ނާލާފުށި ހޭންޑްބޯލް ދަނޑުގެ މަސައްކަތް ކުރިއަށް ދާނެކަމުގެ އުއްމީދެއް ނެތް!
29 ނޮވެމްބަރު 2026 | އާދީއްތަ 13:30މ. ނާލާފުށީގައި ހޭންޑްބޯލް ކޯޓު އެޅުމަށް ކަނޑައެޅި ބިން ސާފުކުރުމުގެ ތެރޭގައި އެމްޓީސީސީގެ މުދަލަށް ގެއްލުންވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރާތީ މަސައްކަތް ވަނީ ހުއްޓިފައި. މި މަޝްރޫއުގެ ކޮންޓްރެކްޓަރާ ބެހޭ މައުލޫމާތު މިނިސްޓްރީން ރަސްމީކޮށް ހިއްސާކޮށްފައި ނުވާއިރު، ބިން ބަދަލުކުރުމުގެ ސަބަބުން މަސައްކަތް ހުއްޓުނު ކަމަށް ބުނާ ވާހަކަ ކައުންސިލުން ދޮގުކުރޭ

ނާލާފުށި ހޭންޑްބޯލް ދަނޑުގެ މަސައްކަތް ކުރިއަށް ދާނެކަމުގެ އުއްމީދެއް ނެތް! | ރާއްޖެއެމްވީ
މ. ނާލާފުށި ހޭންޑްބޯލް ކޯޓު އެޅުމުގެ މަސައްކަތް ކުރިއަށް ނުދާތީ އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ނާލާފުށި ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް ޒުހައިދު ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ މި މަސައްކަތަކީ ސްޕޯޓްސް މިނިސްޓްރީން ކޮންޓްރެކްޓަރަކާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ. ނަމަވެސް މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ކޮން ފަރާތަކަށް ކަމެއް ކައުންސިލަށް ލިޔުމަކުން އަންގާފައިނުވާ ކަމަށް ޒުހެއިދު ވިދާޅުވި އެވެ.
މި މަޝްރޫއާ ގުޅޭ މައުލޫމާތު ހޯދަން ޖެހުނީ ފޯނުން ގުޅައިގެންކަން ފާހަގަކުރައްވާ ޒުހައިދު ވަނީ ސަބް ކޮންޓްރެކްޓަރު، މ. މުލީގެ ފަރާތަކަށް ހޭންޑްބޯލް ކޯޓު އެޅުމަށް މަސައްކަތް ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ދެން އަޅުގަނޑުމެން އެއްދުވަހު ކައުންސިލް އިދާރާގައި ތިއްބާ ދުރުވީ އެ ފަރާތް، ދުރުވާފައި އެ ފަރާތް ވަނީ މަސައްކަތް ކުރަން ވެގެންނޭ، ސައިޓަށް ދާން ވެގެންނޭ ބިން ދައްކާލަދޭށޭ. ބުނީމަ އަޅުގަނޑުމެން އެކޮޅަށް ދުރުވީ ދެން އެބޭފުޅާއަަށް ދަނޑުގެ މިން ދެއްކުމަށްޓަކައިއިބްރާހީމް ޒުހައިދު
ދަނޑު އެޅުމަށްޓަކައި ކޮންޓްރެކްޓަރަށް ދަނޑުގެ މިން ވެސް ޖަހައިދިން ކަމަށް ޒުހައިދު ވިދާޅުވި އެވެ. އަދި ބިން ސާފުކޮށްފައި ވަނީ މަގު ހެދުމަށް ރުއްކަނޑަމުން ދިޔަ ބަޔަކާ ކޮންޓްރެޓަރު ވާހަކަދައްކައިގެން ކައުންސިލަށް ނޭނގި ކަމަށް ޒުހައިދު ވިދާޅުވި އެވެ. އެގޮތުން ބިން ސާފުކުރުމުގެ ތެރޭގައި އެތަނުގައި ހުރި އެމްޓީސީސީ ސައިޓު ފެންސްތައް ވެސް ނަގާފައިވާ ކަމަށް ޒުހައިދު ވިދާޅުވި އެވެ.
އެމްޓީސީސީއިން ފެންސް ނަގައި، މިކަން މިގޮތަށް ހިނގައިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މައްސަލަ ޖައްސަވައިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އިން މިކޮޅަށް ދުރުވެ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން ދަނީ. ދެން ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ އެބޭފުޅުން އޮތީ ދަންނަވާފައި މިތަނަށް މަސައްކަތް ކުރުމަށް އެއްވެސް ބަޔަކު އެރުވިގެން ނުވާނެ އޭއިބްރާހީމް ޒުހައިދު
އެހެންކަމުން ކައުންސިލްގެ ފަރާތުން ސަބް ކޮންޓްރެކްޓަރަށް އެ ތަނުގައި މަސައްކަތް ކުރުމަށް ޕޮލިހުން ހުއްދަ ނުދެނީސް އެއްވެސް ހުއްދައެއް ނުދޭނެ ކަން ބުނެފައިވާނެ ކަމަށް ޒުހެއިދު ވިދާޅުވި އެވެ. އަދި މީގެ ސަބަބުން މި މަސައްކަތް ހުއްޓިފައިވާ ކަމަށް ޒުހެއިދު ވިދާޅުވި އެވެ.
ހަމައެއާއެކު، ތަހުގީގު ކުރަމުންދާތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި ލޯކަލް ގަވާރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މަޝްރޫއުގެ އަޕްޑޭޓް ހޯދަން ގުޅާފައި ހެންޑް ބޯލް އެޅުމަށް ހަމަޖެހިފައިވާ ބިން ބަދަލު ކުރުމުގެ ސަބަބުން ކޮންޓްރެކްޓަރ ރަށުން ފައިބައިގެން ދިޔަ ކަމަށް ބުނި ކަމަށް ޒުހެއިދު ވިދާޅުވި އެވެ. އަދި އެކަން ދޮގު ކުރައްވާފައި ވާނެ ކަމަށް ވެސް ޒުހެއިދު ވިދާޅުވި އެވެ.








