Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް ގޭސް

މޯލްޑިވްސް ގޭސް އިން ކައްކާ ގޭސް ވިއްކާ މިންވަރު ލިމިޓްކޮށްފި!

4 ނޮވެމްބަރު 2026 | ބުދަ 12:28

ދުނިޔޭގެ ބާޒާރުގައި އަގު އުފުލި ގޭސް އެތެރެކުރުމަށް ދަތިތަކެއް ކުރިމަތިވުމާ ގުޅިގެން، މޯލްޑިވްސް ގޭސް އިން ފުޅިތަކަށް ގޭސް އަޅާ މިންވަރު ވަގުތީ ގޮތުން މަދުކޮށްފި. މި ބަދަލާއެކު ވެސް ގޭހުގެ އަގު ބޮޑުނުވާނެ ކަމުގެ ޔަގީންކަން ދެމުން އެ ކުންފުނިން ބުނީ، ގޭސް ރައްކާކުރާ މިންވަރު އިތުރުކުރުމުގެ މަޝްރޫއު ނިމުމުން މި މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 4 ނޮވެމްބަރު 2026 | ބުދަ 12:28
މޯލްޑިވް ގޭސްގެ ގޭސް ޕްލާންޓެއް

މޯލްޑިވް ގޭސްގެ ގޭސް ޕްލާންޓެއް | ކޯޕަރޭޓް މޯލްޑިވެސް

މޯލްޑިވްސް ގޭސް އިން ކައްކާ ގޭސް ފުޅިތައް ވިއްކާ މިންވަރު ލިމިޓްކޮށްފި އެވެ. 

މިކަން ހާމަކޮށް އެ ކުންފުނިން ވަނީ ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ދަތިތަކެއް ހުރި ކަމަށް ބުނެފަ އެވެ. އަދި އެ ދަތިތަކާއެކު ވެސް މޯލްޑިވްސް ގޭސް އިން ޚިދުމަތް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި އެކުންފުނީގެ ގޭސްފުޅިތައް ބަރުކުރާ މިންވަރަށް ވަގުތީ ބަދަލެއް ގެނެސްފައިވާކަމަށް ކަމަށް ބުނެފައިވެ އެވެ.

Advertisement - newsAdvertisement

އެގޮތުން، 10 ކިލޯގެ ފުޅިއަކަށް ދެން އަޅައިދޭނީ ހަތް ކިލޯގެ ގޭސް ކަމަށާއި، 22 ކިލޯގެ ފުޅިއަކަށް ދެން އަޅައިދޭނީ 14 ކިލޯގެ ގޭސް ކަމަށް އަދި 45 ކިލޯގެ ފުޅިއަކަށް ދެން އަޅައިދޭނީ 31 ކިލޯގެ ގޭސް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. 

މި ބަދަލުތައް ގެނެސްފައިވީ ނަމަވެސް މިކަމުގެ ސަބަބުން ގޭހުގެ އަގު ބޮޑުނުވާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ފައިސާ ނަގަމުން ދާނީ މިހާރު ވެސް ކަނޑައަޅާފައިވާ ރޭޓުން ކަމަށް މޯލްޑިވްސް ގޭސް އިން މައުލޫމާތު ދީފައިވެ އެވެ. 

މީގެ އިތުރުން، ރާއްޖޭގައި ގޭސް ރައްކާކުރާ މިންވަރު އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް މޯލްޑިވްސް ގޭސް އިން ބުނެފައިވެ އެވެ. އަދި މި މަޝްރޫއު ނިމުމުން މި މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. 

މިއަހަރު ފެބްރުއަރީ މަހު ވެސް މޯލްޑިވް ގޭސް އިން ލުއި ފުޅި ހުސްވުމާއި ގުޅިގެން ގޭސް ވިއްކާ މިންވަރު ކޮންޓްރޯލް ކޮށްފައިވާއިރު މާރޗް މަހުގެ ތެރޭގައި ވެސް ވަނީ ކައްކާ ގޭސް ވިއްކުން ލިމިޓްކޮށް، 10 ކިލޯގެ ގޭސް ފުޅިއަށް 5 ކިލޯގެ ގޭސް އަޅައިގެން ވިއްކާފަ އެވެ. 

މޯލްޑިވް ގޭސްކައްކާ ގޭސް

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ލިމިޓް ހަމަވީ ކަމަށް ބުނެ އާސަންދަ ކަނޑާލުމުން މަންމަގެ ރުއިމާއި އާދޭސް: "އަފްރާހުގެ ފުރާނައަށް ލިމިޓެއް އޮވޭތަ؟"

3

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިންގ މިނިސްޓަރު ޝާހިދު ހައްޔަރުކޮށްފި

4

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

5

އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފަށައިފި، އެންމެ ފަހުގެ އުދުވާންތައް އަމާޒުކުރީ ޤެޝްމް ޖަޒީރާއަށް

އިތުރަށް ކިޔާލަން

15 މާރިޗު 2026

މޯލްޑިވް ގޭސް އިން ކައްކާ ގޭސް ވިއްކާ މިންވަރު ލިމިޓް ކޮށްފި! މިހާރު ވިއްކަނީ އާންމުކޮށް ވިއްކާ މިންވަރުގެ ދެބައިކުޅަ އެއްބައި

15 މާރިޗު 2026
މޯލްޑިވް ގޭސް އިން ކައްކާ ގޭސް ވިއްކާ މިންވަރު ލިމިޓް ކޮށްފި! މިހާރު ވިއްކަނީ އާންމުކޮށް ވިއްކާ މިންވަރުގެ ދެބައިކުޅަ އެއްބައި
17 ފެބުރުއަރީ 2026

މޯލްޑިވް ގޭހުން ކައްކާ ގޭސް މިހާރު ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެފި

17 ފެބުރުއަރީ 2026
މޯލްޑިވް ގޭހުން ކައްކާ ގޭސް މިހާރު ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެފި
02 ފެބުރުއަރީ 2026

ލުއި ގޭސް ހުސްވެފައިވާކަން އެނގޭ، ހުސްވި ސަބަބު ނޭނގޭ: އެމްޑީ އަބްދުﷲ

02 ފެބުރުއަރީ 2026
ލުއި ގޭސް ހުސްވެފައިވާކަން އެނގޭ، ހުސްވި ސަބަބު ނޭނގޭ: އެމްޑީ އަބްދުﷲ
30 ޖެނުއަރީ 2026

ގޭސް ކުންފުނީގެ އެމްޑީ އެ ކުންފުނީގެ ދޯނީގައި މަސްދަތުރުވަޑައިގެންފި

30 ޖެނުއަރީ 2026
ގޭސް ކުންފުނީގެ އެމްޑީ އެ ކުންފުނީގެ ދޯނީގައި މަސްދަތުރުވަޑައިގެންފި
26 ޖެނުއަރީ 2026

ގޭސް ހުސްވެ، ވިލާ ކުންފުނިން ގޭސް ގަނެގެން ވިއްކާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އަށް މޯލްޑިވް ގޭހުން ޖަވާބު ދޭން ދެކޮޅު ހަދައިފި

26 ޖެނުއަރީ 2026
ގޭސް ހުސްވެ، ވިލާ ކުންފުނިން ގޭސް ގަނެގެން ވިއްކާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އަށް މޯލްޑިވް ގޭހުން ޖަވާބު ދޭން ދެކޮޅު ހަދައިފި
14 ޖެނުއަރީ 2026

ގޭހުގެ އެމްޑީ ގެ އިރުޝާދުގެ ދަށުން ގޭސް ގަންނަން ހަވާލުކުރި ފައިސާ ގެއްލުނު މައްސަލަ އެސްއޯއީ ކޮމިޓީއަށް ހުށަހަޅައިފި

14 ޖެނުއަރީ 2026
ގޭހުގެ އެމްޑީ ގެ އިރުޝާދުގެ ދަށުން ގޭސް ގަންނަން ހަވާލުކުރި ފައިސާ ގެއްލުނު މައްސަލަ އެސްއޯއީ ކޮމިޓީއަށް ހުށަހަޅައިފި
13 ޖެނުއަރީ 2026

މޯލްޑިވް ގޭސް ގެ އެމްޑީ މަޖިލީހުގެ ދެ މެންބަރަކަށް ބިރުދެއްކި މައްސަލަ ބަލައިދޭން އެދެފި

13 ޖެނުއަރީ 2026
މޯލްޑިވް ގޭސް ގެ އެމްޑީ މަޖިލީހުގެ ދެ މެންބަރަކަށް ބިރުދެއްކި މައްސަލަ ބަލައިދޭން އެދެފި
11 ޖެނުއަރީ 2026

ގާބިލުކަން ނެތް ކުންފުންޏަކަށް 250،000 ޑޮލަރުގެ ގޭސް އޯޑަރު ދިނީ އެމްޑީގެ އިރުޝާދުގެ މަތިން ކަން ހާމަވެއްޖެ

11 ޖެނުއަރީ 2026
ގާބިލުކަން ނެތް ކުންފުންޏަކަށް 250،000 ޑޮލަރުގެ ގޭސް އޯޑަރު ދިނީ އެމްޑީގެ އިރުޝާދުގެ މަތިން ކަން ހާމަވެއްޖެ
08 ޖެނުއަރީ 2026

ގޭސް ކުންފުނިން ގެއްލުނު 3 މިލިއަން ރުފިޔާ! އެމްޑީ ހުރިގޮތަށް, މުއިއްޒުވެސް ހަނު

08 ޖެނުއަރީ 2026
ގޭސް ކުންފުނިން ގެއްލުނު 3 މިލިއަން ރުފިޔާ! އެމްޑީ ހުރިގޮތަށް, މުއިއްޒުވެސް ހަނު
05 ޖެނުއަރީ 2026

ގޭސް ކުންފުނިން ގޭސް ގަންނަން އެޑްވާންސް އަށް ދެއްކި 2 ލައްކައެއްހާ ޑޮލަރު އެ ކުންފުނީގެ އެމްޑީ ވަގަށް ނެގިކަމަށް ފަލާހު އެއްބަސްވެއްޖެ!

05 ޖެނުއަރީ 2026
ގޭސް ކުންފުނިން ގޭސް ގަންނަން އެޑްވާންސް އަށް ދެއްކި 2 ލައްކައެއްހާ ޑޮލަރު އެ ކުންފުނީގެ އެމްޑީ ވަގަށް ނެގިކަމަށް ފަލާހު އެއްބަސްވެއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް