Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފިނޭންސް މިނިސްޓްރީ

ހަރަދުތައް ފޫބައްދަން ސަރުކާރުން އިތުރު 3.2 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަނީ!

15 ނޮވެމްބަރު 2026 | އާދީއްތަ 13:09

ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި 3.2 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ފިނޭންސް މިނިސްޓްރީން ހުޅުވާލާފައިވަނީ 3.50 އިންސައްތައާއި 4.60 އިންސައްތައާ ދެމެދުގެ އިންޓްރެސްޓް ރޭޓްތަކެއްގައި. ހަތަރު މުއްދަތަކަށް ބަހާލައިގެން ވިއްކާ މި ބިލްތަކަށް ފައިސާ ދެއްކުމުގައި އުސޫލާ ޚިލާފުވާ ފަރާތްތައް ސަރުކާރުގެ ސެކިއުރިޓީޒް މުއާމަލާތްތަކުން ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ވެސް އެ މިނިސްޓްރީން ވަނީ ދީފައި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 15 ނޮވެމްބަރު 2026 | އާދީއްތަ 13:09
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު | ރައްޔިތުންގެ މަޖިލިސް

ދިވެހި ސަރުކާރުގެ ބޭނުމަށް 3.2 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ޓްރެޜަރީ ބިލް (ޓީ-ބިލް) ވިއްކުމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އާދިއްތަ ދުވަހު ހުޅުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި މި ފަހަރު ވިއްކުމަށް ހަމަޖެހިފައިވާ ޓީ-ބިލްތަކުގެ ތެރޭގައި ހިމެނެނީ 28 ދުވަހުން ފައިސާ ދައްކަންޖެހޭ 1.32 ބިލިއަން ރުފިޔާގެ ޓީ-ބިލަކާއި، 98 ދުވަހުގެ މުއްދަތަށް ވިއްކާ 70.18 މިލިއަން ރުފިޔާގެ ޓީ-ބިލެއްގެ އިތުރުން 188 ދުވަހުން ފައިސާ ދައްކަންޖެހޭ 50 މިލިއަން ރުފިޔާގެ ޓީ-ބިލެކެވެ. މީގެ އިތުރުން އެންމެ ބޮޑު އަދަދެއްގެ ގޮތުގައި ހިމެނެނީ 364 ދުވަހުގެ މުއްދަތަށް ވިއްކާ 1.76 ބިލިއަން ރުފިޔާގެ ޓީ-ބިލެވެ.

Advertisement - newsAdvertisement

މި ހުރިހާ ޓީ-ބިލެއްގެ ޖުމްލަ އަދަދު 3,202,359,000 (ތިން ބިލިއަން ދުއިސައްތަ ދެ މިލިއަން ތިން ލައްކަ ފަންސާސް ނުވަ ހާސް) ރުފިޔާއަށް އަރަ އެވެ.

މި ޓީ-ބިލްތަކަށް ކަނޑައަޅާފައިވާ އިންޓްރެސްޓް ރޭޓްތަކަށް ބަލާއިރު، 28 ދުވަހުގެ ޓީ-ބިލަށް 3.50 އިންސައްތަ، 98 ދުވަހުގެ ޓީ-ބިލަށް 3.87 އިންސައްތަ، 188 ދުވަހުގެ ޓީ-ބިލަށް 4.23 އިންސައްތަ އަދި 364 ދުވަހުގެ ޓީ-ބިލަށް 4.60 އިންސައްތަ ވަނީ ކަނޑައަޅާފަ އެވެ. މި ޓީ-ބިލްތައް ވިއްކުމަށް ހަމަޖެހިފައިވާ ތާރީޚަކީ 2026 ނޮވެމްބަރު 15 ވާ އާދީއްތަ ދުވަހެވެ. އަދި ސެޓްލްމަންޓް ޑޭޓް ނުވަތަ ފައިސާ ދައްކަންޖެހޭ ތާރީޚަކީ ނޮވެމްބަރު 16 އެވެ.

ފައިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ޓީ-ބިލްތަކަށް ސަބްސްކްރައިބް ކުރަން ބޭނުންވާ ފަރާތްތަކުން އެ މިނިސްޓްރީގެ 'ސަބްސްކްރިޕްޝަން ފޯމް' މެދުވެރިކޮށް ހުށަހަޅަންޖެހޭނެ އެވެ. 

މި ޓީ-ބިލްތަކަށް ފައިސާ ދެއްކުމުގައި އަމަލުކުރަންޖެހޭނީ ޓީ-ބިލާ ގުޅޭ ޕްރޮސްޕެކްޓަސްގައިވާ އުސޫލުތަކާ އެއްގޮތަށެވެ. ކަނޑައެޅިފައިވާ ތާރީޚަށް ފައިސާ ނުދައްކާ ފަރާތްތަކަށް، ސަރުކާރުން ކުރިއަށްގެންދާ ސެކިއުރިޓީޒްގެ މުއާމަލާތްތަކުގައި ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ އިންޒާރު ދީފަ އެވެ.

ޓީ-ބިލަކީ ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ކުރު މުއްދަތަށް ފައިސާ ހޯދުމަށް ސަރުކާރުން ވިއްކާ މާލީ ސެކިއުރިޓީއެކެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގެ އާމްދަނީ އަށް ވުރެ ޚަރަދު ބޮޑުވެ، ހަރަދުތައް ހަމަޖެއްސުމަށްޓަކައި، މީގެ ކުރިން ވެސް ޓީ-ބިލް ވިއްކާފައިވެ އެެވެ. އަދި މި ބިލްތައް އާންމު ގޮތެއްގައި ގަންނަނީ ޕެންޝަން ފަންޑާއި ބޭންކުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުންނެވެ. އެގޮތުން، މިއަހަރު ޖޫން މަހު 1.26 ބިލިއަން، މާރޗް މަހު 1.1 ބިލިއަން އަދި ފެބްރުއަރީ މަހު 1.16 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލާފައިވާއިރު ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް ވަނީ 645 މިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލާފަ އެވެ.  

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްޓްރެޜަރީ ބިލްސް

އެންމެ ހިނގާ

1

ޒެލެންސްކީއަށް ޕުޓިންގެ ކުރިމަތީގައި ދޫދެއްވަން މަޖުބޫރުވެއްޖެ

2

މާލޭގެ އަލިކަމުން ފެށިގެން ބަނޑޮސް ރިސޯޓާ ހަމައަށް: އަހުމަދު އާދަމްގެ ބަޔޮގްރަފީ ފޮތް ނެރެފި

3

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކެނޑީ ޕީއެންސީ މެންބަރު ފިޝާވިން ފައިސާދީގެން ކަމަށް ބެނާތައް ކެނޑި މީހާ އެއްބަސްވެއްޖެ

4

ބަޙްރައިނުގައި ހުރި އެމެރިކާގެ ރާޑަރުތަކާއި އަސްކަރީ މަރުކަޒަކަށް އީރާނުގެ ވަރުގަދަ ހަމަލާތަކެއް

5

ރަސްމާލެ މަޝްރޫއާ މެދު ކަންބޮޑުވުން ފާޅުކޮށް، އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު އަށް ގައުމީ ހަރަކާތުން ހުޅުވާލެވިފައިވާ ސިޓީއެއް ފޮނުވައިފި

އިތުރަށް ކިޔާލަން

24 ސެޕްޓެމްބަރު 2026

ދައުލަތުގެ ކުންފުނިތަކުން ރަނގަޅު ކުރަންޖެހޭ ކަންކަން ބަލައި، އެކަމާ ގުޅޭ އެންގުންތައް އެންގުމަށް އެނަލިސްޓެއް ހޯދަނީ

24 ސެޕްޓެމްބަރު 2026
ދައުލަތުގެ ކުންފުނިތަކުން ރަނގަޅު ކުރަންޖެހޭ ކަންކަން ބަލައި، އެކަމާ ގުޅޭ އެންގުންތައް އެންގުމަށް އެނަލިސްޓެއް ހޯދަނީ
17 ސެޕްޓެމްބަރު 2026

ޒަރޫރީ މުދާ އެތެރެކުރެވޭނެ ފައިސާ އެބަހުރި، ދަރަނި ދައްކަނީ ރޭވުންތެރިކަމާއެކު: ފިނޭންސް މިނިސްޓަރު

17 ސެޕްޓެމްބަރު 2026
ޒަރޫރީ މުދާ އެތެރެކުރެވޭނެ ފައިސާ އެބަހުރި، ދަރަނި ދައްކަނީ ރޭވުންތެރިކަމާއެކު: ފިނޭންސް މިނިސްޓަރު
02 އޯގަސްޓު 2026

ޖުލައި 23 އަށް ދައުލަތަށް 24.1 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިއްޖެ

02 އޯގަސްޓު 2026
ޖުލައި 23 އަށް ދައުލަތަށް 24.1 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިއްޖެ
30 ޖުލައި 2026

ޖޫންމަހުގެ ނިޔަލަށް 34 ބިލިއަން ޚަރަދުކޮށްފި، ހުސްވި އަހަރާ އަޅާބަލާއިރު 45 އިންސައްތަ އިތުރު!

30 ޖުލައި 2026
ޖޫންމަހުގެ ނިޔަލަށް 34 ބިލިއަން ޚަރަދުކޮށްފި، ހުސްވި އަހަރާ އަޅާބަލާއިރު 45 އިންސައްތަ އިތުރު!
08 ޖުލައި 2026

ޖޫން 4 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 110.6 މިލިއަން ރުފިޔާގެ ޑެފިސިޓެއް

08 ޖުލައި 2026
ޖޫން 4 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 110.6 މިލިއަން ރުފިޔާގެ ޑެފިސިޓެއް
04 ޖުލައި 2026

މިސަރުކާރުން ދައްކާ އެންމެ ވަރުގަދަ ތަރައްޤީގެ މަޝްރޫޢަކީ ލޯނު ދެއްކުން: މޭޔަރު ޢާޠިފް

04 ޖުލައި 2026
މިސަރުކާރުން ދައްކާ އެންމެ ވަރުގަދަ ތަރައްޤީގެ މަޝްރޫޢަކީ ލޯނު ދެއްކުން: މޭޔަރު ޢާޠިފް
29 ޖޫން 2026

ސަރުކާރުން ދޭ ޚިދުމަތްތައް ހަރުދަނާކޮށް، ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމަން ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި

29 ޖޫން 2026
ސަރުކާރުން ދޭ ޚިދުމަތްތައް ހަރުދަނާކޮށް، ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމަން ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި
29 ޖޫން 2026

ސުކޫކު ދެއްކުމަށް ފަހު، އެކަމުގެ ކާމިޔާބީ ފާހަގަ ކުރުމަށް ފިނޭންސް މިނިސްޓްރީ އިން ހަނދާނީ ލިޔުން ދީފި

29 ޖޫން 2026
ސުކޫކު ދެއްކުމަށް ފަހު، އެކަމުގެ ކާމިޔާބީ ފާހަގަ ކުރުމަށް ފިނޭންސް މިނިސްޓްރީ އިން ހަނދާނީ ލިޔުން ދީފި
03 މެއި 2026

ފާރަވެރިވުމުން މިލްކުވެރިކަމަށް: އެސްއޯއީތަކުގެ ކޮންޓްރޯލް އަލުން މަރުކަޒުކުރެވެމުންދާ ގޮތް - ކުރީގެ ޓްރޭޑް މިނިސްޓަރ އަހްމަދު މަހައްމަދު

03 މެއި 2026
ފާރަވެރިވުމުން މިލްކުވެރިކަމަށް: އެސްއޯއީތަކުގެ ކޮންޓްރޯލް އަލުން މަރުކަޒުކުރެވެމުންދާ ގޮތް - ކުރީގެ ޓްރޭޑް މިނިސްޓަރ އަހްމަދު މަހައްމަދު
21 ފެބުރުއަރީ 2026

އާމްދަނީ އަށް ވުރެ ޚަރަދު ބޮޑުވާތީ، ފޫބައްދަން ސަރުކާރުން 1.16 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލައިފި

21 ފެބުރުއަރީ 2026
އާމްދަނީ އަށް ވުރެ ޚަރަދު ބޮޑުވާތީ، ފޫބައްދަން ސަރުކާރުން 1.16 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް