Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއައިކެއަރ ހޮސްޕިޓަލް

އައިކެއަރ ހޮސްޕިޓަލުން އޭއައި ބޭނުންކޮށްގެން ލޮލުގެ ބަލިތައް ދެނެގަންނަ ޒަމާނީ ސްކްރީނިންގ ހިދުމަތް ތައާރަފްކޮށްފި

8 ނޮވެމްބަރު 2026 | އާދީއްތަ 09:58

އައިކެއަރ ހޮސްޕިޓަލުން އަލަށް ތައާރަފްކުރި އޭއައި ޓެކްނޮލޮޖީގެ އެހީގައި، ހަކުރުބައްޔާއި ގްލޮކޯމާ ފަދަ ބަލިތަކުގެ ސަބަބުން ލޮލުގެ ރެޓިނާއަށް ލިބޭ ގެއްލުންތައް ވަރަށް އަވަހަށް ދެނެގަނެވޭނެ އެވެ. މި ޒަމާނީ ސްކްރީނިންގ ހިދުމަތުގެ ސަބަބުން ބަލިތައް ކުރިއާލާ ދެނެގަނެވި، ފަރުވާގެ ކަންކަން އަވަސްކުރުމަށް މަގުފަހިވެގެންދާނެކަމަށް އައިކެއަރ ހޮސްޕިޓަލުން މައުލޫމާތުދޭ. މި ހިދުމަތް ވަރަށް އަވަހަށް މާލޭގައި ހުންނަ އައިކެއަރ ހޮސްޕިޓަލުން ލިބެން ފަށާނެ

އާމިނަތު ރީޝާ
އާމިނަތު ރީޝާ | 8 ނޮވެމްބަރު 2026 | އާދީއްތަ 09:58
އައިކެއަރ ހޮސްޕިޓަލުން އޭއައި ބޭނުންކޮށްގެން ލޮލުގެ ބަލިތައް ދެނެގަންނަ ޒަމާނީ ސްކްރީނިންގ ހިދުމަތް ތައާރަފްކުރުން

އައިކެއަރ ހޮސްޕިޓަލުން އޭއައި ބޭނުންކޮށްގެން ލޮލުގެ ބަލިތައް ދެނެގަންނަ ޒަމާނީ ސްކްރީނިންގ ހިދުމަތް ތައާރަފްކުރުން | އައިކެއަރ ހޮސްޕިޓަލް

އައިކެއަރ ހޮސްޕިޓަލުން "އައިރިސް" އާ ގުޅިގެން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ލޮލުގެ ރެޓިނާ ސްކްރީން ކުރާ ޒަމާނީ ހިދުމަތެއް ރަސްމީކޮށް ތައާރަފްކޮށްފި އެވެ.

މި ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު، ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިޔަށްދިޔަ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގެ ތެރެއިންނެވެ. މި ހިދުމަތް އިފްތިތާހުކޮށްދެއްވީ މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ހަމްދޫން ނާސިރު އާއި އައިކެއަރގެ މެނޭޖިންގ ޑައިރެކްޓަރ ޑރ. އަބްދުﷲ ޒާހިރު އެވެ.

މި އައު ހިދުމަތުގެ ސަބަބުން އައިކެއަރގެ ސްކްރީނިންގ ހިދުމަތްތަކަށް އޭއައިގެ ޒަމާނީ ޓެކްނޮލޮޖީ ތައާރަފްވެ، ލޮލުގެ ބަލިތަކުގެ އަލާމާތްތައް ކުރިއާލާ ދެނެގަނެވި، އިތުރު ތަހުލީލުތަކާއި ފަރުވާ ބޭނުންވާ ފަރާތްތައް އަވަހަށް ފާހަގަކުރުމަށް ވަރަށް ބޮޑު ލުޔަކާއި ފަސޭހައެއް ލިބިގެންދާނެ އެވެ.

ސްކްރީން ކުރުމުގެ މަރުހަލާގައި ހާއްސަ ކެމެރާއެއް ބޭނުންކޮށްގެން ލޮލުގެ ފަހަތުގައިވާ ރެޓިނާގެ ފޮޓޯ ނެގުމަށްފަހު، އެ ފޮޓޯތައް ތަހުލީލުކުރަނީ އައިރިސްގެ އޭއައި ސިސްޓަމް މެދުވެރިކޮށެވެ. މި ސިސްޓަމްގެ އެހީގައި ހަކުރުބަލީގެ ސަބަބުން ލޮލަށް ލިބޭ ގެއްލުންތަކާއި، ގްލޮކޯމާ އަދި އުމުރުން ދުވަސްވުމުގެ ސަބަބުން ލޮލުގެ ފެނުމަށް ދިމާވާ މައްސަލަތައް ދެނެގަނެވެ އެވެ. އަދި މި ސިސްޓަމުން ތައްޔާރުކުރާ ތަފްސީލީ ރިޕޯޓުގެ އެހީގައި، ވަރަށް ކުޑަވަގުތުކޮޅެއްގެ ތެރޭގައި މައްސަލަތައް ދެނެގަނެވި، ލަސްނުކޮށް އިތުރު ފަރުވާ ހޯދަންޖެހޭކަން ކަށަވަރުކުރެވެ އެވެ.

ލޮލުގެ ދުޅަހެޔޮކަން ދަމަހައްޓައި ފެނުން ސަލާމަތްކުރުމުގައި ބަލިތައް ކުރިއާލާ ދެނެގަތުމަކީ ނުހަނު މުހިންމު ކަމެކެވެ. ހާއްސަކޮށް، އުމުރުން ދުވަސްވާ ވަރަކަށް ކުރިމަތިވާ ލޮލުގެ ބައެއް ބަލިތަކަކީ އެއްވެސް އަލާމާތެއް ނުފެނި ޖެހޭ ބަލިތަކަށް ވުމާއެކު، ފެނުމަށް އުނިކަމެއް އައުމުގެ ކުރިން މިފަދަ ސްކްރީނިންތަކުގެ އެހީގައި ބަލި ދެނެގަތުމަށް މަގުފަހިވެ އެވެ. އޭއައި ޓެކްނޮލޮޖީއާއި ތަޖުރިބާކާރު ޑޮކްޓަރުންގެ ލަފާ އެކުލެވޭ މި ހިދުމަތުގެ މައިގަނޑު މަގްސަދަކީ، ލޮލުގެ ފަރުވާއާ މެދު އަވަސް އަދި ސައްހަ ނިންމުންތައް ނިންމުމަށް މަގުފަހިކޮށްދިނުމާއި، ލޯ ސްކްރީން ކުރުމުގެ ހިދުމަތް ވީހާ ވެސް ފަސޭހަކޮށްދީ ލޮލުގެ ފެނުން ރައްކާތެރިކުރުމަށް އާންމުން ހޭލުންތެރިކުރުވުމެވެ.

އައިކެއަރއިން މައުލޫމާތު ދޭ ގޮތުގައި، މި ހިދުމަތް ވަރަށް އަވަހަށް މާލޭގެ އޯކިޑްމަގުގައި ހުންނަ އައިކެއަރ ހޮސްޕިޓަލުން ލިބެން ފަށާނެ އެވެ. 

އައިކެއަރ ހޮސްޕިޓަލް

އެންމެ ހިނގާ

1

އައިޖީސީއެސްއީ އިމްތިހާނުން ދިވެހި ޒުވާނަކު މުޅި ސްރީލަންކާ އިން އެއްވަނަ ހޯދައިފި

2

ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!

3

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

4

ޤަޝްމު ޖަޒީރާގެ މަތިން އެމެރިކާގެ ދެ ޑްރޯން ވައްޓާލައި، އީރާނުން ވޮޝިންގޓަނަށް ވަރުގަދަ އިންޒާރެއް ދީފި

5

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް

އިތުރަށް ކިޔާލަން

06 އޮކްޓޯބަރު 2026

އިންޑިއާގެ ލޮލުގެ ޚާއްސަ ޑޮކްޓަރުން އައިކެއަރގައި ބަލިމީހުން ބައްލަވަނީ

06 އޮކްޓޯބަރު 2026
އިންޑިއާގެ ލޮލުގެ ޚާއްސަ ޑޮކްޓަރުން އައިކެއަރގައި ބަލިމީހުން ބައްލަވަނީ
11 މެއި 2026

ކުޑަކުދިންގެ ދުވަހާ ގުޅިގެން އައިކެއަރ އިން 30 އިންސައްތަ ޑިސްކައުންޓާއެކު ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

11 މެއި 2026
ކުޑަކުދިންގެ ދުވަހާ ގުޅިގެން އައިކެއަރ އިން 30 އިންސައްތަ ޑިސްކައުންޓާއެކު ހާއްސަ ޕްރޮމޯޝަނެއް ފަށައިފި
07 އެޕްރީލު 2026

އައިކެއަރގެ "ނަޔާ ރޯދަ ހަދިޔާ" ގެ ނަސީބުވެރިޔާއަށް ލަންކާގެ އާއިލީ ދަތުރެއް!

07 އެޕްރީލު 2026
އައިކެއަރގެ "ނަޔާ ރޯދަ ހަދިޔާ" ގެ ނަސީބުވެރިޔާއަށް ލަންކާގެ އާއިލީ ދަތުރެއް!
06 ނޮވެމްބަރު 2025

އައިކެއަރ ހޮސްޕިޓަލްގައި ކޮމްބައިންޑް ބެލްޓް ބަކަލް އަދި ޕަރސް ޕްލާނާ ވިޓްރެކްޓަމީ ކާމިޔާބުކަމާއެކު ކޮށްފި

06 ނޮވެމްބަރު 2025
އައިކެއަރ ހޮސްޕިޓަލްގައި ކޮމްބައިންޑް ބެލްޓް ބަކަލް އަދި ޕަރސް ޕްލާނާ ވިޓްރެކްޓަމީ ކާމިޔާބުކަމާއެކު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް