Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވ. ތިނަދޫ ކައުންސިލް

ޕީއެންސީ ކެންޑިޑޭޓް ބަލިކޮށް، ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމު ޝުޖާއު ދިފާއުކޮށްފި

28 ނޮވެމްބަރު 2026 | ހޮނިހިރު 13:56

ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވުމާ ގުޅިގެން ބޭއްވި ބައި-އިލެކްޝަން، ކުރިން ވެސް އެ މަގާމުގައި ހުންނެވި އެމްޑީޕީގެ ކެންޑިޑޭޓް ޝުޖާއު އަލީ ކާމިޔާބު ކޮށްފި. ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް ޝުޖާއު މި ގޮނޑި ދިފާއު ކުރީ 90 ވޯޓު ހޯދައިގެން. އޭނާގެ ގޮނޑި ކުރިން ގެއްލުނީ އިންތިޚާބުވި ޕާޓީ ބަދަލުކުރި މައްސަލައިގައި އެލްޖީއޭ އިން ނިންމި ނިންމުމަކާ ގުޅިގެން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 28 ނޮވެމްބަރު 2026 | ހޮނިހިރު 13:56
ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ

ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ | ރާއްޖެ އެމްވީ

ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ މަގާމަށް މީހަކު ހޮވުމަށްޓަކައި ކުރިއަށް ދިޔަ އިންތިޚާބު، ސަރުކާރު ހިންގާ ޕީއެންސީ ކެންޑިޑޭޓް ބަލިކޮށް، އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު ޝުޖާއު އަލީ ކާމިޔާބުކޮށްފި އެވެ.

ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވެފައިވާތީ، އެ މަގާމަށް މެންބަރަކު އިންތިޚާބު ކުރުމަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހުސްވެފައިވާ ހއ. ވަށަފަރު، ވ. ތިނަދޫ، އަދި އައްޑުއަތޮޅު އައްޑޫ ހުޅުދޫ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި ހޮނިހިރު ދުވަހު ވަނީ ބައި-އިލެކްޝަން ވޯޓުލުން ކުރިއަށް ގެންގޮސްފަ އެވެ. 

Advertisement - newsAdvertisement

މި އިންތިޚާބުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން ހިއްސާ ކޮށްފައިވާއިރު އެ ގޮނޑި ކާމިޔާބު ކުރި އެމްޑީޕީ ކެންޑިޑޭޓް ޝުޖާއު އަށް ވަނީ 90 ވޯޓު ލިބިފަ އެވެ. ޕީއެންސީ ކެންޑިޑޭޓް އަހުމަދު އަމަން މުހައްމަދު އަށް ލިބިފައި ވަނީ 45 ވޯޓެވެ. 

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއިކުރި މައްސަލައިގައި އޭނާ ގެ ގޮނޑި ގެއްލިފައިވާ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުން 30 ޖޫން 2026 ގައި ބޭއްވި ބައްދަލުވުމުގައި ވަނީ ކަނޑައަޅައި، ލާމަރުކަޒީ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ މަގާމު ހުސްވެއްޖެކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް ނިންމާފަ އެވެ.

އެލްޖީއޭ އިން ބުނީ މިއަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ތިނަދޫ ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުވުމަށްފަހު ޝުޖާއު އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި 19 މޭ 2026 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވެފައިވާކަން އެ ކޮމިޝަނުން އެ އޮތޯރިޓީ އަށް އަންގާފައިވާ ކަމަށެވެ.

ޝުޖާޢު އިންތިޚާބުވީ، ދަ ޑިމޮކްރެޓިކްސްގެ ޓިކެޓުގަ އެވެ. އިންތިޚާބުވުމަށްފަހު އޭނާވަނީ، އެމްޑީޕީއަށް ބަދަލުވެފަ އެވެ.

އެހެންކަމުން އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަންގައި އޭނާ އަލުން ވާދަ ކުރި އިރު، ވަގުތީ ނަތީޖާ އިން ދައްކާ ގޮތުން އޭނާ ވަނީ ބޮޑު އަޣުލަބިއްޔަތަކުން އެ މަގާމު ދިފާއު ކޮށްފަ އެވެ. 

ވ. ތިނަދޫސުޖާއު އަލީ

އެންމެ ހިނގާ

1

އިންސާނިއްޔަތަށްޓަކައި ކަމަށް ވިދާޅުވެ، އަލިވާގެ އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް 150،000 ސިންގަޕޫރު ޑޮލަރު ހަމަޖައްސަވައިދެއްވައިފި

2

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބޮޑު މެޖޯރިޓީ "ބޮޑު ބަދަލު" ޓީމްއިން ނަގައިފި

3

ސޯޝަލް މީޑިއާ މަނާކުރަން އުޅެނީ ހީލަތްތެރި ވިސްނުމަކުން؟

4

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާއާއެކު ޕާޓީ އެއް ރޫހެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ބޮޑުވެގެން ދާނެ: ފައްޔާޒް

5

މެލޭޝިއާގެ ވައިގެ ސިފައިންގެ ވަސީލަތްތައް ބޭނުންކޮށްގެން ތިން ޓަނުގެ މަސްތުވާތަކެތި އުފުލައިފި

އިތުރަށް ކިޔާލަން

18 ސެޕްޓެމްބަރު 2026

މި ސަރުކާރުން ހަރަދުކުޑަކުރަން އިހުލާސްތެރިކަމާއެކު އެއްވެސް ކަމެއް ކުރާތަނެއް ނުފެނޭ: ސުޖާއު

18 ސެޕްޓެމްބަރު 2026
މި ސަރުކާރުން ހަރަދުކުޑަކުރަން އިހުލާސްތެރިކަމާއެކު އެއްވެސް ކަމެއް ކުރާތަނެއް ނުފެނޭ: ސުޖާއު
25 ޖުލައި 2026

ވ. ތިނަދޫގައި ޑޮކްޓަރެއް ނެތް މައްސަލައިގެ ހައްލަކަށް މިނިސްޓްރީން ހަމަޖެއްސީ ''ވީކްލީ ވިޒިޓިންގ ޑޮކްޓަރެއް''

25 ޖުލައި 2026
ވ. ތިނަދޫގައި ޑޮކްޓަރެއް ނެތް މައްސަލައިގެ ހައްލަކަށް މިނިސްޓްރީން ހަމަޖެއްސީ ''ވީކްލީ ވިޒިޓިންގ ޑޮކްޓަރެއް''
20 ޖުލައި 2026

ވ.ތިނަދޫގައި ސިއްހީ ޚިދުމަތެއް ދެވޭނެ ގޮތެއް ނެތި މަރުކަޒު ހުންނަތާ އެއް މަހަށްވުރެ ގިނަ ދުވަސްވެއްޖެ

20 ޖުލައި 2026
ވ.ތިނަދޫގައި ސިއްހީ ޚިދުމަތެއް ދެވޭނެ ގޮތެއް ނެތި މަރުކަޒު ހުންނަތާ އެއް މަހަށްވުރެ ގިނަ ދުވަސްވެއްޖެ
05 ޖުލައި 2026

ތިނަދޫ ކައުންސިލުގެ ރައީސްގެ ގޮނޑި ގެއްލުވާލީ ޤާނޫނާ ޚިލާފަށްކަމަށް ބުނެ އެމްޑީޕީން ކޯޓަށް ދަނީ

05 ޖުލައި 2026
ތިނަދޫ ކައުންސިލުގެ ރައީސްގެ ގޮނޑި ގެއްލުވާލީ ޤާނޫނާ ޚިލާފަށްކަމަށް ބުނެ އެމްޑީޕީން ކޯޓަށް ދަނީ
03 ޖުލައި 2026

އެމްޑީޕީ އަށް ސޮއިކުރުމުން ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ގެއްލިއްޖެ

03 ޖުލައި 2026
އެމްޑީޕީ އަށް ސޮއިކުރުމުން ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ގެއްލިއްޖެ
04 ޖޫން 2026

ޕާޓީ ބަދަލުކުރި ކަމަށް ބުނެ، ތިނަދޫ ކައުންސިލްގެ ރައީސް މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފި

04 ޖޫން 2026
 ޕާޓީ ބަދަލުކުރި ކަމަށް ބުނެ، ތިނަދޫ ކައުންސިލްގެ ރައީސް މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފި
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
19 ސެޕްޓެމްބަރު 2025

ރައީސްގެ ދަތުރުފުޅުގެ ތެރެއިން ވ. ފުލިދޫގަ އާއި އެ އަތޮޅު ތިނަދޫގައި އޭޓީއެމް ހުޅުއްވައިދެއްވައިފި

19 ސެޕްޓެމްބަރު 2025
ރައީސްގެ ދަތުރުފުޅުގެ ތެރެއިން ވ. ފުލިދޫގަ އާއި އެ އަތޮޅު ތިނަދޫގައި އޭޓީއެމް ހުޅުއްވައިދެއްވައިފި
19 ޑިސެމްބަރު 2023

ވ.ތިނަދޫ ޕޮލިސް ޕޯސްޓު ހުޅުވައި ފުލުހުންގެ ޚިދުމަތްދޭން ފަށައިފި

19 ޑިސެމްބަރު 2023
ވ.ތިނަދޫ ޕޮލިސް ޕޯސްޓު ހުޅުވައި ފުލުހުންގެ ޚިދުމަތްދޭން ފަށައިފި
17 ޖުލައި 2023

ރައީސުލްޖުމްހޫރިއްޔާ، ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރައްވައި، ތިނަދޫ އައު އިންޖީނުގެ ހުޅުއްވައިދެއްވައިފި

17 ޖުލައި 2023
ރައީސުލްޖުމްހޫރިއްޔާ، ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރައްވައި، ތިނަދޫ އައު އިންޖީނުގެ ހުޅުއްވައިދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް