ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ އެމެރިކާގެ ޕްރެޓްޒެލް ފްރެންޗައިޒް "އާންޓީ އޭންސް" ދިވެހިރާއްޖެއަށް!
29 ނޮވެމްބަރު 2026 | އާދީއްތަ 13:52ބްރޫ އެންޑް ފީސްޓް ހޯލްޑިންގްސްގެ 5 ވަނަ ފްރެންޗައިޒްގެ ގޮތުގައި "އާންޓީ އޭންސް" ރާއްޖެއަށް ތައާރަފުކޮށް، ފުރަތަމަ އައުޓްލެޓް އަންނަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ހުޅުމާލޭގައި ހުޅުވުމަށް ވަނީ ނިންމާފައި. ދުނިޔޭގެ އެކި ގައުމުތަކުގައި 1،200 އަށްވުރެ ގިނަ އައުޓްލެޓް ހިންގާ މި މަގުބޫލު ބްރޭންޑުގެ އިތުރު ފިހާރަތައް މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހުޅުވުމަށް އެ ކުންފުނިން އަންނަނީ ރާވަމުން


ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ އެމެރިކާގެ ޕްރެޓްޒެލް ފްރެންޗައިޒް "އާންޓީ އޭންސް" ދިވެހިރާއްޖެއަށް! | ސޯޝަލް މީޑިއާ
ބްރޫ އެންޑް ފީސްޓް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން، ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ އެމެރިކާގެ ޕްރެޓްޒެލް ފްރެންޗައިޒް "އާންޓީ އޭންސް" ދިވެހިރާއްޖެއަށް ތައާރަފުކުރަން ނިންމައިފި އެވެ.
ބްރޫ އެންޑް ފީސްޓް ހޯލްޑިންގްސް އިން މައުލޫމާތު ދީފައިވާ ގޮތުގައި މިއީ ރާއްޖޭގައި ހުޅުވޭ "އާންޓީ އޭންސް" ގެ ފުރަތަމަ ފިހާރަ އެވެ. އަދި މިއީ އެ ކުންފުންޏަށް އިތުރުވާ 5 ވަނަ ފްރެންޗައިޒް އެވެ.
އެގޮތުން ރާއްޖެއަށް ފްރެންޗައިޒްތައް ގެންނައިރު އަބަދުވެސް ބަލަނީ ދިވެހީންނާ ގުޅޭ ދިވެހިންގެ ތެރޭގައި މަގުބޫލު ފްރެންޗައިޒްތައް ގެނެވޭތޯ ކަމަށް ބްރޫ އެންޑް ފީސްޓް ހޯލްޑިންގްސް އިން މައުލޫމާތުދެ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި "އާންޓީ އޭންސް" ގެ އިތުރު ފިހާރަތައް މާލެ އާއި ހުޅުމާލޭގައި ހުޅުވިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ހުޅުމާލެ ފޭސް 1، ނިރޮޅުމަގު، 19 ވަނަ ގޯޅީގައި އާންޓީ އޭންސްގެ އައުޓްލެޓް ހުޅުވަން ހަމަޖެހިފައި ވަނީ ޑިސެންބަރު އެއް ވަނަ ދުވަހު އެވެ.
އާންޓީ އޭންސް އަކީ 1988 ވަނަ އަހަރު އެމެރިކާގެ ޕެންސިލްވޭނިއާގައި އޭން އެފް ބައިލާ އާއި އޭނާގެ ފިރިމީހާ ޖޯނަސް އުފެއްދި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފްރެންޗައިޒް އުސޫލުން ހިންގަމުން އަންނަ މަޝްހޫރު ސޮފްޓް ޕްރެޓްޒެލް ފިހާރަތަކުގެ ޗެއިނެކެވެ.
ދުނިޔޭގެ އެކި ގައުމުތަކުގެ މޯލްތަކާއި އެއަރޕޯޓްތަކާއި ދަތުރުވެރިން މަޑުކޮށްލާ ސަރަހައްދުތަކުގެ އިތުރުން ވިޔަފާރި މަރުކަޒުތަކުގައި މި ބްރޭންޑުގެ 1،200 އަށްވުރެ ގިނަ އައުޓްލެޓްތައް މިހާރު ދަނީ ހިންގަމުންނެވެ. މި ތަންތަނުން ތާޒާކަމާއެކު ފިހެފައިވާ ޕްރެޓްޒެލްތަކާއި އެކި ބާވަތްތަކުގެ ޑިޕްސް އަދި ބުއިންތައް ކަސްޓަމަރުންނަށް ލިބެން ހުރެ އެވެ.









