Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމ. ނާލާފުށީ

މ. ނާލާފުށި ފުލުހުންގެ އިމާރާތުގެ މަސައްކަތް ފިނިހަކަ ދުވެލީގައި ކުރިއަށް!

31 ޖުލައި 2026 | ހުކުރު 14:17

މ. ނާލާފުށީގައި ކުރިއަށްދާ ސަރުކާރުގެ މަޝްރޫއުތަކުގެ ތެރެއިން ފުލުހުންގެ އިމާރާތުގެ މަސައްކަތް މަޑުޖެހިފައިވާކަން އެ ރަށު ކައުންސިލުން ބުނޭ. މި މަސައްކަތް ލަސްވަނީ ތަކެތި ހޯދުމުގައި ހުރި ދަތިތަކާ ގުޅިގެން ކަމަށާއި، ނަމަވެސް ބައެއް ސާމާނު މިހާރު ރަށަށް ގެންގޮސްފައިވާތީ ހިޔާކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ބެލެވޭކަމަށް ވެސް ބުނި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 31 ޖުލައި 2026 | ހުކުރު 14:17
މ. ނާލާފުށި ފުލުހުންގެ އިމާރާތުގެ މަސައްކަތް

މ. ނާލާފުށި ފުލުހުންގެ އިމާރާތުގެ މަސައްކަތް | ރާއްޖެ އެމްވީ

މ. ނާލާފުށީގައި ތަރައްޤީ ކުރަން ފަށާފައި ހުރި ފުލުހުންގެ އިމާރަތުގައި ކުރާނެ އިތުރު މަސައްކަތެއް ނެތުމުގެ ސަބަބުން މަސައްކަތް ކުރިއަށް ދަނީ ވަރަށް ލަސްލަހުން ކަމަށް އެ ރަށު ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް ޒުހެއިދު ވިދާޅުވެއްޖެ އެވެ. 

ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޒުހެއިދު ވިދާޅުވީ ފުލުހުންގެ އިމާރާތުގެ މަޝްރޫއަކީ ނާލާފުށީގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން ކޮންމެވެސް ވަރަކަށް ކުރިއަށްދާ މަޝްރޫއެއް ކަމަށެވެ. އަދި މީގެ އިތުރުން 2 މަޝްރޫއެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

Advertisement - newsAdvertisement

އެގޮތުން ނާލާފުށި ހެލްތު ކެއަރ ސެންޓަރަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް އަދި ނާލާފުށި ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތް ކޮންމެވެސް ވަރަކަށް ކުރިއަށްދާ ކަމަށް ޒުހެއިދު ވިދާޅުވި އެވެ. 

ޒުހެއިދު ވިދާޅުވީ ފުލުހުންގެ އިމާތަރުގެ މަޝްރޫއުގެ މަސައްކަތް މިހާރު އޮތީ ކުޑަކޮށް މަޑުޖެހިލާފައި ކަމަށެވެ.  

މިހާރު އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިބޭފުޅުންނަށް ވެސް ތަކެތި ލިބުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން ކުޑަކޮށް މަޑުޖެހިލާފައި މިއޮތީ އެހެންނަމަވެސް މިއަދު މާލެއިން މިކޮޅަށް އައި ބޯޓުން ކޮންމެވެސް ވަރަކަށް ރޫފިންގެ ކޮންމެވެސް ވަރަކަށް ސާމާނު އެބަހުރި ގެނެސްފައި، ދެން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފުރަތަަމަ ހިޔާ ކުރުމުގެ މަސައްކަތް ކަންނޭނގެ މިތަނުގައި ކުރިއަށް ދާނީ 
އިބްރާހިމް ޒުހެއިދު

މީގެއިތުރުން ޒުހެއިދު ވިދާޅުވީ މި މަޝްރޫއަކީ 2025 ވަނަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު މ. ނާލާފުށްޓަށް ވަޑައިގެން ފައްޓަވައިދެއްވި މަސައްކަތެއް ކަމަށެވެ. 

ފުލުހުންގެ އިމާރާތްމ. ނާލާފުށި އިބްރާހިމް ޒުހައިދު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

31 ޖުލައި 2026

މ. ނާލާފުށި ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު: ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް ލިބުނީ ކުރެހުމެއް!

31 ޖުލައި 2026
މ. ނާލާފުށި ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު: ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް ލިބުނީ ކުރެހުމެއް!
27 ޖުލައި 2026

މ. ނާލާފުށި ބިން ހިއްކުން: ނިންމި ބައުންޑްރީ ވޯލް ވެސް މިހާރު އޮތީ ގިރައިގެން ގޮސް މޫދާ އެއްވަރަށް ތިރިވެފައި!

27 ޖުލައި 2026
މ. ނާލާފުށި ބިން ހިއްކުން: ނިންމި ބައުންޑްރީ ވޯލް ވެސް މިހާރު އޮތީ ގިރައިގެން ގޮސް މޫދާ އެއްވަރަށް ތިރިވެފައި!
27 ޖުލައި 2026

ނާލާފުށީ ކުނި ކޮށި އަޕްގްރޭޑް ކުރުން: ރައީސް މުއިއްޒު ވަޑައިގަންނަވަން 2025 ގައި ޖެހި ބޯޑު ފިޔަވައި އިތުރު އެއްވެސް ކަމެއް ނުކުރޭ!

27 ޖުލައި 2026
ނާލާފުށީ ކުނި ކޮށި އަޕްގްރޭޑް ކުރުން: ރައީސް މުއިއްޒު ވަޑައިގަންނަވަން 2025 ގައި ޖެހި ބޯޑު ފިޔަވައި އިތުރު އެއްވެސް ކަމެއް ނުކުރޭ!
20 ޖޫން 2026

ނާލާފުށިގެ ބިން ހިއްކުމުގެ މަޝްރޫއު: އިންތިޚާބާ ދިމާކޮށް ހިއްކި ސަރަހައްދު ވެސް ގިރަނީ!

20 ޖޫން 2026
ނާލާފުށިގެ ބިން ހިއްކުމުގެ މަޝްރޫއު: އިންތިޚާބާ ދިމާކޮށް ހިއްކި ސަރަހައްދު ވެސް ގިރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް