Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއާ ލީގު

ދިވެހި ޕްރިމިއަރ ލީގު: ނިއު ރޭޑިއަންޓުން ފަސް ޕޮއިންޓަށް ލީޑު ފުޅާކޮށްފި

މިމެޗު ނިއު ކާމިޔާބު ކުރީ 3-0ން

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 21 އޮކްޓޯބަރު 2017 | ހޮނިހިރު 01:05
ލީގުގައި ނިއު ރޭޑިއަންޓާއި ގްރީން ސްޓްރީޓް ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔަކީ ނިއުގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ)

ލީގުގައި ނިއު ރޭޑިއަންޓާއި ގްރީން ސްޓްރީޓް ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔަކީ ނިއުގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ)

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ބުރުގައި ގްރީން ސްޓްރީޓް އަތުން ހޯދި މޮޅާއެކު، ލީގު ތާވަލްގެ ކުރީގައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ފަސް ޕޮއިންޓަށް ލީޑު ފުޅާކޮށްފި އެވެ.

ދިވެހި ޕްރިމިއަރ ލީގުގައި ހުކުރު ދުވަހުގެރޭ ގްރީން ސްޓްރީޓާއި ބައްދަލުކުރި މެޗު ނިއު ރޭޑިއަންޓް ކާމިޔާބު ކުރީ ތިން ލަނޑު ސުން ލަނޑުންނެވެ.

މިމެޗަށް ނިއުއިން ނިކުތީ، އަނިޔާ އިން އެނބުރި އައިސް، ލީގުގައި އެންމެ ފަހުން މިލަންދޫ އާއި ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ޤައުމީ ކެޕްޓަން އަލީ އަޝްފާޤް (ދަގަނޑޭ) ފުރަތަމަ އެގާރާގައި ހިމަނައިގެންނެވެ.

ސަސްޕެންޝަންގެ ސަބަބުން ޔޫކްރެއިންގެ ޑިފެންޑަރު ކޮވަލްޗަކް ޕެޓްރޯ ނުލައި މިމެޗަށް ނުކުތް ގްރީން ސްޓްރީޓަށް އިތުރު މައްސަލައަކަށްވީ، މެޗު ފެށިގެން ހަވަނަ މިނިޓުގައި ނިއު ރޭޑިއަންޓްގެ ސްޕެއިންގެ މިޑްފީލްޑަރ ކަންޑޭލާ އަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން، އެޓީމުގެ ޒުވާން މިޑްފީލްޑަރ އަލީ ޝާމިސް އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމާއެކު، މެޗުގެ ބޮޑު ބައި އެއް ކުޅުންތެރިޔަކު މަދުން ކުޅެން ޖެހުމެވެ.

ގްރީން ސްޓްރީޓް އެއް ކުޅުންތެރިޔަކު މަދުން ކުޅެނިކޮށް، ނިއު އިން މިމެޗުގައި ލީޑު ނެގީ 14 ވަނަ މިނިޓުގައި ޒުވާން ފޯވާޑް ހަމްޒާ މުޙައްމަދު (ހަމްޕު) ޖަހައިދިން ލަނޑުންނެވެ.

މިނަތީޖާގައި އޮވެ މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމުނުއިރު، މެޗުގެ 64 ވަނަ މިނިޓުގައި ނިއުއަށް ލީޑު ފުޅާ ކޮށްދިނީ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އެވެ.

ނިއުގެ ފަހު ލަނޑު، މެޗު ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށް ޖަހައިދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ވައިސް ކެޕްޓަން މުޙައްމަދު ރަޝީދު (ހޮކޭ) އެވެ.

މިމޮޅާއެކު ދިވެހި ޕްރިމިއަރ ލީގު ތާވަލްގެ އެއްވަނާގައިވާ ނިއު ރޭޑިއަންޓުން ފަސް ޕޮއިންޓުގެ ލީޑެއް ނެގީ 24 ޕޮއިންޓް ހަމަކޮށްގެންނެވެ. ނިއު އަށްވުރެ އެއް މެޗު މަދުން ކުޅެގެން ދެވަނާގައިވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ތިންވަނާގައިވާ ޓީސީ ސްޕޯޓްސް ކްލަބަށް ލިބިފައިވަނީ 19 ޕޮއިންޓެވެ. ލީގުގައި ހޮނިހިރު ދުވަހުގެ ރޭ މިދެޓީމް ބައްދަލުކުރާ މެޗުން ކޮންމެ ޓީމެއް މޮޅުވި ނަމަވެސް، ނިއުގެ ލީޑު ދެ ޕޮއިންޓަށް ހަނިވާނެ އެވެ. ދެޓީމް އެއްވަރުވެއްޖެނަމަ، ނިއު އާއި ދެމެދުވާ ޕޮއިންޓްގެ ފަރަގު ހަތަރު ޕޮއިންޓަށް ހަނިވާނެ އެވެ.

12 ޕޮއިންޓާއެކު ލީގުގެ ހަތަރުވަނާގައި ގްރީން ސްޓްރީޓް އޮތްއިރު، އެޓީމަށްވުރެ އެއް މެޗު މަދުން ކުޅެގެން ފަސްވަނާގައިވާ ތިނަދޫ އަށް ލިބިފައިވަނީ 10 ޕޮއިންޓެވެ. އެއް ޕޮއިންޓާއެކު ލީގުގެ ފުލުގައިވާ ކުޑަހުވަދޫ އާއި ދެކޮޅަށް މާދަމާ ހަވީރު ކުޅޭ މެޗު ތިނަދޫ ކާމިޔާބު ކޮށްފިނަމަ، ގްރީން ސްޓްރީޓްގެ ބަދަލުގައި ހަތަރުވަނަ މަގާމް ތިނަދޫ އަށް ލިބޭނެ އެވެ.

ލީގުގެ ހަވަނާގައިވާ މާޅޮހަށް އަށް ޕޮއިންޓް ލިބިފައިވާއިރު، ފަސް ޕޮއިންޓާއެކު ހަތްވަނާގައި ވަނީ މިލަންދޫ އެވެ.

ދިވެހި ޕްރިމިއަރ ލީގުގައި މާދަމާ ހޮނިހިރު ދުވަހު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ތިނަދޫ އަދި ކުޑަހުވަދޫ އެވެ. ހޮނިހިރު ދުވަހުގެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އަދި ޓީސީ ސްޕޯޓްސް ކްލަބެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
11 ޖެނުއަރީ 2017

ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ
11 ޖެނުއަރީ 2017

ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ
07 ޖެނުއަރީ 2017

ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި

07 ޖެނުއަރީ 2017
ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު