Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެންބީއޭ

އެންބީއޭ: ސްޕާސް އާއި ރޮކެޓްސް މޮޅުވިއިރު ސެލްޓިކްސް ބަލިވެއްޖެ

19 އޮކްޓޯބަރު 2017 | ބުރާސްފަތި 11:51

ބޯސްޓަން ސެލްޓިކްސް މިލުވާކީ ބަކްސް އާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވެފައި ވަނީ 108 ޕޮއިންޓް 100 ޕޮއިންޓުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 19 އޮކްޓޯބަރު 2017 | ބުރާސްފަތި 11:51
ބަކްސް އާއި ސެލްޓިކްސް ކުޅުނު މެޗުގެ ތެރެއިން ބަކްސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިން ޖިއަނިސް އަންޓެޓުކޮމްޕޯ

ބަކްސް އާއި ސެލްޓިކްސް ކުޅުނު މެޗުގެ ތެރެއިން ބަކްސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިން ޖިއަނިސް އަންޓެޓުކޮމްޕޯ

އެމެރިކާގެ ނެޝެނަލް ބާސްކެޓްބޯލް ލީގު (އެންބީއޭ)ގައި ސެން އެންޓޯނިއޯ ސްޕާސް އާއި ހިއުސްޓަން ރޮކެޓްސް ކުޅުނު މެޗުތަކުން އެ ދެ ޓީމު މޮޅުވިއިރު ބޯސްޓަން ސެލްޓިކްސް ބަލިވެއްޖެއެވެ.

އެންބީއޭގެ ތާރީހުގައި އެންމެ ކާމިޔާބު އެއް ޓީމު ކަމަށްވާ ބޯސްޓަން ސެލްޓިކްސް މިލުވާކީ ބަކްސްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެފައި ވަނީ 108 ޕޮއިންޓް 100 ޕޮއިންޓުންނެވެ. މި މެޗުގައި މިލުވާކީ ބަކްސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިން ކުޅުންތެރިޔަކީ އެ ޓީމުގެ ގްރީސް ކުޅުންތެރިޔާ ޖިއަނިސް އަންޓެޓުކޮމްޕޯއެވެ. އޭނާ ބަކްސްއަށް 37 ޕޮއިންޓް އެއްކޮށް 3 އެސިސްޓް ހަދާ 13 ރީބައުންޑް ނަގައިދީފައި ވެއެވެ.

ސެލްޓިކްސް ކުޅުނު ފުރަތަމަ މެޗުން ވެސް އެ ޓީމު ބަލިވިއިރު މި މެޗުގައި އެ ޓީމާއި އަލަށް ގުޅުނު ކުޅުންތެރިޔާ ގޯޑަން ހޭވާޑް އަނިޔާގެ ސަބަބުން ކުޅެފައެއް ނުވެއެވެ. މި މެޗުގައި ސެލްޓިކްސްއަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިން ކުޅުންތެރިޔަކީ 18 ޕޮއިންޓާއެކު ޖޭލެން ބްރައުންއެވެ.

ސެން އެންޓޯނިއޯއަށް ނިސްބަތްވާ ސެން އެންޓޯނިއޯ ސްޕާސް އިން ވަނީ 107 ޕޮއިންޓް 99 ޕޮއިންޓްއިން މިނެސޯޓާ ޓިމްބާވުލްވްސް ބަލިކޮށްފައެވެ. މި މެޗުގައި އެ ޓީމަށް ސްޕާސްއަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިން ކުޅުންތެރިޔަކީ 25 ޕޮއިންޓާއެކު ލަމާކަސް އަލްޑްރިޖްއެވެ. ހަމައެހެންމެ މިނެސޯޓާ ޓިމްބާވުލްވްސްއަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިން ކުޅުންތެރިޔަކީ 26 ޕޮއިންޓާއެކު އެންޑްރޫ ވިގިންސްއެވެ.

މިދިޔަ ސީޒަނުގެ އެންބިއޭގެ ޗެމްޕިއަނުން ކަމަށްވާ ގޯލްޑަން ސްޓޭޓް ވޯރިއާސް ފުރަތަމަ މެޗުގައި ބަލިކުރުމަށްފަހު ހިއުސްޓަން ރޮކެޓްސްއިން ވަނީ ދެވަނަ މެޗުގައި ސެކްރެމެންޓޯ ކިންގްސް 100 ޕޮއިންޓް 105 ޕޮއިންޓްއިން ބަލިކޮށްފައެވެ. މި މެޗުގައި ރޮކެޓްސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 27 ޕޮއިންޓާއެކު ޖޭމްސް ހާޑެންއެވެ. ހަމައެހެންމެ ކިންގްސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 21 ޕޮއިންޓާއެކު ވިލީ ކޯލީ ސްޓެއިންއެވެ.

އެންބީއޭގައި ކުޅުނު އިތުރު މެޗުތަކަށް ބަލާލާއިރު ވޮޝިންޓަން ވިޒާޑްސް ވަނީ ފިލަޑެލްފިއާ ސެވަންޓީސިކްސާސް ބަލިކޮށްފައެވެ. އަދި ޑެޓްރޮއިޓް ޕިސްޓަންސް އާއި އިންޑިއާނާ ޕޭސާސް އާއި، އޮރްލެންޑޯ މެޖިކް، މެމްފިސް ގްރިޒްލީސް، އެޓްލާންޓާ ހޯކްސް، އަދި ޕޯޓްލެންޑް ޓްރައިލް ބްލޭޒާސް ވަނީ އެ ޓީމުތައް ކުޅުނު މެޗުތަށް ކާމިޔާބު ކޮށްފައެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017
ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް