Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެފްއޭއެމްއަށް ނުފޫޒް ފޯރުވުން

އެފްއޭއެމްއަށް ނުފޫޒު ފޯރުވާ އިރު އެކްސްކޯ ހިމޭނުން!

އެފްއޭއެމް އަށް ނުފޫޒް ފޯރުވާއިރު، ބައްސާމް ހިމޭނުން ހުރުމުން ގިނަ ބަޔަކު ހިތްހަމަނުޖެހޭ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 21 އޮކްޓޯބަރު 2017 | ހޮނިހިރު 06:59
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަކީ ދިވެހި ފުޓުބޯޅައިގެ މައި އިދާރާއެވެ. އެ އިދާރާއަކީ ދުނިޔޭގެ މައި ފުޓުބޯޅަ އިދާރާ އާއި އޭޝިއަން ފުޓުބޯޅަ ފެޑެރޭޝަން (އޭއެފްސީ) އަދި ދިވެހި ސަރުކާރުގެ އެއްބާރުލުމާ އެކު ހިނގާ ތަނެކެވެ. އެ ތަނަށް އެއްވެސް ސިޔާސީ ނުފޫޒެއް ނުފޯރުވޭނެއެވެ. ނުފޫޒު ފޯރުވާކަން އެނގިއްޖެ ނަމަ ބޮޑު ސަސްޕެންޝަނެއް އައުމަކީ ގާތްކަމެކެވެ.

ރާއްޖޭގެ އެއްވަނަ ކުޅިވަރަށް އަދި އެންމެ ބޮޑު ހޭދައެއް ކުރަނީ ފުޓުބޯޅަ އަށް ކަމަށް ވެފައިވާއިރު، ސަޕޯޓަރުން ވަރަށް ގިނައެވެ. ފުޓުބޯޅަ ކުރިއަރާތަން ދެކެން ސަޕޯޓަރުން ވެސް ބޭނުންވާނެއެވެ. އެހެންނަމަވެސް މިހާރަކަށް އައިސް ފުޓުބޯޅައަށް ބައެއް މީހުން ސިޔާސީ ގޮތުން ނުފޫޒް ފޯރުވާ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. މިއީ އެތައް ބަޔަކު އެކަމާ ކަންބޮޑުވާ ކަމެކެވެ. އެފްއޭއެމްގެ އެގްޒެކެޓިވް ބޯޑަކީ އަބަދު ވެސް ސިޔާސީ ނުފޫޒު އޮންނަ ތަނެކެވެ. އެ ތަނުގައި ސިޔާސީ މީހުން އަބަދު ވެސް ތިބެއެވެ. ނަމަވެސް މިހާރު އޮތް ބޯޑްގައި ސިޔާސީ މެންބަރުން ގިނައެވެ.

Caption

ފުޓުބޯޅައަށް ސިޔާސީ ނުފޫޒް ފޯރާ ވާހަކަ ދެކެވޭ އިރު، ރައީސް ބައްސާމް އަދީލް ޖަލީލު އެކަން ރަނގަޅުކުރަން ނޫޅުއްވަނީ ކީއްވެތޯ އެތައް ބަޔަކު ސުވާލު އުފައްދައެވެ. އެބޭފުޅާ މަގާމާ ހަވާލުވީ ސިޔާސީ އެގްޒެކެޓިވް ކޮމެޓީއަކާ އެކުގައެވެ. އެބޭފުޅާގެ ވައުދަކަށް ވެފައި އޮތީ އެކްސްކޯގައި ތިބި ސިޔާސީ ބޭފުޅުން މާގިނަ ދުވަސްތަކެއް ނުވެ، އެ މަގާމުން ނުފެންނާނެ ކަމެވެ. އެގޮތުން ބައެއް މެމްބަރުން ވަނީ މިހާރު މަގާމުން ދުރުވެފައެވެ. އެހެންނަމަވެސް އަދިވެސް އޭގެ ތެރެއިން ބައެއް ބޭފުޅުން އިސްތިއުފާ ނުދެއްވާއިރު، ވައުދު އެއްކޮށް ފުރިހަމަވީ ކަމަށް ބެލެވޭކަށް ނެތެވެ. މިއީ ވެސް ސިޔާސީ ނުފޫޒް އެފްއޭއެމްއަށް ވަނުމަށް ހުޅުވިފައިވާ ދޮރެކެވެ.

އެފްއޭއެމްގެ ރައީސްކަމާ ބައްސާމް ހަވާލުވެ އަހަރެއް ފުރެން ކައިރިވެފައިވާއިރު، ފުޓުބޯޅައަށް ބަދަލުތަކެއް ގެނައުމަށް މަސައްކަތްތަކެއް އެބަ ކުރެވެއެވެ. މާލީ ގޮތުންނާއި އުމުރާނީ ގޮތުން ވެސް ތަރައްގީތަކެއް އެބަ އާދެއެވެ. ނަމަވެސް ޖުމްލަ ގޮތެއްގައި ރާއްޖޭގެ ފުޓުބޯޅަ އެތައް ތަނަކުން ސޮއްސާލައި ފަހަތަށް ދަނީ ޖެހެމުންނެވެ. ސަބަބުތައް ގިނައެވެ. ފުޓުބޯޅައިގެ ތެރެއަށް އަދި ފުޓުބޯޅައިގެ މައި އިދާރާގެ ތެރެއަށް ސިޔާސީ ނުފޫޒު ވަންނަމުން ދިއުމެވެ. ސަރުކާރުގެ ސިޔާސީ މަގުސަދުތައް ހާސިލްކުރުމަށް އެފްއޭއެމް ބޭނުންކުރަމުން ދިއުމަކީ ވެސް އޭގެ ސަބަބެކެވެ.

Caption

އެފްއޭއެމްގެ ރައީސްގެ މަގާމަށް ބައްސާމް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތްކުރެއްވި ބޭފުޅަކީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ރައީސް މުހައްމަދު ޝަވީދުއެވެ. އެކަންކުރެއްވުމަށް ފަހު، ޝަވީދު މަޑުމަޑުން ފުޓުބޯޅައާ ދުރަށް ވަޑައިގެންނެވިއެވެ. އެހެންނަމަވެސް އެބޭފުޅާގެ ނުފޫޒު ވެސް އެފްއޭއެމް އަށް ކުރިމަތިވާ ކަމަށް އެތައް ބަޔަކު ބުނެއެވެ. މިއީވެސް ކަންބޮޑުވާންޖެހޭ ކަމެކެވެ. އެފްއޭއެމް އަށް އެއްވެސް ބައެއްގެ ނުފޫޒެއް އައިސްގެން ނުވާނެއެވެ. އެތަން ހިނގަންވާނީ މިނިވަންކޮށެވެ.

އެފްއޭއެމް އަށް ސިޔާސީ ނުފޫޒް ފޯރާފައިވާވަރު ހާމަކޮށްދޭ ބައިވަރު ކަންތައްތައް އެބަހުއްޓެވެ. އެ އިދާރާގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ އޮފީހެއް ހުޅުވާފައި ހުރުމަކީ ޖެހިފައިވާ އެންމެ ބޮޑު ލައްގަނޑެވެ. ފުޓުބޯޅައިގެ މައި އިދާރާގެ އިމާރާތުގެ ތެރޭގައި ސިޔާސީ ކެމްޕެއިން އޮފީހެއް ހުރުމުން ވެސް ތަނުގެ މިނިވަންކަމާ މެދު ސުވާލު އުފެދެއެވެ. ކުއްޔަށް ދިން ކަމުގައި ވިޔަސް އެއީ ތަނުގެ އިންޓަގްރިޓީއާ މެދު ސުވާލު އުފެއްދުމަށް ޖާގަ ލިބޭ ކަމަކެވެ.

Caption

އެފްއޭއެމް އިން ނިންމާ ކަންތައްތަކުގައި ބަސް ބުނެވެންޖެހޭނީ އެކްސްކޯއަށެވެ. ފަހަކަށް އައިސް އަޑުތައް ފެތުރޭ ގޮތުގައި އެފްއޭއެމްގެ ބައެއް މަސައްކަތްތަކަށް މި ބުނާ އޮފީހުގެ ނުފޫޒު ވެސް ދަނީ ފޯރަމުންނެވެ.

ރައީސް ޔާމީންގެ 2018 ގެ ކެމްޕޭނަށް ކުޅިވަރު ފިއެސްޓާއެއް ވަނީ އިއުލާންކޮށްފައެވެ. އޭގެ ދަށުން ރާއްޖޭގެ ހުރިހާ ކުޅިވަރެއް ސިޔާސީވުމުގެ ފުރުސަތު އެބައޮތެވެ. ފިއެސްޓާއަށް ހުރިހާ އެސޯސިއޭޝަނަކުން ވެސް އެއްބާރުލުން ދޭއިރު، އެ އެސޯސިއޭޝަންތަކުން ހިންގާ ބައެއް މުބާރާތްތައް މި އަހަރު ނުހިންގާ އެކަމަށް ފޯކަސްކުރާ ވާހަކަ ވެސް އަޑު އިވެއެވެ.

އަނެއްކޮޅުން މައި ފުޓުބޯޅަ ކުރިއެރުވުމަށް ވުރެ ބޮޑަށް ފުޓުސަލް ދަނޑުތައް އިތުރުކޮށް އެއަށް ހިތްޖެއްސުމަށް ކުރާ މަސައްކަތް މާބޮޑެވެ. ނަމަވެސް ހަގީގަތަކީ އެއީ ބައިނަލްއަގުވާމީ މައިދާނުގައި މުޅިން ތަފާތު ދެ ކުޅިވަރު ކަމެވެ. ފުޓުސަލް ދަނޑުތައް ގިނަވެ އެ ކުޅިވަރު ކުޅޭ ޒުވާނުން އިތުރުވުމަކީ ފުޓުބޯޅަ ކުރިއެރުމެއް ނޫނެވެ. އެއީ ބައެއް ހާލަތްތަކުގައި ފުޓުބޯޅައަށް ދެވޭ ބޮޑު ގެއްލުމެކެވެ. އޭގެ އަސަރުތައް ރާއްޖެއިން މިހާރު އެދަނީ ފެންނަމުންނެވެ. އަރަމުން އަންނ ޒުވާން ޓީމުތަކުގެ ފެންވަރު ދަށްވުމަކީ އޭގެ ހެއްކެކެވެ. ފުޓުސަލް އަށް ފޯރިގަދަވެ ފުޓުބޯޅައަށް ދޭ ސަމާލުކަން ކުޑަވުމުގެ ނަތީޖާ ވަރަށް ހިއްޗެވެ. ނަމަވެސް މިއީ ވެސް ސިޔާސީ މަގުސަދެއްގައި ބަޔަކު ކުރަމުން ދާ ކަމެކެވެ.

Caption

ފުޓުބޯޅަ ސިޔާސީ ކަންކަމާ ދުރުކުރުވަން ޖެހެއެވެ. ރާއްޖޭގެ ފުޓުބޯޅަ ހަލާކުވެ ސަޕޯޓަރުން ދަނޑުތަކާ ދުރަށް ދިޔައީ ވެސް ސިޔާސީ ކަންކަމުގެ ސަބަބުންނެވެ. ފުޓުބޯޅަ އާއި ސިޔާސީ ކަންކަން އެއްކޮށްފި ނަމަ ލިބޭނީ ޕާކިސްތާނަށް ލިބުނު ފަދަ ލަނޑެކެވެ. އެ ގައުމުގެ ފުޓުބޯޅަ އިދާރާއަށް ސިޔާސީ ނުފޫޒް ފޯރަމުންދާތީ ފީފާއިން ވަނީ އެގައުމު ސަސްޕެންޑުކޮށްފައެވެ. ދެން ސަސްޕެންޑުކުރާ ގައުމަކަށް ރާއްޖެ ނުވުމަކީ އެންމެންގެ އެދުމެވެ. މިހާރުން ފެށިގެން ފުޓުބޯޅަ އާއި ސިޔާސީ ކަންކަން ދުރުކުރުވަންޖެހެއެވެ. ރައީސް ބައްސާމްވެސް ސިޔާސީ ނުފޫޒަށް ނޫނެކޭ ބުނަންޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެލާނިއާ ސައުދީއަށް ވަޑައިގެންނެވިއިރު ހެދުން ތުރުކުރައްވާފައި ހުންނެވި ގޮތް ކަމުދޭތަ؟

މެލާނިއާ ސައުދީއަށް ވަޑައިގެންނެވިއިރު ހެދުން ތުރުކުރައްވާފައި ހުންނެވި ގޮތް ކަމުދޭތަ؟

20 މެއި 2017
ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

19 މެއި 2017
އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!

އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!

14 މެއި 2017
ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

23 އެޕްރީލު 2017
ތިޔަތިބީ ޣައިރު ގާނޫނީ އަމުރަކަށް ތަބާވެވިފައި! ދެން ހަދާނީ ކިހިނެއް؟

ތިޔަތިބީ ޣައިރު ގާނޫނީ އަމުރަކަށް ތަބާވެވިފައި! ދެން ހަދާނީ ކިހިނެއް؟

19 އެޕްރީލު 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު