އިންޑިއާގެ ލޮލުގެ ޚާއްސަ ޑޮކްޓަރުން އައިކެއަރގައި ބަލިމީހުން ބައްލަވަނީ
6 އޮކްޓޯބަރު 2026 | އަންގާރަ 08:01އިންޑިއާގެ ޗައިތަންޔާ އައި ހޮސްޕިޓަލުގެ ލޮލުގެ ޚާއްސަ ދެ ޑޮކްޓަރުން މި މަހުގެ 11 އިން 15 އަށް އައިކެއަރ ހޮސްޕިޓަލުގައި ބަލިމީހުން ބައްލަވާ ގޮތަށް ހަމަޖެހިއްޖެ. އާސަންދަ ލިބޭ ގޮތަށް ކުރިއަށްގެންދާ މި ކްލިނިކްގެ ދަށުން، ރާއްޖެއިން ފަރުވާ ދެވެން ނެތް ބަލިމީހުންނަށް އިންޑިއާއަށް ގޮސް ފަރުވާ ހޯދުމުގެ އިންތިޒާމު ވެސް އައިކެއަރ އިން ހަމަޖައްސައިދޭނެކަމަށް އައިކެއަރ އިން މައުލޫމާތުދޭ. މި ޚިދުމަތަށް އެޕޮއިންޓްމަންޓް ހެއްދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި


އައިކެއަރ | ސޯޝަލް މީޑިއާ
އިންޑިއާގެ މަޝްހޫރު "ޗައިތަންޔާ އައި ހޮސްޕިޓަލް" ގެ ލޮލުގެ ހާއްސަ ދެ ޑޮކްޓަރުން، މި މަހުގެ 11 އިން 15 އަށް އައިކެއަރ ހޮސްޕިޓަލުގައި ބަލިމީހުން ބައްލަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އޯކިޑް މަގުގައި ހުންނަ އައިކެއަރ ހޮސްޕިޓަލުގައި ކުރިއަށްދާ މި ހަރަކާތުގައި ބަލިމީހުން ބައްލަވާނީ ޗައިތަންޔާ ހޮސްޕިޓަލުގެ ސީނިއަރ ކޮންސަލްޓަންޓް އަދި ވިޓްރިއޯރެޓިނަލް ސާޖަން ޑރ. މަނޯޖް އާއި ކެޓަރެކްޓް، ގްލޮކޯމާ އަދި ފެކޯ ސާޖަރީގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. ހަރިކްރިޝްނަން ސީޕީ އެވެ.

އިންޑިއާގެ ޗައިތަންޔާ ހޮސްޕިޓަލުގެ ލޮލުގެ ހާއްސަ ޑޮކްޓަރުން | އައިކެއަރ ހޮސްޕިޓަލް
ލޮލުގެ ހާއްސަ ފަރުވާ ދިނުމުގައި 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ޗައިތަންޔާ ހޮސްޕިޓަލާއެކު އައިކެއަރ އިން ގާއިމުކޮށްފައިވާ ޕަރޓްނަޝިޕްގެ ދަށުން، މި ފުރުސަތަކީ ދިވެހިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ. މީގެ ކުރިން އެ ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާ ދިވެހިންނަށާއި، އަލަށް ހާއްސަ ޑޮކްޓަރެއްގެ ލަފާ ހޯދަން ބޭނުންވާ ފަރާތްތަކަށް ރާއްޖޭގައި ތިބެގެން ފަސޭހަކަމާއެކު ބައިނަލްއަގުވާމީ ފެންވަރުގެ ޑޮކްޓަރުންގެ ހިދުމަތް މިހާރު ލިބިގެންދާނެ އެވެ.
މި މަހުގެ 11 އިން 15 އަށް ކުރިއަށްދާ މި ކްލިނިކްގައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 6:00 އަށް ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް ކުރިއަށްދާނެ އެވެ. މި ދެ ޑޮކްޓަރުންނަށް ދެއްކުމުގައި އާސަންދަ އަދި އެހެނިހެން އިންޝުއަރެންސްގެ ހިދުމަތް ލިބޭނެ އިންތިޒާމުވެސް އައިކެއަރ އިން ވަނީ ހަމަޖައްސާފަ އެވެ.
މި ދަތުރު ހާއްސަކުރެވިފައިވަނީ މައިގަނޑު ގޮތެއްގައި ލޯ ޗެކްކުރުމަށާއި ކޮންސަލްޓޭޝަނަށެވެ. އެއަށްފަހު އިތުރު ފަރުވާ ނުވަތަ އޮޕަރޭޝަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެކަމަށް ބޭނުންވާ ވަސީލަތްތަކަށް ބެލުމަށްފަހު، ކުރިއަށް އޮތް ތަނުގައި އައިކެއަރ ހޮސްޕިޓަލުގައި އެފަދަ ފަރުވާތަކާއި ސާޖަރީތައް ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ ރޭވިފަ އެވެ. ރާއްޖެއިން ދެވެން ނެތް ފަރުވާތަކަށް ބަލިމީހުން ރިފަރ ކުރެވޭނީ އިންޑިއާގެ ޗައިތަންޔާ ހޮސްޕިޓަލަށެވެ. އެގޮތުން ބަލިމީހުން ފުރުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމާއި، ޓިކެޓާއި އެކޮމޮޑޭޝަން ހަމަޖެއްސުމުގައި އައިކެއަރ އިން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
މި ފުރުސަތުގެ ސަބަބުން ބައިނަލްއަގުވާމީ ފެންވަރުގެ ޑޮކްޓަރުންގެ ހިދުމަތް ރާއްޖެއިން ލިބި، ބޭރަށް ދަތުރުފަތުރު ކުރުމަށް ހިނގާ އިތުރު ހަރަދުތައް ސަލާމަތްވެ، ފަރުވާއާއި ގުޅޭގޮތުން ޑޮކްޓަރާ މަޝްވަރާކޮށް ގޮތް ނިންމުމަށް ބަލިމީހުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އައިކެއަރ އިން ބުނެ އެވެ.
ޑޮކްޓަރަށް ދެއްކުމަށް މިހާރު ވަނީ އެޕޮއިންޓްމަންޓް ހުޅުވާލާފަ އެވެ. ޑޮކްޓަރަށް ދައްކަން ދާއިރު ކުރީގެ މެޑިކަލް ރިޕޯޓްތަކާއި، ބޭސްސިޓީ އަދި ލޮލުގެ ޓެސްޓުތަކުގެ ނަތީޖާ ގެންދިއުމަށް އައިކެއަރ އިން އިލްތިމާސްކުރެ އެވެ. އެޕޮއިންޓްމަންޓް ހެދުމަށް 3321026 އަށް ގުޅުމަށް، ނުވަތަ 7201026 އަށް ވައިބަރ ނުވަތަ ވަޓްސްއަޕް ކުރުމުގެ އިތުރުން، އެ ހޮސްޕިޓަލުގެ ވެބްސައިޓް މެދުވެރިކޮށް ވެސް ނަން ނޯޓުކުރެއްވޭނެ އެވެ.



