Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޤަތަރު-މެލޭޝިއާ

ގަތަރުގެ އަމީރު މެލޭޝިއާއަށް ވަޑައިގެންނެވީ ކީއްވެ؟

ދެ ގައުމުން ޚާރިޖީ ގުޅުން ގާއިމް ކޮށްފައިވަނީ 1974 ވަނަ އަހަރު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 16 އޮކްޓޯބަރު 2017 | ހޯމަ 13:35
ޝެއިޚް  ތަމީމް ބިން ހަމަދު  އަލް ޘާނީގެ މި ދަތުރުފުޅަކީ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއް

ޝެއިޚް ތަމީމް ބިން ހަމަދު އަލް ޘާނީގެ މި ދަތުރުފުޅަކީ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއް

ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ޘާނީ، މިވަގުތު ގެންދަވަނީ ކެބިނެޓްގެ މެމްބަރުންނާއި ވިޔަފާރިވެރިންގެ ވަފްދަކާއެކު ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާއަށް ޒިޔާރަތް ކުރައްވަމުންނެވެ.

އާދީއްތަ ދުވަހު މެލޭޝިއާއަށް ވަޑައިގެންނެވި އަމީރު ވަނީ މެލޭޝިއާގެ ވެރިންނާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުމާއި ވަކިން ކާއްސަކޮށް ހަކަތައާއި އިގްތިސާދާ އަދި އިންވެސްޓްމަންޓްތާކާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ރާއްވަވާފައެވެ.

ޤަތަރާ މެލޭޝިއާގެ އިގްތިސާދީ އަދި ސިޔާސީ ގުޅުމަށް ބަލާލުމެއް

ވަރލްޑް ކަޕް

*ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވަރލްޑް ކަޕަށް ތައްޔާރު ވުމަށް އެ ގައުމުގައި ގެންދަނީ އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތަކެއް ހިންގަމުންނެވެ. އޭގެ ތެރޭގައި ރެއިލް ނެޓްވޯކާ، އަށް ސްޓޭޑިއަމާއި އަލަށް ބިނާ ކުރާ ލުސެއިލް ސިޓީ ހިމެނެއެވެ.

*މި އެންމެހާ މަޝްރޫއުތަކަށް ބޭނުންވާ ލަކުޑި އެކްސްޕޯޓް ކުރުމަށް ލިބޭ ފުރުސަތު ވެގެންދާނީ މެލޭޝިއާއަށް ލިބޭ ރަނގަޅު ފުރުސަތަކަށެވެ. ސައުދީއާ ގުޅިފައިވާ ކޯލިޝަނުން ޖޫން މަހު ގަތަރަށް ދަތިކުރުމުގެފިޔަވަޅު އެޅިފަހުން ސައުދީގެ ބަދަލުގައި ޤަތަރަށް ސްޓީލް ސަޕްލައި ކުރަނީ މެލޭޝިއާއިންނެވެ.

* މެލޭޝިއާގެ ބޮޑުވަޒީރުގެ ނައިބް އަހުމަދު ހަމީދީ ފެބްރުއަރީ މަހު ޤަތަރަށް ކުރެއްވި ދަތުރުފުޅުގައިވަނީ ވަރލްޑް ކަޕަށް ހިންގޭ މަޝްރޫއުތަކުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

* ގަތަރުގައި އިމާރާތްކުރުމުގެ ދާއިރާ އާއި ހޮސްޕިޓާލިޓީ ދާއިރާގައި މެލޭޝިއާގެ 15 ކުންފުންޏެއް މަސައްކަތް ކުރެއެވެ.

ދެ ގައުމުގެ ވިޔަފާރި

* ގަތަރާ މެލޭޝިއާއިން ވަނީ 2011 ވަނަ އަހަރު 2 ބިލިއަން ޑޮލަރުގެ ޖޮއިންޓް އިންވެސްޓްމަންޓް ފަންޑެއް ގާއިމްކޮށްފައި

* މެލޭޝިއާގެ ނޫސްތަކުން ބުނާގޮތުގައި 2016 ވަނަ އަހަރު ގަތަރާ މެލޭޝިއާއާ ދެެމެދު 566 މިލިއަން ޑޮލަރުގެ ވިޔަފާރި ކޮށްފައިވެއެވެ.ގަތަރު ނިއުސް އޭޖެންސީން ބުނާގޮތުން މި އަދަދު މިހާރު ވަނީ 1.1 ބިލިއަން ޑޮލަރަށް އަރާފައެވެ.

* މެލޭޝިއާ އިން ޤަތަރަށް އެކްސްޕޯޓް ކުރާ ތަކެތީގެ ތެރޭގައި މެޝިނަރީއާއި،ލަކުޑީގެ އުފެއްދުންތަކާއި،ކަރަންޓް ސާމާނާއި އަދި ދަގަނޑުން އުފައްދާފައި ހުންނަ ތަކެތި ހިމެނެއެވެ.މެލޭޝިއާއިން 218 ގައުމަކަށް ލަކުޑި އެކްސްޕޯޓް ކުރާއިރު ލަކުޑީގެ އިންޑަސްޓްރީއަކީ 2020 ގެ ތަރައްގީގެ ޕްލޭނުގެ ތަޅުދަޑިކަމުގައިވަނީ ބެލެވިފައެވެ.

* ޤަތަރުން މެލޭޝިއާއިން އިމްޕޯޓް ކުރާ މައިގަނޑު އެއްޗަކީ ޕެޓްރޯލިއަމްއާއި،ކެމިކަލާއި، އެލުމެނިއަމްގެ އުފެއްދުންތަކާއި،ކުދި މެޝިނަރީއާ އިކުއިޕްމަންޓެވެ.

ޚާރިޖީ ގުޅުން

* އަމީރުގެ މި ދަތުރުފުޅު ކުރައްވަމުން މި ގެންދަވަނީ ފެބްރުއަރީ މަހުގެ ފަހުކޮޅު ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒުވެސް މެލޭޝިއާއަށް ދަތުރުފުޅެއް ކުރައްވާފައި ވަނިކޮށެެވެ. މެލޭޝިއާއިން ދަނީ ދެ ގައުމާއެކުވެސް ގާތް ގުޅުމެއް ބާއްވަމުންނެވެ.

* ގަތަރާއި އަވަށްޓެރި ތިން ގައުމަކުން އެގައުމާ ގުޅުން ކަނޑާލުމުން މެލޭޝިއާގެ ބޮޑުވަޒީރު ވިދާޅުވެފައިވަނީ "ﷲ ގެ ހަޟުރަތުގަިއ ދުއާ ދަންނަވަނީ އަރަބިންގެ މެދުގައި އުފެދިފައިވާ ދެބަސްވުން އެކުވެރިކަމާއެކު ހައްލުވެ ގަލްފުގެ ސުލްހަ މަސަލަސްކަން އަލުން އިއާދަ ކުރައްވާ ފާނދޭވެ" އެވެ.

* ސަރަހައްދީ މައްސަލަތަކުގައި ޤަތަރާއި މެލޭޝިއާއިން ގެންގުޅެނީ އެއްގޮތް ސިޔާސަތުތަކެވެ. ޚާއްސަކޮށް އިސްރާއީލާއި ފަލަސްތީނުގެ މައްސަލައާއި މިޔަންމާގައި ހިނގަމުންދާ ރޮހިންޖާ މައްސަލަ ހިމެނެއެވެ.

* ދެ ގައުމުން ޚާރިޖީ ގުޅުން ގާއިމް ކޮށްފައިވަނީ 1974 ވަނަ އަހަރު އިންޑޮނީޝިއާގައި ހުންނަ ޤަތަރު އެމްބަސީ މެދުވެރިކޮށެވެ. ޤަތަރުގައި ހުންނަ ކުއާލަލަމްޕޫރުގެ އެމްބަސީ ގާއިމް ކޮށްފައިވަނީ 2004 ވަނަ އަހަރުއެވެ.

* ޤަތަރުގެ ކުރީގެ އަމީރު ޝެއިޚް ހަމަދު ބިން ޚަލީފާ އަލް ޘާނީ 2009 ވަނަ އަހަރު މެލޭޝިއާއަށް ވަޑައިގެންފައިވާއިރު މެލޭޝިއާގެ ރަސްގެފާނު ވަނީ 2010 ވަނަ އަހަރު ޤަތަރަށް ވަޑައިގެންފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިހާބޮޑު ދެކޮޅުވެރި ކަމެއް ދުޝްމަނުންގެ ކިބައިންވެސް ނުދެކެން: ގަތަރުގެ ޚާރިޖީ ވަޒީރު

މިހާބޮޑު ދެކޮޅުވެރި ކަމެއް ދުޝްމަނުންގެ ކިބައިންވެސް ނުދެކެން: ގަތަރުގެ ޚާރިޖީ ވަޒީރު

08 ޖޫން 2017
ޔޫއޭއީން ގަތަރަށް ދޭ ޕޯސްޓުގެ ޚިދުމަތް ކަނޑާލައިފި، ގަތަރުގެ މައްސަލަ ހައްލު ކުރެވޭތޯ މަޝްވަރާ ކުރަނީ

ޔޫއޭއީން ގަތަރަށް ދޭ ޕޯސްޓުގެ ޚިދުމަތް ކަނޑާލައިފި، ގަތަރުގެ މައްސަލަ ހައްލު ކުރެވޭތޯ މަޝްވަރާ ކުރަނީ

08 ޖޫން 2017
ގަތަރުގެ މައްސަލަ: ކުވެއިތުގެ އަމީރު ގަތަރަށް ވަޑައިގެންފި

ގަތަރުގެ މައްސަލަ: ކުވެއިތުގެ އަމީރު ގަތަރަށް ވަޑައިގެންފި

08 ޖޫން 2017
ގަތަރުގެ ޕާސްޕޯޓުގައި ޔޫއޭއީގައި ޓްރާންސިޓްވެސް ނުކުރެވޭނެ، ދަތުރެއްވެސް ނުކުރެވޭނެ: އިއްތިހާދު އެއަރވޭޒް

ގަތަރުގެ ޕާސްޕޯޓުގައި ޔޫއޭއީގައި ޓްރާންސިޓްވެސް ނުކުރެވޭނެ، ދަތުރެއްވެސް ނުކުރެވޭނެ: އިއްތިހާދު އެއަރވޭޒް

07 ޖޫން 2017
ގަތަރުގެ މައްސަލަ ހޫނުކުރީ ރަޝިއާ ހެކަރުން ކަމަށް އެމެރިކާ އިން ތުހުމަތުކޮށްފި

ގަތަރުގެ މައްސަލަ ހޫނުކުރީ ރަޝިއާ ހެކަރުން ކަމަށް އެމެރިކާ އިން ތުހުމަތުކޮށްފި

07 ޖޫން 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު