Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ ޓީވީ

ފަސް ލައްކަ ރުފިޔާ ނުދައްކާތީ ކަމަށް ބުނެ ރާއްޖެ ޓީވީގެ މައްސަލަ ބޭރުކޮށްލައިފި

19 އޮކްޓޯބަރު 2017 | ބުރާސްފަތި 13:42

މައްސަލަ ބޭރުކޮށްލީ ޖޫރިމަނާ ދެއްކިކަން އެނގޭ ލިޔުމެއް ހުށަނާޅާތީ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 19 އޮކްޓޯބަރު 2017 | ބުރާސްފަތި 13:42
ރާއްޖެޓީވީގެ އަބުރުފުޅު ފަންޑަށް ގއ. ވިލިނގިލީ ބަޔަކު އެހީވަނީ

ރާއްޖެޓީވީގެ އަބުރުފުޅު ފަންޑަށް ގއ. ވިލިނގިލީ ބަޔަކު އެހީވަނީ

ރާއްޖެ ޓީވީގައި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ދެއްކެވި ވާހަކައަކާ ގުޅިގެން ފަސް ލައްކަ ރުފިޔާއިން ރާއްޖެ ޓީވީ ޖޫރިމަނާ ކުރުމުން ބްރޯޑްކާސްޓިން ކޮމިޝަނާ ދެކޮޅަށް ރާއްޖެ ޓީވީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައި ނުގަނެ ބޭރުކޮށްލައިފިއެވެ.

ސިވިލް ކޯޓުން ހުސަހެޅި މައްސަލަ ބޭރުކޮށްލިކަން އަންގައި ސިވިލް ކޯޓުގެ ރަޖިސްޓްރާ ރާއްޖެ ޓީވީއަށް ފޮނުވާފައި ސިޓީގައި ބުނެފައި ވަނީ 2017 ޖުލައި 28 ވަނަ ދުވަހު ރާއްޖެ ޓީވީން ވަގުތުން ގެނެސްދިން ޕްރޮގްރާމެއްގައި ދައްކާފައިވާ ވާހަކައެއް، އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 9 ވަނަ މާއްދާއާއި ޚިލާފް ކަމަށް ބުނެ 2017 އޮކްޓޯބަރ 5 ވަނަ ދުވަހު ރާއްޖެ ޓީވީ 500،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާތީ އެނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައަޅައި އެނިންމުން ބާތިލު ކުރުމަށް ހުށަހަޅާފައިވާ ދައުވާ ފޯމެއްކަން އެނގޭ ކަމަށެވެ.

Advertisement - newsAdvertisement

ސިވިލް ކޯޓުން ބުނީ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 4 ވަނަ ބާބުގެ ދަށުން ކުރެވޭ ޖޫރިމަނާ އިސްތިއުނާފްކުރެވޭނީ ފައިސާ ދެއްކުމަށް ފަހުގައި ކަމަށް އެޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން ދައުވާ ފޯމާއެކު ޖޫރިމަނާ ފައިސާ ދައްކާފައިވާކަން އެނގޭ ލިޔުމެއް ހުށަހަޅާފައި ނުވާތީ އެކަމަކީ ޤާނޫނުގައި ބުނާ އިޖުރާއަތްތައް ފުރިހަމަކޮށް ހުށަހަޅާފައިވާ ދައުވާއެއް ކަމަށް ބެލެވެން ނެތުމުން މައްސަލަ ބަލައިގަތެވެން ނެތީ ކަމަށް އެ ސިޓީގައި ވެއެވެ. އަދި މިހާރު ހުށަހަޅާފައިވާ ގޮތައް އެދައުވާ ރަޖިސްޓްރީ ކޮށްދެވެން ނެތް ކަމަށް ވެސް އަންގާފައި ވެއެވެ.

ޖޫރިމަނާ ފައިސާ ނުދައްކާތީ ކަމަށް ބުނެ މިމައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލާފައިވާއިރު ރާއްޖެޓީވީ ރޯކޮށްލުމުގެ ސަބަބުން ލިބުނު 11.65 މިލިއަން ރުފިޔާގެ ގެއްލުމުގެ ބަދަލު ހޯދަން ހުށަހެޅި މައްސަލަ ވެސް ބެލެން ނެތް ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން އެ މައްސަލަ ވެސް ވަނީ ބޭރުކޮށްލާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް