Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސީރިއާ ހަނގުރާމައަށް

ސީރިއާ ހަނގުރާމައަށް ދިޔަ ދެ ދިވެއްސަކު ހައްޔަރުކޮށްގެން ރާއްޖެ ގެނެސްފި

ފާއިތުވި 30 ދުވަހުގެ ތެރޭގައި ފަސް މީހަކު މިވަނީ ހައްޔަރު ކޮށްފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 21 އޮކްޓޯބަރު 2017 | ހޮނިހިރު 09:51
ސީރިއާ ހަނގުރާމައިގައި ހަރަކާތްތެރިވާ ދިވެހިންތަކެއް

ސީރިއާ ހަނގުރާމައިގައި ހަރަކާތްތެރިވާ ދިވެހިންތަކެއް

ސީރިއާ ހަނގުރާމައަށް ދިޔަ ކަމަށް ބުނެ ދެ ދިވެއްސަކު ހައްޔަރުކޮށްގެން ރާއްޖެ ގެނެސްފި އެވެ.

ފުލުހުން ބުނީ ސީރިއާ ހަނގުރާއަށް ދިޔަކަށް ތުހުމަތު ކުރެވޭ ދެ ދިވެއްސަކު ތުރުކީން ހައްޔަރުކޮށް، ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ ތުރުކީ މަގުން ސީރިއާއަށް އެތެރެވާން އުޅެނިކޮށް ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ ދެ މީހުން ރާއްޖެ ގެނެސްފައި ވަނީ ހުކުރު ދުވަހު ކަމަށާއި އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހުކުރު ދުވަހު ހާޒިރު ކުރުމުން އެ ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިދީފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ނަމަވެސް ސީރިއާއަށް ދިޔަކަމަށް ބުނެ ހައްޔަރު ކޮށްފައިވާ އެ ދެ މީހުންގެ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް ސީރިއާ ހަނގުރާމައަށް ދިޔަކަމަށް ބުނެ ތިން މީހަކު ހައްޔަރުކޮށްގެން ނެގެސްފައި ވެއެވެ.

ފުލުހުން ބުނެފައި ވަނީ އެތިން މީހުން ހައްޔަރު ކޮށްފައި ވަނީ ވެސް ތުރުކީ މަގުން ސީރިޔާއަށް އެތެރެވާން އުޅެނިކޮށް ތުރުކީ ސިފައިންނާއެކު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

ދޭތެރެ ދޭތެރެއިން ސީރިއާގެ ހަނގުރާމައަށްދާ ކަމުގެ އަޑުތައް ފެތުރޭއިރު، ސީރިއާއަށް އެތެެރެވުމުގެ ކުރިން ބައެއް ދިވެހިން ހައްޔަރު ކޮށްފައި ވެސް ވެއެވެ. ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ތުރުކީގައި ފަސް މީހަކު ހިފަހައްޓާފައިވާއިރު މެލޭޝިޔާއިން ވެސް ވަނީ ދެ ދިވެއްސަކު ހަނގުރާމައަށް ދާން އުޅެނިކޮށް އަތުލައިގަނެ، ރާއްޖެ ފޮނުވާފައެވެ. ނަމަވެސް އެ މީހުން ފުލުހުން ހައްޔަރުކޮށްފައެއް ނުވެއެވެ.

ސީރިއާގެ ހަނގުރާމައަށް ދަނިކޮށް ހައްޔަރު ކުރި ތިން މީހެއްގެ މައްޗަށް މިހާރު ވެސް ކްރިމިނަލް ކޯޓުގައި ދަނީ ޝަރީއަތް ހިންގަމުންވެ.

ސީރިޔާއަށް ހަނގުރާމައަށް ދާން އުޅުނުކަމުގެ ތުހުމަތުގައި ދައުވާ ކޮށްފައި ވަނީ، ލ. މާމެންދޫ، މުރިނގު، އަހުމަދު ލަތީފާއި، ގދ. ރަތަފަންދޫ، ނީލްވީލާ، އަހުމަދު ސުހައިލް މޫސާ އާއި، ތ. ގާދިއްފުށީ ކެނެރީގޭ، މުނައްވަރު އަބްދުﷲ ގެ މައްޗަށެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު