Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު އައިކެއަރ

ކުޑަކުދިންގެ ދުވަހާ ގުޅިގެން އައިކެއަރ އިން 30 އިންސައްތަ ޑިސްކައުންޓާއެކު ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން 18 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށް އައިކެއަރއިން ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި، އިންޝުއަރެންސް ކެނޑުމަށް ފަހު ދައްކަންޖެހޭ ފައިސާއިން 30 އިންސައްތަ ޑިސްކައުންޓް ލިބޭނެ. ސްކްރީން ބޭނުންކުރާ މިންވަރު އިތުރުވުމުގެ ސަބަބުން ކުދިންގެ ލޮލަށް ދިމާވާ މައްސަލަތައް ދެނެގަތުމަށް ބާރުއެޅުމުގެ ގޮތުން ފެށި މި ކެމްޕޭނުގެ ދަށުން، ލޮލުގެ ފެނުން ޗެކްކުރުމާއި ސްކޭން ކުރުން ފަދަ ހިދުމަތްތައް ހިމެނޭ ދެ ޕެކޭޖެއް ވަނީ ތައާރަފްކޮށްފަ. 10 މެއި 2026 ގައި ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮމޯޝަންގެ ބޭނުމަކީ ކުދިންގެ އުނގެނުމަށް ބުރޫއަރާފާނެ ފަދަ ލޮލުގެ މައްސަލަތަކަށް އަވަސް ފަރުވާ ހޯދުމަށް މަގުފަހިކޮށްދިނުން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 11 މެއި 2026 | ހޯމަ 11:08
ކުޑަކުދިންގެ ދުވަހާ ގުޅިގެން އައިކެއަރ އިން ވަނީ 30 އިންސައްތަ ޑިސްކައުންޓު ލިބޭ ޕޮރޮމޯޝަނެއް ފަށާފަ

ކުޑަކުދިންގެ ދުވަހާ ގުޅިގެން އައިކެއަރ އިން ވަނީ 30 އިންސައްތަ ޑިސްކައުންޓު ލިބޭ ޕޮރޮމޯޝަނެއް ފަށާފަ | އައިކެއަރ ހޮސްޕިޓަލް

ކުޑަކުދިންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، ކުޑަކުދިންގެ ލޮލުގެ ސިއްހަތު ދެނެގަތުމަށާއި ލޮލުގެ މައްސަލަތަކަށް އަވަސް ފަރުވާ ހޯދުމަށް ހިތްވަރު ދިނުމުގެ ގޮތުން އައިކެއަރ ހޮސްޕިޓަލުން ހާއްސަ ޕެކޭޖުތަކެއް ތައާރަފްކޮށްފި އެވެ.

އައިކެއަރ އިން މައުލޫމާތު ދޭ ގޮތުގައި، 18 އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މި ޕްރޮމޯޝަނުގެ ދަށުން، އިންޝުއަރެންސް ކެނޑުމަށްފަހު ދައްކަންޖެހޭ ފައިސާ އިން 30 އިންސައްތަ ޑިސްކައުންޓް ލިބިގެންދާނެ އެވެ. މި ޕްރޮމޯޝަން ރަސްމީކޮށް ފަށަފައިވަނީ 10 މެއި 2026 ގަ އެވެ.

މި ޕްރޮމޯޝަންގެ ދަށުން ތައާރަފްކުރި ޕެކޭޖުތަކަށް ބަލާއިރު، "ބްރައިޓް އައިސް – ބޭސިކް" ޕެކޭޖުގައި ހިމެނެނީ ލޮލުގެ ފެނުން ޓެސްޓުކުރުމާއި، ލޮލުގެ ނަންބަރު ބެލުމުގެ އިތުރުން ލޮލުގެ ހާއްސަ ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތެވެ. އަދި "ބްރައިޓް އައިސް – އެޑްވާންސް" ޕެކޭޖުގައި ލޮލުގެ ހާއްސަ ޑޮކްޓަރަށް ދެއްކުމާއި، ލޮލުގެ ފެނުން ޓެސްޓުކުރުމާއި، ލޮލުގެ ނަންބަރު ބެލުމުގެ އިތުރުން ކޯނިއަލް ޓޮޕޮގްރަފީ އަދި ފަންޑަސް ފޮޓޯގްރަފީގެ ހިދުމަތް ހިމެނެ އެވެ.

އައިކެއަރ އިން ބުނީ، މި ފުރުސަތަކީ ކުދިން ބޮޑުވަމުން އަންނަ ދުވަސްވަރު ލޮލުގެ ފެނުން ގަވާއިދުން ޗެކްކުރުމަށް ބާރުއެޅުމުގެ ގޮތުން ހުޅުވާލި ފުރުސަތެއް ކަމަށެވެ. ހާއްސަކޮށް މިހާރަކަށް އައިސް ސްކްރީން ބޭނުންކުރާ މިންވަރު އިތުރުވުމާއި ކިޔެވުމުގެ ކަންކަމުގައި ލޮލަށް ކުރާ ބާރު ބޮޑުވުމުގެ ސަބަބުން ކުދިންގެ ލޮލުގެ ސިއްހަތަށް ބޮޑެތި އަސަރުތަކެއް ކުރަމުންދާކަން އެ ހޮސްޕިޓަލުން ފާހަގަކުރެ އެވެ.

އައިކެއަރ އިން އިތުރަށް ބުނި ގޮތުގައި، ގިނަ ކުދިންނަށް ލޮލުގެ ފެނުމުގެ މައްސަލަތައް ހުރި ނަމަވެސް އެކަން ސާފުކޮށް ބުނެދޭން ނޭނގިދާނެ އެވެ. މީގެ ސަބަބުން ކުއްޖާގެ އުނގެނުމަށާއި، ކަންކަމަށް ސަމާލުކަން ދިނުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ. އެހެންކަމުން މި ޕެކޭޖުތަކުގެ އެހީގައި ބެލެނިވެރިން ކުދިންގެ ލޮލުގެ ސިއްހަތަށް އިސްކަންދީ، ކުރިއަށް އޮތް ތަނުގައި ދިމާވެދާނެ މައްސަލަތަކުން ސަލާމަތްވުމަށް މަގުފަހިވާނެ ކަމަށް އައިކެއަރ އިން ދެކެ އެވެ.

މި ޕްރޮމޯޝަންގެ ދަށުން ޑޮކްޓަރަށް ދެއްކުމަށްޓަކައި، ލަސްނުކޮށް ކުރިން އެޕޮއިންޓްމަންޓް ހެއްދުމަށް އެ ހޮސްޕިޓަލުން ވަނީ ބެލެނިވެރިންނަށް އިލްތިމާސްކޮށްފަ އެވެ. އެޕޮއިންޓްމަންޓް ހެއްދެވުމަށް 7201026 ނަންބަރަށް ވައިބަރ ނުވަތަ ވޓްސްއެޕް މެދުވެރިކޮށް ގުޅޭނެއެވެ. މީގެ އިތުރުން އައިކެއަރގެ ވެބްސައިޓް މެދުވެރިކޮށް ވެސް އެޕޮއިންޓްމަންޓް ހެއްދޭނެ އެވެ.

ކުޑަކުދިންގެ ދުވަސް އައިކެއަރ ހޮސްޕިޓަލް

އިތުރަށް ކިޔާލަން

11 މެއި 2026

ޕިއްޒާއެއް ކުރަހައިގެން ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

11 މެއި 2026
ޕިއްޒާއެއް ކުރަހައިގެން ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
10 މެއި 2026

އޮންލައިން ދުނިޔޭގައި އާ ނުރައްކާތަކެއް ކުޑަކުދިންނަށް ދަނީ ކުރިމަތިވަމުން، ބެލެނިވެރިންނާއި މުދައްރިސުން ސަމާލުވާން ޖެހޭ: ރައީސް މުއިއްޒު

10 މެއި 2026
އޮންލައިން ދުނިޔޭގައި އާ ނުރައްކާތަކެއް ކުޑަކުދިންނަށް ދަނީ ކުރިމަތިވަމުން، ބެލެނިވެރިންނާއި މުދައްރިސުން ސަމާލުވާން ޖެހޭ: ރައީސް މުއިއްޒު
07 އެޕްރީލު 2026

އައިކެއަރގެ "ނަޔާ ރޯދަ ހަދިޔާ" ގެ ނަސީބުވެރިޔާއަށް ލަންކާގެ އާއިލީ ދަތުރެއް!

07 އެޕްރީލު 2026
އައިކެއަރގެ "ނަޔާ ރޯދަ ހަދިޔާ" ގެ ނަސީބުވެރިޔާއަށް ލަންކާގެ އާއިލީ ދަތުރެއް!
06 ނޮވެމްބަރު 2025

އައިކެއަރ ހޮސްޕިޓަލްގައި ކޮމްބައިންޑް ބެލްޓް ބަކަލް އަދި ޕަރސް ޕްލާނާ ވިޓްރެކްޓަމީ ކާމިޔާބުކަމާއެކު ކޮށްފި

06 ނޮވެމްބަރު 2025
އައިކެއަރ ހޮސްޕިޓަލްގައި ކޮމްބައިންޑް ބެލްޓް ބަކަލް އަދި ޕަރސް ޕްލާނާ ވިޓްރެކްޓަމީ ކާމިޔާބުކަމާއެކު ކޮށްފި
10 މެއި 2024

ކުޑަކުދިން ބޮޑެތިކުރަންވާނީ، އިސްލާމީ އުޞޫލުތަކަށް ކަމޭހިތާ، ދިވެހިވަންތަކަމަށް ލޯބިކުރާ ޖީލެއްގެ ގޮތުގައި - ރައީސް

10 މެއި 2024
ކުޑަކުދިން ބޮޑެތިކުރަންވާނީ، އިސްލާމީ އުޞޫލުތަކަށް ކަމޭހިތާ، ދިވެހިވަންތަކަމަށް ލޯބިކުރާ ޖީލެއްގެ ގޮތުގައި - ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު