Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއައިކެއަރ

އައިކެއަރގެ "ނަޔާ ރޯދަ ހަދިޔާ" ގެ ނަސީބުވެރިޔާއަށް ލަންކާގެ އާއިލީ ދަތުރެއް!

7 އެޕްރީލު 2026 | އަންގާރަ 09:04

އައިކެއަރގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ފައިދާހުރި، އުފާވެރި ތަޖުރިބާތަކެއް ފޯރުކޮށްދީ، ޒަމާނީ ޓެކްނޮލޮޖީއާއިއެކު ފެންވަރު ރަނގަޅު ލޮލުގެ ފަރުވާގެ ޚިދުމަތްތައް ފޯރުކޮށްދިނުން.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 އެޕްރީލު 2026 | އަންގާރަ 09:04
އައިކެއަރގެ "ނަޔާ ރޯދަ ހަދިޔާ" ގެ ނަސީބުވެރިޔާއަށް ލަންކާގެ އާއިލީ ދަތުރެއް

އައިކެއަރގެ "ނަޔާ ރޯދަ ހަދިޔާ" ގެ ނަސީބުވެރިޔާއަށް ލަންކާގެ އާއިލީ ދަތުރެއް | އައިކެއަރ އޮޕްޓިކަލްސް

 

އައިކެއަރ އޮޕްޓިކަލްސްއިން ރޯދަމަހު ކުރިއަށްގެންދިޔަ "ނަޔާ ރޯދަ ހަދިޔާ" ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފިއެވެ. މި ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒް ކަމަށްވާ، ސްރީލަންކާއަށް ކުރާ އާއިލީ ދަތުރު ކާމިޔާބުކުރީ އިސްމާޢީލް އަފްޒަލް އެވެ.

"ނަޔާ ރޯދަ ހަދިޔާ 2026" އަކީ ރަމަޟާން މަހާ ދިމާކޮށް އައިކެއަރގެ ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓްތަކަކާއެކު، އަގުހުރި އިނާމެއް ހުށަހަޅައިގެން ކުރިއަށްގެންދިޔަ ކާމިޔާބު ކެމްޕޭނެކެވެ. މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ އެއްފަހަރާ 500 ރުފިޔާއިން މަތީގެ ވިޔަފާރިކުރި ކަސްޓަމަރުންނަށެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި ގުރުއަތުން ހޮވުނު ނަސީބުވެރިޔާއަށް، ހަތަރު މީހުންގެ އާއިލާ ނުވަތަ ރައްޓެހިންނާ އެކު ސްރީލަންކާގައި 4 ރޭ ހޭދަކުރުމުގެ ފުރުސަތު ލިބޭނެއެވެ. މީގެ ތެރޭގައި ދެކޮޅު ޓިކެޓާއި، ހުރުމާއި ކެއުންބުއިމުގެ އިތުރުން ކެންޑީ، ނޫރަލިއާ އަދި އެލާ ފަދަ ހިތްގައިމު މަންޒިލްތަކަށް ޒިޔާރަތްކުރުން ހިމެނެއެވެ.

މި ކެމްޕޭނަށް ކަސްޓަމަރުންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބަށްޓަކައި އައިކެއަރ އޮޕްޓިކަލްސްއިން ހުރިހާ ކަސްޓަމަރުންނަށް އިޚްލާޞްތެރި ޝުކުރެއް އަދާކުރެއެވެ. މިފަދަ ބޮޑު ތަރުހީބަކުން ރަމްޒުކޮށްދެނީ ލޮލުގެ ފަރުވާއާއި އައިނު ހޯދުމުގައި ކަސްޓަމަރުން އައިކެއަރއަށް ކުރާ އިތުބާރެވެ.

އެ ކުންފުނިން ފާހަގަ ކުރާ ގޮތުގައި އައިކެއަރގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ފައިދާހުރި، އުފާވެރި ތަޖުރިބާތަކެއް ފޯރުކޮށްދީ، ޒަމާނީ ޓެކްނޮލޮޖީއާއިއެކު ފެންވަރު ރަނގަޅު ލޮލުގެ ފަރުވާގެ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.

އައިކެއަރއިން ކުރިއަށް އޮތް ތަނުގައި ހިންގާ ހަރަކާތްތަކާއި ޕްރޮމޯޝަންތަކުގެ މަޢުލޫމާތު، އެ ކުންފުނީގެ ސޯޝަލް މީޑިއާ ޕޭޖުތަކުން ލިބިވަޑައިގަންނަވާނެއެވެ.

އައިކެއަރ ހޮސްޕިޓަލްޕްރޮމޯޝަން

އެންމެ ހިނގާ

1

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

2

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

3

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

4

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

5

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2026

ގަންނަ ކޮންމެ ސްލައިސް ޗީސް 10 ކޭހަކަށް، 1 ކޭސް ހިލޭ ލިބޭ ޕްރޮމޯޝަނެއް ކުކުޅު ފިހާރައިން ފަށައިފި

14 ޖެނުއަރީ 2026
ގަންނަ ކޮންމެ ސްލައިސް ޗީސް 10 ކޭހަކަށް، 1 ކޭސް ހިލޭ ލިބޭ ޕްރޮމޯޝަނެއް ކުކުޅު ފިހާރައިން ފަށައިފި
06 ނޮވެމްބަރު 2025

އައިކެއަރ ހޮސްޕިޓަލްގައި ކޮމްބައިންޑް ބެލްޓް ބަކަލް އަދި ޕަރސް ޕްލާނާ ވިޓްރެކްޓަމީ ކާމިޔާބުކަމާއެކު ކޮށްފި

06 ނޮވެމްބަރު 2025
އައިކެއަރ ހޮސްޕިޓަލްގައި ކޮމްބައިންޑް ބެލްޓް ބަކަލް އަދި ޕަރސް ޕްލާނާ ވިޓްރެކްޓަމީ ކާމިޔާބުކަމާއެކު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް