. އަދި އަނިޔާވާ ފަރާތްތައް ޒިންމާދާރު ކުރުމަށާއި ރޮހިންޖާ މީހުންނާމެދު ގެންގުޅޭ ތަފާތު ކުރުންތައް ނައްތާލުމަށްވެސް ގޮވާލަން" ޒެއިދް ރައާދު އަލް ހުސައިން ވިދާޅުވިއެވެ.

ބަނގްލަދޭޝްގެ ބޮޑު ވަޒީރު ޝައިޚް ހަސީނާ ވަނީ މިހާލަތު ނިމުމަކަށް ގެނެސް މުޅި މައްސަލަ ހައްލު ކުރުމަށް މިޔަންމާ ސަރުކާރަށް ގޮވާލައްވާފައެވެ.

"މިޔަންމާއިން މިކަން ފެށީ. އެމީހުންނަށް މިކަން ހައްލު ކުރެވޭނީ. އަޅުގަނޑުމެން ބޭނުން އަޅުގަނޑުމެންނާ އަވައްޓެރިންނާއެކު ވަރަށް ގާތް ގުޅުމެއް އޮންނަން" އެޤައުމުގައިވާ ރޮހިންޖާ މުސްލިމުން ބައިތިއްބާފައި ތިބޭ ރެފިއުޖީ ކޭމްޕަށް ޒިޔާރަތްކޮށް ޝައިޚް ހަސީނާ ވިދާޅުވިއެވެ.

ބަނގަލަދޭޝްގެ ރައްޔިތުންގެ މަޖިލީހުން ވަނީ މިޔަންމާ ސަރުކާރުން މިމައްސަލަ ޙައްލުކުރުމަށް ބާރުއެޅުމަށް ބައިނަލް އަޤްވާމީ މުޖްތަމައުން މިޔަންމާ ސަރުކާރަށް ޕްރެޝަރ ކުރުމަށް ގޮވާލާ ޤަރާރެއް ފާސްކޮށްފައެވެ.

ނަމަވެސް މިޔަންމާގެ ބުޑިސްޓް އޮފިޝަލަކު ބުނެފައިވަނީ މިޔަންމާ ސިފައިން ހިންގާ ހަރަކާތަކީ ސަލާމަތީ ބާރުތަކަށް ހަމަލާދޭ މީހުންނާ ދެކޮޅަށް ހިންގާ ހަރަކާތެއް ކަމަށެވެ.

މިޔަންމާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވީ ބައިނަލް އަޤްވާމީ ދުނިޔޭގެ ކަންބޮޑުވުމަށް އިޙްތިރާމް ކުރާކަމަށާއި ނަމަވެސް އެޤައުމުގެ ސިފައިން ހިންގާ ހަރަކާތަކީ ޓެރަރިސްޓް ހަމަލާތަކާ ދެކޮޅަށް ހިންގާ ހަރަކާތްތަކެއް ކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

މޯދީގެ ވީޑިއޯ މައްސަލައިގައި ޒަކަރބާގް މައާފަށް އެދިއްޖެ

އިތުރަށް ކިޔާލަން

13 މެއި 2017

މިޔަންމާގެ މުސްލިމުންނަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަނީ

13 މެއި 2017
މިޔަންމާގެ މުސްލިމުންނަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަނީ
23 އެޕްރީލު 2017

ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި

23 އެޕްރީލު 2017
ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި
10 އެޕްރީލު 2017

ފައްޅިތަކަށް ދިން ހަމަލާއަށް ފަހު މިސްރުގައި ތިން މަސްދުވަހަށް ކުއްލި ހާލަތު

10 އެޕްރީލު 2017
ފައްޅިތަކަށް ދިން ހަމަލާއަށް ފަހު މިސްރުގައި ތިން މަސްދުވަހަށް ކުއްލި ހާލަތު
10 އެޕްރީލު 2017

ބައްޝާރުލް އަސަދަށް އެމެރިކާގެ ސެކިއުރިޓީ އެޑްވައިޒަރުގެ އިންޒާރެއް

10 އެޕްރީލު 2017
ބައްޝާރުލް އަސަދަށް އެމެރިކާގެ ސެކިއުރިޓީ އެޑްވައިޒަރުގެ އިންޒާރެއް
04 އެޕްރީލު 2017

ކޮލަމްބިއާގައިި ކުއްލި ހާލަތު އިއުލާންކޮށްފި

04 އެޕްރީލު 2017
ކޮލަމްބިއާގައިި ކުއްލި ހާލަތު އިއުލާންކޮށްފި
01 އެޕްރީލު 2017

ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި

01 އެޕްރީލު 2017
ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި
17 މާރިޗު 2017

މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން

17 މާރިޗު 2017
މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން
21 ފެބުރުއަރީ 2017

ޓްރަމްޕްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރަކަށް މެކްމާސްޓަރ

21 ފެބުރުއަރީ 2017
   ޓްރަމްޕްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރަކަށް މެކްމާސްޓަރ
14 ފެބުރުއަރީ 2017

ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި

14 ފެބުރުއަރީ 2017
ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި
12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް