Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުޔޫރޯ ސްޓޯރ

ޔޫރޯ ސްޓޯރުން ރަންނަމާރި ޗެލެންޖްގައި ހާއްސަ ކިއޮސްކެއް

2 ނޮވެމްބަރު 2026 | ހޯމަ 11:57

މާލޭ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދާ ރަންނަމާރި ޗެލެންޖުގެ ކޯ-ޕާޓްނަރެއްގެ ގޮތުން ޔޫރޯ ސްޓޯރުން ތަފާތު ހަރަކާތްތަކެއް ފަށައިފި. މި އިވެންޓުގެ ތެރެއިން އެ ކުންފުނީގެ ކިއޮސްކުން ތަފާތު ބުއިންތަކާއި ކާނާ ލިބެން ހުންނައިރު، މަސްކޮޓާއާ ބައްދަލުކުރުމާއި "ގޯލްޑަން ހަންޓް" ފަދަ ފޯރިގަދަ ކުޅިވަރުތަކުގައި ބައިވެރިވެ އިނާމު ހޯދުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައި

އާމިނަތު ރީޝާ
އާމިނަތު ރީޝާ | 2 ނޮވެމްބަރު 2026 | ހޯމަ 11:57
ޔޫރޯސްޓޯރުގެ ޓެންޓެއްގައި ފިނިބުއިންތައް ކަސްޓމަރުންނަށް ފޯރުކޮށްދެނީ

ޔޫރޯސްޓޯރުގެ ޓެންޓެއްގައި ފިނިބުއިންތައް ކަސްޓމަރުންނަށް ފޯރުކޮށްދެނީ | ޔޫރޯ ސްޓޯރ

މި ނޮވެމްބަރު މަހުގެ 5 އިން 7 އަށް ކުރިއަށްދާ ރަންނަމާރި ޗެލެންޖް 1448 ގައި ޔޫރޯ ސްޓޯރުން ބައިވެރިވުމަށް ވަނީ ނިންމައިފި އެވެ. މި މުބާރާތް ކުރިއަށްދާ ސަރަހައްދުގައި ޔޫރޯ ސްޓޯރުގެ ހާއްސަ ކިއޮސްކެއް ހުންނާނެ ކަމަށާއި، އެތަނުން ކޯލްޑް ބްރޫ ކޮފީއާއި، ހާއްސަ ބުއިންތަކުގެ އިތުރުން ލުއިކާނާއާއި ފެބްރީ ބްރޭންޑުގެ ޖެލާޓޯ އައިސްކްރީމް ބަލާލުމުގެ ފުރުސަތާއި ގަތުމުގެ އިންތިޒާމު މުޅި އިވެންޓުގެ ތެރޭގައި ހަމަޖެހިފައި އޮންނާނެ އެވެ.

ސީސްޕޯޓްސް ދިވެހި ސާފް ލީގު 2026 (ޑީއެސްއެލް 2026) ގެ ގައުމީ ޗެމްޕިއަންޝިޕްގެ ކޯ-ޕާޓްނަރެއްގެ ގޮތުގައި، މާލޭ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ޔޫރޯ ސްޓޯރުން ތަފާތު މަޖާ ހަރަކާތްތަކާއި، ކުޅިވަރުތަކުގެ އިތުރުން އެ ކުންފުނިން އެތެރެކުރާ ބްރޭންޑުތަކުގެ ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ޒިޔާރަތްކުރާ ފަރާތްތަކަށް ފޯރުކޮށްދޭނެ އެވެ.

ޔޫރޯ ސްޓޯރުގެ ކިއޮސްކަށް ޒިޔާރަތްކޮށް ރާޅާ އެޅުމުގެ ފޯރިގަދަ ހަރަކާތްތައް ބަލާލުމުގެ ތެރޭގައި ފިނި ބުއިމަކަށް ނުވަތަ މީރު ކާނާއަކަށް ބޭނުންވެއްޖެ ނަމަ، ޔޫރޯ ސްޓޯރުގެ ކިއޮސްކަށް ޒިޔާރަތްކޮށް ތިރީގައިވާ ތަކެތި ބައްލަވައިގަނެވޭނެ އެވެ.

• ކޯލްޑް ބްރޫ އަދި ހާއްސަ ބުއިންތައް

• ލުއިކާނާ

• ފެބްރީ ޖެލާޓޯ

އަދި މީގެ އިތުރުން "ލޮރެންޒް ޕްލޭ އެންޑް ވިން" ހަރަކާތުގައި ބައިވެރިވެ އިނާމު ހޯދުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. މި ހަރަކާތުގައި ބައިވެރިވެވޭނީ ކިއޮސްކުން ލޮރެންޒް ބްރޭންޑުގެ އުފެއްދުމެއް ބައްލަވައިގަތުމުންނެވެ.

ޔޫރޯސްޓޯރުގެ ޓެންޓެއްގައި ފިނިބުއިންތައް ކަސްޓަމަރުންނަށް ފޯރުކޮށްދެނީ

ޔޫރޯސްޓޯރުގެ ޓެންޓެއްގައި ފިނިބުއިންތައް ކަސްޓަމަރުންނަށް ފޯރުކޮށްދެނީ | ޔޫރޯ ސްޓޯރ

ނޮވެމްބަރު 6 އަދި 7 ގައި އިތުރު ހަރަކާތްތައް:

ނޮވެމްބަރު 6 ވާ ހުކުރު ދުވަހު

ހަވީރު 4:00 ގައި ޔޫރޯ ސްޓޯރުގެ ކިއޮސްކް ސަރަހައްދުން ލޯކާ މަސްކޮޓާ ފެންނާނެ އެވެ. މި ވަގުތުގެ ތެރޭގައި މަސްކޮޓާއާއެކު ފޮޓޯ ނެގުމުގެ ފުރުސަތު އާއިލާތަކަށް ލިބިގެންދާއިރު، ލޯކާ މިނީސްގެ ރަހަ ބަލާލުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

ނޮވެމްބަރު 7 ވާ ހޮނިހިރު ދުވަހު

ފެރޭރޯ ގޯލްޑަން ހަންޓް މުބާރާތުގެ ފަހު ދުވަހު "ފެރޭރޯ ގޯލްޑަން ހަންޓް" ގެ ނަމުގައި ފޯރިގަދަ ހަރަކާތެއް ކުރިއަށްދާނެ އެވެ. ޔޫރޯ ސްޓޯރުގެ ކިއޮސްކަށް ޒިޔާރަތްކޮށް މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ރަންނަމާރި ޗެލެންޖް 1448ޔޫރޯ ސްޓޯރދިވެހި ސާފް ލީގު 2026ވަރުނުލާ ރާޅުގަނޑު

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

3

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

4

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

5

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ލޯކާ އަށް 100 އަަހަރު ފުރުން: އާއިލާތަކާއި ކުޑަކުދިންނަށް އުފާވެރި ވަގުތުކޮޅެއް މި ހުކުރު ދުވަހު

10 ޑިސެމްބަރު 2025
 ލޯކާ އަށް 100 އަަހަރު ފުރުން: އާއިލާތަކާއި ކުޑަކުދިންނަށް އުފާވެރި ވަގުތުކޮޅެއް މި ހުކުރު ދުވަހު
29 އޯގަސްޓު 2017

ޔޫރޯ ސްޓޯރގެ އައު ފިހާރަ ހުޅުވައިފި

29 އޯގަސްޓު 2017
ޔޫރޯ ސްޓޯރގެ އައު ފިހާރަ ހުޅުވައިފި
14 އޯގަސްޓު 2017

ޕިރަމިޑު "ހޯލް ސޭލް" ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް

14 އޯގަސްޓު 2017
ޕިރަމިޑު "ހޯލް ސޭލް" ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް
13 އޯގަސްޓު 2017

"ޓޭސްޓް": ކާބޯތަކެއްޗަށް ހާއްސަ މެގަޒިންއެއް

13 އޯގަސްޓު 2017
"ޓޭސްޓް": ކާބޯތަކެއްޗަށް ހާއްސަ މެގަޒިންއެއް
19 ޖޫން 2017

އެލްއޭ ލައިފްސްޓައިލް: ޝާޕް ބްރޭންޑުގެ އޭސީއަށް ހާއްސަ ފިހާރައެއް

19 ޖޫން 2017
އެލްއޭ ލައިފްސްޓައިލް: ޝާޕް ބްރޭންޑުގެ އޭސީއަށް ހާއްސަ ފިހާރައެއް
14 ޖޫން 2017

ފްރެޝް ސިޓީ: މޭވާ އާއި ތަރުކާރީ އަށް ހާއްސަ ފިހާރައެއް ހިތަދޫގައި ހުޅުވައިފި

14 ޖޫން 2017
ފްރެޝް ސިޓީ: މޭވާ އާއި ތަރުކާރީ އަށް ހާއްސަ ފިހާރައެއް ހިތަދޫގައި ހުޅުވައިފި
13 ޖޫން 2017

ރެސްޓޯރެންޓް ކެފޭ އިންޝުއަރެންސަށް ހާއްސަ ސްކީމެއް ދިވެހި އިންޝުއަރެންސްއިން ތަޢާރަފުކޮށްފި

13 ޖޫން 2017
ރެސްޓޯރެންޓް ކެފޭ އިންޝުއަރެންސަށް ހާއްސަ ސްކީމެއް ދިވެހި އިންޝުއަރެންސްއިން ތަޢާރަފުކޮށްފި
09 އެޕްރީލު 2017

ވެލިގާ ހާޑްވެއާގެ ހާއްސަ ޕްރޮމޯޝަނުން އައިފޯން ރެޑެއް

09 އެޕްރީލު 2017
ވެލިގާ ހާޑްވެއާގެ ހާއްސަ ޕްރޮމޯޝަނުން އައިފޯން ރެޑެއް
11 މާރިޗު 2017

ވެލިގާ ހާޑްވެގައި ސެލީސްގެ ހާއްސަ ޕޮރޮމޯޝަނެއް ފެށުން

11 މާރިޗު 2017
ވެލިގާ ހާޑްވެގައި ސެލީސްގެ ހާއްސަ ޕޮރޮމޯޝަނެއް ފެށުން
18 ފެބުރުއަރީ 2017

ބީއެމްއެލް އިން ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފި

18 ފެބުރުއަރީ 2017
ބީއެމްއެލް އިން ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް